Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވެރިކަން

މިހާރު ކުރަމުން ދަނީ ގާނޫނީ ވެރިކަމެއް ނޫން، މިއީ ސީދާ ޑިކްޓޭޓަރޝިޕެއް: ބޮންޑާ

21 ނޮވެމްބަރު 2026 | ހޮނިހިރު 04:07

ގާނޫނުއަސާސީގެ އަސާސީ ބަހާތަކަށް ބަދަލު ގެނެސް، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލައި ޑިކްޓޭޓަރޝިޕަކަށް މަގުފަހިކުރުން ކަމަށް ބޮންޑާ ވިދާޅުވި. މިހާރު ފެންނަނީ ރައްޔިތުންގެ ބޭނުންތަކަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ގާނޫނުތައް ބަދަލުކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން މިހާރު ކުރަމުންދަނީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް އޭނާ ތުހުމަތުކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 21 ނޮވެމްބަރު 2026 | ހޮނިހިރު 04:07
އިބްރާހީމް ރަޝީދު (ބޮންޑާ) ރާއްޖެޓީވީގެ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި

އިބްރާހީމް ރަޝީދު (ބޮންޑާ) ރާއްޖެޓީވީގެ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި | ރާއްޖެ އެމްވީ

މިހާރު ކުރަމުން ދަނީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ގާނޫނު އަސާސީގައި ބަދަލު ނުކުރެވޭނެ މާއްދާތަކެއް ހުންނަ ކަމަށެވެ. ނަމަވެސް އެ މާއްދާތައް ވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ މެންބަރުން، އެ މެންބަރެއްގެ ސިޔާސީ ޕާޓީއަކުން ވަކިނުކުރެވޭނެ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. އެހެންކަމުން މިއީ ސީދާ ޑިކްޓޭޓަރޝިޕެއްގެ ގޮތުގައި ބޮންޑާ ވަނީ ސިފަކުރައްވާފަ އެވެ. 

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު އެ ކަނޑާލީ. މިހާރު ރައްޔިތުން ބުނާ ގޮތެއް ނުހަދައެއްނުން، އަބަދުވެސް ދައްކަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު ހަދާދޭ ވާހަކަ، ރައްޔިތުންނަށް ގާނޫނު ހަދާދޭ ވާހަކައެއް ނުދައްކާނެ. ދެން އަދި ގާނޫނު އަސާސީގައި ބަޔާންކުރާނެ ބަދަލު ނުކުރެވޭނެ މާއްދާތަކެއްގެ ވާހަކަ، ބަޔާންކޮށްފައިވާނެ އެ މާއްދާތައް ވެސް ބަދަލު ކުރަނީ 
އިބްރާހީމް ރަޝީދު (ބޮންޑާ)

މި ގައުމުގެ ވެރިންނަކީ ރައްޔިތުން ކަމަށާއި މިހާރު ފެނިގެން ދަނީ ރައްޔިތުން ހޮވާފައި ހުންނެވި ހާދިމު މީހާ މިގައުމުގެ ވެރިންނަށް ގޯނާ ކުރާ މަންޒަރު ކަމަށް ބޮންޑާ ވިދާޅުވި އެވެ. އަދި ޖުމްހޫރީ ވެރިކަމެއްގައި ހަދަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތެއް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ހަމައެއާއެކު، މިހާރު ހިތުހުރި ގޮތަކަށް ގާނޫނު ބަދަލުކުރަމުންދާކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހުވާގައި ވެރިކަން ކުރަން އޮންނަނީ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. ނަމަވެސް މިހާރު ކުރަމުން ދަނީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް ބޮންޑާ ވިދާޅުވި އެވެ.  

އިބްރާހީމް ރަޝީދު (ބޮންޑާ)ޤާނޫނުއަސާސީވެރިކަން

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ

14 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ
11 ނޮވެމްބަރު 2026

ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ޤާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ޤާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން: ފައިސަލް

11 ނޮވެމްބަރު 2026
ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ޤާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ޤާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން: ފައިސަލް
08 ނޮވެމްބަރު 2026

މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

08 ނޮވެމްބަރު 2026
މަޖިލީހުން ރައީސް މުއިއްޒު އަޒުލުނުކުރާ ނަމަ، ރައްޔިތުންގެ ބާރު ބޭނުންކޮށްގެން އެކަން ކުރެވޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
06 ނޮވެމްބަރު 2026

މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ

06 ނޮވެމްބަރު 2026
މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ
05 ނޮވެމްބަރު 2026

ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ

05 ނޮވެމްބަރު 2026
ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ: ބޮންޑާ
25 އޮކްޓޯބަރު 2026

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

25 އޮކްޓޯބަރު 2026
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ
11 އޮކްޓޯބަރު 2026

ރިޔާސީ ނިޒާމުގައި ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ، ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަލިއްޔުލް އަމުރުގެ ބޯކަނޑާލާފައި: އަލީ ހުސެއިން

11 އޮކްޓޯބަރު 2026
ރިޔާސީ ނިޒާމުގައި ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ، ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަލިއްޔުލް އަމުރުގެ ބޯކަނޑާލާފައި: އަލީ ހުސެއިން
09 އޮކްޓޯބަރު 2026

ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ

09 އޮކްޓޯބަރު 2026
ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ
08 އޮކްޓޯބަރު 2026

އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް

08 އޮކްޓޯބަރު 2026
އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް