ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފި
19 އޮކްޓޯބަރު 2026 | ހޯމަ 16:26ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރާ މެންބަރުގެ މަގާމު ހުސްވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހޯމަ ދުވަހު ހުޅުވާލައިފި. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައީސް އޮފީހަށް ފޯމު ހުށަހަޅަންޖެހޭ


އެލްޖީއޭ އިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | އެލްޖީއޭ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލްޖީއޭ) ގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ އެ އޮތޯރިޓީގެ ބޯޑުގެ މަދަނީ ޖަމިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެވެ.
އެގޮތުން، އެލްޖީއޭގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު 19 ވަނަ ދުވަހުން ފެށިގެން، 1 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން އޮފީހުން ކަމަށް މައުލޫމާތު ދީފައިވެ އެވެ.









