Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ

14 ނޮވެމްބަރު 2026 | ހޮނިހިރު 04:44

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ބުރޫއަރައި، ގާނޫނު ނުހިނގާ ސަރަހައްދެއް އުފެދިދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެ. އެތަނުގައި ބޭރު ބަޔަކު އާބާދުވެއްޖެ ނަމަ ދިވެހިންގެ ހައްގުތަކަށް އުނިކަން އަންނާނެތީ، މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ގާނޫނުއަސާސީގައިވާ ފަދައިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 14 ނޮވެމްބަރު 2026 | ހޮނިހިރު 04:44
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) | ރާއްޖެ އެމްވީ

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ލާޒިމުކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަން ގެއްލޭ ކަމަށާއި ދިވެހިރާއްޖޭގައި މި ގާއިމު ކުރަނީ ގާނޫނުތައް ނުހިނގާ އެހެން ސަރަހައްދެއް ކަމަށެވެ.  

Advertisement - newsAdvertisement

އެގޮތުން ދިވެހިރާއްޖޭގެ ކަސަޓަމްސްއާއި ފުލުހުން އަދި ސިފައިންނަށް ނުވަދެވޭ ނުވަތަ ނުބެލޭ ތަންތަން ހުރެގެން ނުވާނެ ކަމަށް ބޮންޑާ ވިދާޅުވި އެވެ. އަދި ނުބެލޭ ތަންތަން ހުރުމަކީ ޝަރުއީ ގާނޫނީ ބާރުތައް ކެނޑިގެން ދިޔުން ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ރާއިސުލްޖުމްހޫރިއްޔާ ހުވާކުރަނީ ގާނޫނު އަސާސީގައި ލިޔެފައި އޮތް އެއްޗެއްގެ މައްޗަށް ކަމަށާއި މިފަދަ ހާލަތެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ގާނޫނޫ އަސާސީގައި ލިޔެފައި އޮތްކަން ބޮންޑާ ފާހަގަކުރެއްވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ސީދާ ރައްޔިތުން ތަމްސީލު ނުކުރާ ކަމަށާއި ކޯޓުތަކާއި ހުރިހާ ތަނެއް އަޅުވެތި ކޮށްފައި އޮތްކަން އެނގޭއިރު ދެން އޮތް ގޮތަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ބޮންޑާ ވިދާޅުވި އެވެ.

ހަމައެއާއެކު، ރަސްމާލޭގައި ބޭރު ބަޔަކު އާބާދުކޮށްފި ކަމުގައި ވާނަމަ ރައްޔިތަކަށްވުމަށްފަހު ބައިނަލްއަގުވާމީ ގޮތުން އެފަރާތްތަކަށް ލިބޭ ބާރުތަކެއް ހުންނަ ކަމަށް ބޮންޑާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އާމްދަނީ ހޯދުމުގެ ހައްގުތަކާއި، އަޅުކަން ކުރުމުގެ ހައްގުތަކާއި، ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން، ރަސްމާލެ ބޭރުގެ ފަރާތްތަކަށް ދޫކޮށްފިނަމަ މިފަހުގެ ތިން ޖެނެރޭޝަން މުސްކުޅިވާއިރު ވެސް އެތަނުގެ މުއްދަތު ހަމަނުވާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ދެން ކިހިނެއް ކިޔާނީ. އަޅުގަނޑުމެން މުހައްމަދު ތަކުރުފާނު ވާހަކަ ކިޔާހެންނު ކިޔާނީ އެއްދުވަސް ކޮޅެއްގައި އައޭ، ދޯންޏެއްގައި އައޭ، އެމީހުން އައިސްފައި ލެފީއޭ ބޭރުން އައިބައެކޭ ޔަހޫދީންނޭ ވެސް ކިޔައޭ ދެން އެތާ އެބަ އުޅޭ އަލީ ނަތަންޔާހޫ ކިޔާ މީހަކު އެއީ އެތާނގެ މީހެކޭ
އިބްރާހީމް ރަޝީދު (ބޮންޑާ)

އެހެންކަމުން ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ލާޒިމުކަމެއް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

އިބްރާހީމް ރަޝީދު (ބޮންޑާ)ރަސްމާލެ

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

3

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

4

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026
މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން
13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
13 ނޮވެމްބަރު 2026

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް