Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މާއެނބޫދޫ

މާއެނބޫދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ދެ ބިމެއްގެ އެއްބަސްވުން ބަދަލުނުކޮށް، 5 އަހަރުވީއިރު ވެސް ކުއްޔެއް ނުލިބޭ!

20 ނޮވެމްބަރު 2026 | ހުކުރު 11:59

ދ. މާއެނބޫދޫގައި މުވާސަލާތީ ޚިދުމަތް ދޭ ދެ ބިމެއްގެ އެއްބަސްވުން ކައުންސިލްގެ ނަމަށް ބަދަލުކޮށްފައި ނުވާތީ، އެ ބިންތަކުން ލިބެންޖެހޭ ކުލީގެ އާމްދަނީ ކައުންސިލަށް ނުލިބޭކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. ކައުންސިލުން ބުނާގޮތުގައި މި އެއްބަސްވުންތައް އައުނުކުރެވި ވަނީ ކުލީގެ އަދަދާ މެދު އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް ނާދެވުމުން ކަމަށްވާތީ، ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން މި މައްސަލަ އަވަހަށް ހައްލުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ނޮވެމްބަރު 2026 | ހުކުރު 11:59
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫ ކައުންސިލާ ބައްދަލުކުރުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫ ކައުންސިލާ ބައްދަލުކުރުން | ރައީސް އޮފީސް

ދ. މާއެނބޫދޫ ކައުންސިލުން މުވާސަލާތީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ދެ ބިމެއްގެ އެއްބަސްވުން ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކޮށްފައި ނުވާކަމަށާއި، ބިންތަކުން އެއްވެސް ކުއްޔެއް ކައުންސިލްގެ އިދާރާ އަށް ލިބިފައިނުވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އާންމު ކޮށްފައިވާ ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ މިނިސްޓްރީ އޮފް ފިނޭންސް އިން 2 ޑިސެމްބަރު 2020 ގައި ނެރެފައިވާ މާލިއްޔަތާ ބެހޭ ސަރކިއުލާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ވަސީލަތް ނުވަތަ ބިނާ ނުވަތަ ހަރުމުދަލުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ބަދަލު ކުރުމާ ގުޅޭ" ގައި ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ މުދަލަކުން ލިބޭ ކުލި ސަރުކާރުގެ އިދާރާއަކުން ނަގަމުންދާނަމަ އަދި އެ ކުލި ނަގަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ، އެ ވަސީލަތް ނުވަތަ ބިނާ ނުވަތަ ހަރުމުދަލުގެ މިލްކުވެރިކަން ހައްގުވެގެންވާ ކައުންސިލްގެ އިދާރާއެއްގެ ނަމަށް ކުލީގެ އެއްބަސްވުން ބަދަލުކުރުމަށް އަންގާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ރިޕޯޓުގައި ބުނީ މާއެނބޫދޫގައި މުވާސަލާތީ ޚިދުމަތް ދިނުމަށް ކުއްޔަށް ދޫކޮށްފައިވާ ދެ ބިމެއްގެ އެއްބަސްވުން ތައްޔާރުކޮށްފައި ވަނީ ކައުންސިލްތައް އައުމުގެ ކުރިން ކަމުގައިވުމުން މި އެއްބަސްވުމަކީ ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލު ކުރަން ޖެހޭ ތަނެއް ކަމަށެވެ. 

އެހެން ނަމަވެސް މި ބިންތައް އެ ފަރާތުން ބޭނުން ކުރަމުންދާއިރު، ސަރކިއުލާއާ އެއްގޮތަށް ބިމުގެ އެއްބަސްވުންތައް ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކޮށްފައިނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 1 ޑިސެމްބަރު 2020 އިން ފެށިގެން އޮޑިޓް ކުރި ތާރީޚް، 6 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް މި ބިންތަކުން ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ކައުންސިލްގެ އިދާރާ އަށް ލިބިފައިނުވާ ކަން ވެސް ފާހަގަވެފައިވާ ކަަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

މިކަމާ ގުޅިގެން ކައުންސިލްގެ އިދާރާ އިން މައުލޫމާތުދީފައިވާ ގޮތް ބަޔާންކޮށް ރިޕޯޓުގައި ބުނީ، ބިން ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުންތައް އައުކުރުމުގެ ގޮތުން ބިން ބޭނުންކުރަމުންދާ ފަރާތްތަކާއި ވާހަކަ ދެކެވެމުންދާ ކަމަށާއި، ބިމުގެ ކުލި މުރާޖައާ ކުރުމަށް ކައުންސިލްގެ އިދާރާ އިން ހުށަހަޅާ އަދަދުތަކަށް އެ ފަރާތުން އެއްބަސްވެފައި ނުވުމުގެ ސަބަބުން މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިކުރެވިފައި ނުވަނީ ކަމަށެވެ. އަދި އެއް ބިމެއްގެ ޑްރާފްޓް އެއްބަސްވުން އެކުލަވާލެވިފައިވީ ނަމަވެސް މި އެއްބަސްވުމުގައި ވެސް ސޮއިކުރެވިފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އެކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތަށް ކުލީ ބިމުގެ އެއްބަސްވުންތައް ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކުރުމަށް އަންގާ ކަމަށެވެ. އަދި މި އެއްބަސްވުންތައް ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަ، އެކަމާ ގުޅޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްގެން އެފަރާތުގެ ލަފައާއި އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ. 

ދ. މާއެނބޫދޫއޮޑިޓަރ ޖެނެރަލްގެ އޮފީސްލޯކަލް ގަވަރންމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

4

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

5

ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"

18 ނޮވެމްބަރު 2026
"ޕާޓީން އަޅުގަނޑުމެންނަށް ފިޔަވަޅު އެޅީ ވަކި ފަޅިއަކުން ގައުމީ މަޖިލީހަށް ވާދަކުރާތީ ކަމަށް ބެލެވޭ!"
18 ނޮވެމްބަރު 2026

އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި

18 ނޮވެމްބަރު 2026
އެލްޖީއޭގެ ވޯޓުގައި ބައިވެރިނުވި ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު އާއި ކައުންސިލް މެންބަރު އަނާން އަށް އެމްޑީޕީއިން ފިޔަވަޅު އަޅައިފި
06 ނޮވެމްބަރު 2026

ބުރުނީ ކައުންސިލުން 2024 ވަނަ އަހަރު ފާސްކުރި ބަޖެޓާއި، ރިވައިޒްޑް ބަޖެޓުގެ އަދަދުތައް ކައުންސިލްގެ ހިސާބުތަކާ ދިމައެއް ނުވޭ: އޮޑިޓް

06 ނޮވެމްބަރު 2026
ބުރުނީ ކައުންސިލުން 2024 ވަނަ އަހަރު ފާސްކުރި ބަޖެޓާއި، ރިވައިޒްޑް ބަޖެޓުގެ އަދަދުތައް ކައުންސިލްގެ ހިސާބުތަކާ ދިމައެއް ނުވޭ: އޮޑިޓް
03 ނޮވެމްބަރު 2026

ތުލުސްދޫ ކައުންސިލް އިދާރާއިން އިތުރު ގަޑީގެ ފައިސާ ދީފައިވަނީ އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތް ކަށަވަރުނުކޮށް: އޮޑިޓް ރިޕޯޓް

03 ނޮވެމްބަރު 2026
ތުލުސްދޫ ކައުންސިލް އިދާރާއިން އިތުރު ގަޑީގެ ފައިސާ ދީފައިވަނީ އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތް ކަށަވަރުނުކޮށް: އޮޑިޓް ރިޕޯޓް
31 އޮކްޓޯބަރު 2026

އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް

31 އޮކްޓޯބަރު 2026
އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް
20 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

20 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
20 އޮކްޓޯބަރު 2026

ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!

20 އޮކްޓޯބަރު 2026
ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!
19 އޮކްޓޯބަރު 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފި

19 އޮކްޓޯބަރު 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފި
14 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
08 އޮކްޓޯބަރު 2026

އެލްޖީއޭގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާކަމަށް ފެންނަނީ އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ: އެލްޖީއޭ

08 އޮކްޓޯބަރު 2026
އެލްޖީއޭގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާކަމަށް ފެންނަނީ އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ: އެލްޖީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް