Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނެރަލްގެ އޮފީސް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

20 އޮކްޓޯބަރު 2026 | އަންގާރަ 13:20

އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2027 ވަނަ އަހަރު 394 އޮޑިޓެއް ކުރުމަށް އަމާޒުހިފާފައިވާއިރު، މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތަކުގެ އޮޑިޓްތައް ހިމެނޭ. މި މަސައްކަތްތަކަށް 133 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް އެ އޮފީހުން ހުށަހަޅާފައިވަނީ މިއަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ އޮޑިޓް ރިޕޯޓްތަކެއް ނިންމާފައިވާ ދަނޑިވަޅެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޮކްޓޯބަރު 2026 | އަންގާރަ 13:20
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ | ރާއްޖެއެމްވީ

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންނަ 2027 ވަނަ އަހަރަށް އެ އޮފީހުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 12 ވީ ހޯމަ ދުވަހުގަ އެވެ. އެ ދުވަހުގެ މާލިއްޔަތު ކޮމިޓީގައި އެ އޮފީހުން ވަނީ 2027 ވަނަ އަހަރު އެ އޮފީހުން ކުރަން ހަމަޖެހިފައިވާ ޚަރަދުތަކާއި އޮޑިޓުތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ 2027 ވަނަ އަހަރަށް އެ އޮފީހުން ހުށަހަޅަނީ 394 އޮޑިޓް ކުރުމަށް ކަމަށެވެ. އެކަމުގެ ތަފްސީލު ހިއްސާކުރައްވާ ނިޔާޒީ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މާލިއްޔަތު ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގައި ހިމެނޭ 61 ތަނެއްގެ ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓާއި، ލޯކަލް ކައުންސިލްތަކުގެ ތެރެއިން 106 އޮޑިޓްގެ އިތުރުން ޕަބްލިކް ފަންޑްސް އެންޑް ސްކީމްގެ 6 އޮޑިޓް ކަމަށެވެ. 

ނިޔާޒީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 183 ރިޕޯޓެއް ޝާއިއުކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް 259 އޮޑިޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ. 

އެހެންކަމުން 2027 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން، 133,590,265 (ސަތޭކަ ތިރީސް ތިން މިލިއަން ފަސް ލައްކަ ނުވަދިހަ ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާގެ ބަޖެޓް އެއް ހުށަހަޅުއްވާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީސްހުސެއިން ނިޔާޒީމާލިއްޔަތު ކޮމިޓީ

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!

20 އޮކްޓޯބަރު 2026
ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!
14 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
27 ސެޕްޓެމްބަރު 2026

ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް

27 ސެޕްޓެމްބަރު 2026
ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް
21 ސެޕްޓެމްބަރު 2026

ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު

21 ސެޕްޓެމްބަރު 2026
ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު
13 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު

13 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު
12 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް

12 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް
02 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

02 ސެޕްޓެމްބަރު 2026
ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު
29 އޯގަސްޓު 2026

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!

29 އޯގަސްޓު 2026
ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!
19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް