Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންނާއި ފުލުހުން

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026 | އާދީއްތަ 10:20

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން ދިނުމާ ދެކޮޅަށް ގައުމީ ހަރަކާތުން ބޭއްވި އެއްވުމާ ގުޅިގެން، ސަރުކާރުން ސިފައިންނާއި ފުލުހުން ސިޔާސީ ޖަލްސާތަކަށް ނެރެނީ ރައްޔިތުންނަށް ބިރުދެއްކުމަށް ކަމަށް އަލީ ހުސެއިން ވިދާޅުވި. އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ބިން ވިއްކުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ނޮވެމްބަރު 2026 | އާދީއްތަ 10:20
އާދިއްތަ ދުވަހު ގައުމީ ހަކަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ

އާދިއްތަ ދުވަހު ގައުމީ ހަކަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ ރާއްޖެއިން މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސެއިން ވިދާޅުވީ، އެ ހަރަކާތުން ރަސްމާލެ ބޭރުގެ ބަޔަކަށް ދިނުމާއި ދެކޮޅަށް އެއްވުމެއް ބޭއްވުމުން ވެސް މި ކަމާ ދޭތެރޭ ސަރުކާރުން ފިޔަވަޅު އަޅައި އެހެން ދިމާއަކަށް މިކަން އަނބުރާލަން އުޅޭ މަންޒަރު ފެނިފައިނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ފެނިގެންދިޔައީ ސިފައިންނާއި ފުލުހުންނަށް މަޖުބޫރުކޮށްގެން ސިޔާސީ ޖަލްސާއަކަށް ގެންދިޔަ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ސިޔާސީ ޖަލްސާއަކަށް، ސިޔާސީ އެއްވުމަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމު އަޅުވައިގެން މަޖުބޫރުން ކަހަލަ ގޮތަކަށް އެތާ ގެންދިއުން މިއީ އާދައިގެ ކަމެއް ނޫން. މިއީ ވަރަށް ނުރައްކާތެރި، މިހާ ހިސާބަށް މިހާތަނަށް އަޅުގަނޑުމެންގެ ރާއްޖޭގައި ފެނިފައިވާ މަންޒަރެއް ނޫން
އަލީ ހުސެއިން

ކުރިއަށް އޮތް ތަނުގައި މިފަދަ މަޖުބޫރުކުރުންތައް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، ޒަޔަނިސްޓުންނާއި އެ މީހުންނަށް ވާގިވެރިވާ ފަރާތްތައް ރަސްމާލޭގައި ވަޒަންވެރިވުމުން، ދިވެހި ސިފައިންނާއި ފުލުހުން ޖެހޭނީ އެ މީހުންނާ ދެކޮޅަށް ނުކުންނަ ރައްޔިތުންނާ ކުރިމަތިލާން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެއްވީ އެ މެސެޖު ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތުން ބޭރުގެ އެއްވެސް ބަޔަކަށް ރާއްޖޭގެ ބިމެއް ދެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިން ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ އެއްވެސް ގާނޫނެއް ނެތި ވިޔަފާރި އުސޫލުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ރަސްމާލެ ނުވަތަ ރިއަލް އެސްޓޭޓާ ބެހޭ ގާނޫނެއް ފާސްކުރަން މަސައްކަތްކުރާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ރަސްމާލެ ވިއްކުމާ ގުޅޭ ބިލު ހުއްޓުވަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށާއި، އެ ބިލު ހުއްޓުވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ދައުލަތުގެ އެންމެ ވަރުގަދަ ބާރަކީ ރައްޔިތުން ކަމަށްވާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މިހާރު ނުކުންނަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުރަސްމާލެއަލީ ހުސައިން

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
14 ނޮވެމްބަރު 2026

މި ސަރުކާރުން ކަންކުރަމުންދަނީ އިސްތިއުމާރީ ވެރިކަމުގައި ކަންކުރާ އުސޫލުން، މިއީ އަލައްބާރުމެންގެ އިންވެސްޓްމަންޓް މޮޑެލްގެ ސިފައެއް: މަތީން

14 ނޮވެމްބަރު 2026
މި ސަރުކާރުން ކަންކުރަމުންދަނީ އިސްތިއުމާރީ ވެރިކަމުގައި ކަންކުރާ އުސޫލުން، މިއީ އަލައްބާރުމެންގެ އިންވެސްޓްމަންޓް މޮޑެލްގެ ސިފައެއް: މަތީން
14 ނޮވެމްބަރު 2026

ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް
14 ނޮވެމްބަރު 2026

ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!

14 ނޮވެމްބަރު 2026
ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!
14 ނޮވެމްބަރު 2026

މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 ނޮވެމްބަރު 2026
މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 ނޮވެމްބަރު 2026

ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން

14 ނޮވެމްބަރު 2026
ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026
ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް