Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް އޮފީސް

ތުލުސްދޫ ކައުންސިލް އިދާރާއިން އިތުރު ގަޑީގެ ފައިސާ ދީފައިވަނީ އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތް ކަށަވަރުނުކޮށް: އޮޑިޓް ރިޕޯޓް

3 ނޮވެމްބަރު 2026 | އަންގާރަ 13:57

ކ. ތުލުސްދޫ ކައުންސިލުން 8.7 ލައްކައަށްވުރެ ގިނަ ރުފިޔާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ޚަރަދުކުރިއިރު، އެ މަސައްކަތްތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. އިތުރުގަޑީގައި ކުރި މަސައްކަތް ކަށަވަރުނުކޮށް ފައިސާ ދޫކުރުމަކީ ނަހަމަ ގޮތުގައި ޚަރަދުތައް ހިނގުމަށް އޮތް ފުރުސަތެއް ކަމުން، މަސައްކަތުގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުމަށް އޮޑިޓަރ ޖެނެރަލް ވަނީ އަންގަވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ނޮވެމްބަރު 2026 | އަންގާރަ 13:57
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެއަތޮޅު ތުލުސްދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެއަތޮޅު ތުލުސްދޫ ކައުންސިލާއި ބައްދަލުކުރެއްވުން | ރައީސް އޮފީސް

ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ އިން އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތް ކަށަވަރުނުކޮށް އިތުރު ގަޑީގެ ފައިސާ ދީފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ މާލެ އަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ އިން 2024 ވަނަ އަހަރުގެ ތެރޭގައި 870،319 ރުފިޔާ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ޚަރަދު ކޮށްފައިވާއިރު މުވައްޒަފުން އިތުރު ގަޑީގައި ކޮށްފައި ވަނީ ކޮންކޮން މަސައްކަތެއްތޯ އަދި އެ މަސައްކަތަކީ އިތުރު ގަޑީގައި ކުރުމަށް ހުއްދަ ލިބިފައިވާ، އަދި ކޮންމެހެން ވެސް އިތުރު ގަޑީގައި ކުރަން ޖެހޭ މަސައްކަތެއްތޯ ކައުންސިލްގެ އިދާރާ އިން ކަށަވަރު ކުރިކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތްކަން ފާހަގަކުރެވޭ ކަމަށެވެ. 

Advertisement - newsAdvertisement

އިތުރު ގަޑީގެ ލޮގްތަކުން އިތުރު ގަޑި ލޮގްކުރި މުވައްޒަފު އިތުރު ގަޑީގައި ކުރީ ކޮން މަސައްކަތެއްކަން އެއްވެސް ވަރަކަށް ރިކޯޑު ކޮށްފައި ނުހުންނަކަމާއި، ނަމަވެސް އެ ލޮގްތައް ކައުންސިލްގެ އިދާރާއިން އޯތޮރައިޒްކޮށް، އިތުރުގަޑިގެ ފައިސާ ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. 

އެ ރިޕޯޓުގައި ބުނީ، ކައުންސިލްގެ އިދާރާ އިން މައުލޫމާތު ދީފައި ވަނީ ކައުންސިލްގެ އިދާރާ އިން ބޭނުންކުރާ އެޗްއާރް ސިސްޓަމް ބޭނުންކޮށްގެން މުވައްޒަފުން އިތުރު ގަޑި ލޮގް ކުރާއިރު، އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ތަފްސީލް ރިކޯޑް ނުކުރެވޭ ކަމަށެވެ. ސިސްޓަމްގައި އިތުރު ގަޑިގައި ކުރާ މަސައްކަތް ލޮގް ނުކުރެވުނު ނަމަވެސް، މި މައުލޫމާތު އެހެން ގޮތަކަށް ވެސް ނުވަތަ ވަކި ޝީޓެއްގައި ނުވަތަ ފޮތެއްގައި ކައުންސިލްގެ އިދާރާ އިން ބަލަހައްޓާފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ރިޕޯޓުގައި ބުނީ އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ތަފުސީލް ނުހިމަނާ އިތުރު ގަޑި ލޮގް ކުރާނަމަ އެ މަސައްކަތަކީ ކޮންމެހެން ވެސް އިތުރު ގަޑީގައި ކުރަން ޖެހޭ މަސައްކަތެއްތޯ ނުވަތަ ރަސްމީގަޑީގައި ނިންމާނުލެވޭ މަސައްކަތެއްތޯ ކައުންސިލްގެ އިދާރާ އިން ބަލައި ކަށަވަރު ކުރިކަން އެނގެން ނުހުންނާނެ ކަމާއި، އެ މައުލޫމާތު ފެންނަން ނެތި އިތުރު ގަޑީގެ ލޮގްތައް ކައުންސިލްގެ އިދާރާ އިން އެޕްރޫވް ކުރުމުން އިތުރު ގަޑީގެ ފައިސާ ދޭންނުޖެހޭ ކަންކަމަށް ދޫކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

އެކަންކަން އިސްލާހު ކުރުމަށް ލަފާދީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މުވައްޒަފުން އިތުރު ގަޑީގައި ކުރާ މަސައްކަތް ލޮގްކުރާއިރު އިތުރު ގަޑީގައި ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިމަނައިގެން އިތުރު ގަޑި ލޮގް ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށާއި، އިތުރުގަޑިގައި ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިމަނައިގެން އިތުރު ގަޑި ލޮގް ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށާއި އިތުރު ގަޑީގައި ކޮށްފައިވާ މަސައްކަތްތަކަކީ ރަސްމީގަޑީގައި ނިންމާނުލެވޭ ފަދަ މަސައްކަތެއްތޯ ބަލައި، އެކަން ކަށަވަރު ކުރުމަށްފަހު މެނުވީ އިތުރު ގަޑީގެ ފައިސާ ނުދިނުމަށް އަންގާ ކަމަށެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީސްއޮޑިޓް އޮފީސްކ. ތުލުސްދޫ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

އާބިޓްރޭޝަން ސެންޓަރުގެ އޮޑިޓް: މަގުސަދު ހާސިލްނުވެ، 3.2 މިލިއަން ރުފިޔާގެ ޚަރަދު

02 ނޮވެމްބަރު 2026
އާބިޓްރޭޝަން ސެންޓަރުގެ އޮޑިޓް: މަގުސަދު ހާސިލްނުވެ، 3.2 މިލިއަން ރުފިޔާގެ ޚަރަދު
20 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

20 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި
20 އޮކްޓޯބަރު 2026

ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!

20 އޮކްޓޯބަރު 2026
ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!
14 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
10 އޮކްޓޯބަރު 2026

ރަކީދޫ ކައުންސިލްގެ އިދާރާ އިން 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓުކުރުމަށް ހުށަހަޅާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

10 އޮކްޓޯބަރު 2026
ރަކީދޫ ކައުންސިލްގެ އިދާރާ އިން 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ތައްޔާރުކޮށް އޮޑިޓުކުރުމަށް ހުށަހަޅާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
04 އޮކްޓޯބަރު 2026

2024 ވަނަ އަހަރު މާޅޮހު ކައުންސިލުން ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައި ނުވާތީ އެކަން ކުރުމަށް އޮޑިޓް އޮފީހުން އަންގައިފި

04 އޮކްޓޯބަރު 2026
2024 ވަނަ އަހަރު މާޅޮހު ކައުންސިލުން ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައި ނުވާތީ އެކަން ކުރުމަށް އޮޑިޓް އޮފީހުން އަންގައިފި
27 ސެޕްޓެމްބަރު 2026

ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް

27 ސެޕްޓެމްބަރު 2026
ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް
23 ސެޕްޓެމްބަރު 2026

މީޑިއާ ކައުންސިލުން އަލަށް އުފެދުނު ކޮމިޝަނަށް ފައިސާ ފޮނުވިކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓު

23 ސެޕްޓެމްބަރު 2026
މީޑިއާ ކައުންސިލުން އަލަށް އުފެދުނު ކޮމިޝަނަށް ފައިސާ ފޮނުވިކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓު
21 ސެޕްޓެމްބަރު 2026

ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު

21 ސެޕްޓެމްބަރު 2026
ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު
13 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު

13 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް