Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭ

އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް

31 އޮކްޓޯބަރު 2026 | ހޮނިހިރު 16:00

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދެ ގޮނޑިވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފި. މި އިންތިޚާބުގައި ރަށު ކައުންސިލްތަކުގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ހޮވިވަޑައިގަތްއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަރާތުން ހޮވިވަޑައިގަތީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޮކްޓޯބަރު 2026 | ހޮނިހިރު 16:00
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުގެ ފަރާތުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަރާތުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުގެ ފަރާތުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަރާތުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު | އެލްޖީއޭ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުގެ ފަރާތުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފަރާތުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

 މި އިންތިޚާބަކީ އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް ތަމްސީލުކުރާނެ މެންބަރުން ކަނޑައެޅުމަށް ބޭއްވުނު އިންތިޚާބެކެވެ.

Advertisement - newsAdvertisement

އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ބަލާއިރު، ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު ބޯޑަށް އިންތިޚާބު ކުރަންޖެހެ އެވެ.

މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ފަރާތުން ބޯޑު މެންބަރުކަމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިފަ އެވެ.

ބޯޑުގެ ބާކީ އޮތް ދެ މަޤާމަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ކުރިއަށްދިޔައީ ހޮނިހިރު ދުވަހު އެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު އެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓެކެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު ކަމަށް ނަތީޖާއިން ދައްކަ އެވެ. މިއާއެކު މި އިންތިޚާބު ބޭއްވި ދެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާ މައި އިދާރާ އެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީޕީއެންސީ

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް، މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އައްޔަނު ކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް
27 އޮކްޓޯބަރު 2026

އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް

27 އޮކްޓޯބަރު 2026
އަޅުގަނޑުމެން މިއަދު މިކުރާ ކަންކަން ކޮންމެހެން އާންމު ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: މެންބަރު ފަޒީލް
27 އޮކްޓޯބަރު 2026

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

27 އޮކްޓޯބަރު 2026
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
25 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

25 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

21 އޮކްޓޯބަރު 2026
މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި
19 އޮކްޓޯބަރު 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފި

19 އޮކްޓޯބަރު 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވައިފި
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
09 އޮކްޓޯބަރު 2026

މެންބަރުންނަކީ "ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި ބައެއް" ކަމަށް އެ ވިދާޅުވީ ކޮރަޕްޝަން އިންތިހާއަށް ބޮޑުވީމަތަ؟

09 އޮކްޓޯބަރު 2026
މެންބަރުންނަކީ "ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި ބައެއް" ކަމަށް އެ ވިދާޅުވީ ކޮރަޕްޝަން އިންތިހާއަށް ބޮޑުވީމަތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް