Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026 | ބުދަ 05:54

2027 ވަނަ އަހަރު ޖުމްލަ 394 އޮޑިޓެއް ކުރުމަށް އަމާޒު ހިފައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއާ ވަނީ ހިއްސާކޮށްފައި. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ކައުންސިލްތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓްތައް ހިމެނޭއިރު، މި ބަޖެޓު ކޮމިޓީން ފާސްކުރީ ހާޒިރުވި މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 އޮކްޓޯބަރު 2026 | ބުދަ 05:54
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރުން | ރައްޔިތުންގެ މަޖިލިސް

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ފާސްކޮށްފި އެވެ. 

އަންނަ 2027 ވަނަ އަހަރަށް އެ އޮފީހުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 12 ވީ ހޯމަ ދުވަހުގަ އެވެ. އެ ދުވަހުގެ މާލިއްޔަތު ކޮމިޓީގައި އެ އޮފީހުން ވަނީ 2027 ވަނަ އަހަރު އެ އޮފީހުން ކުރަން ހަމަޖެހިފައިވާ ޚަރަދުތަކާއި އޮޑިޓުތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ 2027 ވަނަ އަހަރަށް އެ އޮފީހުން ހުށަހަޅަނީ 394 އޮޑިޓް ކުރުމަށް ކަމަށެވެ. އެކަމުގެ ތަފްސީލު ހިއްސާކުރައްވާ ނިޔާޒީ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މާލިއްޔަތު ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގައި ހިމެނޭ 61 ތަނެއްގެ ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓާއި، ލޯކަލް ކައުންސިލްތަކުގެ ތެރެއިން 106 އޮޑިޓްގެ އިތުރުން ޕަބްލިކް ފަންޑްސް އެންޑް ސްކީމްގެ 6 އޮޑިޓް ކަމަށެވެ. 

އޭގެ އިތުރުން ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތަކުގެ 22 އޮޑިޓް، ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް، ފައިނޭންޝަލް އިންސްޓިޓިއުޓްގެ ތެރޭގައި ހިމެނޭ 4 އޮޑިޓް އަދި ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ގާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓާއި، ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް، ޕަރފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓް، ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓްގެ އިތުރުން އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓާއި ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓާއި މިއަހަރު ނުނިމި ހުރި 120 އޮޑިޓް ހިމެނޭ ކަމަށް ވެސް ނިޔާޒީ ވިދާޅުވި އެވެ. 

ނިޔާޒީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 183 ރިޕޯޓެއް ޝާއިއުކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް 259 އޮޑިޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ. 

އެހެންކަމުން 2027 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން، 133,590,265 (ސަތޭކަ ތިރީސް ތިން މިލިއަން ފަސް ލައްކަ ނުވަދިހަ ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާގެ ބަޖެޓް އެއް ހުށަހަޅުއްވާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ. 

އޭގެ ފަހުން އަންގާރަ ދުވަހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ބަޖެޓު އޮތްގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާފައި ވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުން މާލިއްޔަތު ކޮމިޓީ އިން އަންގާރަ ދުވަހު ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީސްމާލިއްޔަތު ކޮމިޓީހުސެއިން ނިޔާޒީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް

07 އޮކްޓޯބަރު 2026
ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް
07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
29 ސެޕްޓެމްބަރު 2026

ފަލާހުގެ މާލީ ބަޔާން: ޑޮލަރު ކުންފުންޏަކާއި މިލިއަނުން އާމްދަނީ، އަދި ހުޅުމާލެ އިން 21 މިލިއަން ރުފިޔާގެ ބިމެއް!

29 ސެޕްޓެމްބަރު 2026
ފަލާހުގެ މާލީ ބަޔާން: ޑޮލަރު ކުންފުންޏަކާއި މިލިއަނުން އާމްދަނީ، އަދި ހުޅުމާލެ އިން 21 މިލިއަން ރުފިޔާގެ ބިމެއް!
27 ސެޕްޓެމްބަރު 2026

ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް

27 ސެޕްޓެމްބަރު 2026
ހިލޭ ޑިގްރީ ސްކީމްގައި 19,265 ދަރިވަރުން ބައިވެރިވިއިރު އެ ސްކީމަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް
21 ސެޕްޓެމްބަރު 2026

ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު

21 ސެޕްޓެމްބަރު 2026
ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު
20 ސެޕްޓެމްބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިއަހަރު މެއި މަހުގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ހަރަދުކޮށްފި

20 ސެޕްޓެމްބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިއަހަރު މެއި މަހުގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ހަރަދުކޮށްފި
13 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު

13 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުލިބި ގެއްލިފައިވޭ: އޮޑިޓް ރިޕޯޓު
12 ސެޕްޓެމްބަރު 2026

ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް

12 ސެޕްޓެމްބަރު 2026
ކޮޅުފުށީ ކައުންސިލުން 12 ބިމެއް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓް
02 ސެޕްޓެމްބަރު 2026

ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު

02 ސެޕްޓެމްބަރު 2026
ށ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ތަޖުރިބާ ހޯދަން ކުރި ދަތުރަށް 2 ލައްކަ ރުފިޔާ ހޭދަކުރީ މިނިސްޓްރީގެ އެންގުމާ އެއްގޮތަކަށް ނޫން: އޮޑިޓް ރިޕޯޓު
29 އޯގަސްޓު 2026

ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!

29 އޯގަސްޓު 2026
ޓޫރިޒަމް ޓްރަސްޓް ފަންޑުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތަށް 8.5 މިލިއަން ރުފިޔާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް