Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާދަމް އާޒިމް

ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް

6 ނޮވެމްބަރު 2026 | ހުކުރު 18:58

މާލޭ ރާޅުގަނޑު ސަރަހައްދުގެ ރާޅުތަކަކީ ދުނިޔޭގެ ފެންވަރުގެ ރާޅުތަކަކަށް ވީނަމަވެސް، އެތަނުގައި ރާޅާއަޅާ ޒުވާނުންނަށް ހުރި ފެސިލިޓީތައް ވަރަށް ބޮޑަށް ބޯދާވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރެއްގައި ރާޅާއަޅާ ކުދިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ބޯޑުތައް ރައްކާކުރެވޭނެ އިންތިޒާމުތައް ފުރިހަމައަށް ގާއިމުކޮށްދެއްވާނެ ކަމަށް އާޒިމް ވައުދުވެވަޑައިގެންނެވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ނޮވެމްބަރު 2026 | ހުކުރު 18:58
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ރަނިންމޭޓް މޭޔަރު އާދަމް އާޒިމް، މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ރާޅާއެޅުމުގެ މުބާރާތް ބައްލަވާލައްވައި، އެސަރަހައްދުގައި ރާޅާއަޅާ ޒުވާނުންނާ ބައްދަލުކުރެއްވުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ރަނިންމޭޓް މޭޔަރު އާދަމް އާޒިމް، މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ރާޅާއެޅުމުގެ މުބާރާތް ބައްލަވާލައްވައި، އެސަރަހައްދުގައި ރާޅާއަޅާ ޒުވާނުންނާ ބައްދަލުކުރެއްވުން | ފައިސަލް - އާޒިމް ކެމްޕެއިން ޓީމް

ސަރފިންގ ނުވަތަ ރާޅާއަޅާ ކުދިން މިހާރު ބޭނުން ކުރުމަށް ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި އުއްމީދަކީ އެބޭފުޅުންގެ ވެރިކަމެއްގައި ސަރފިންގ އަށް ޚާއްސަ ފެސިލީޓީސް ވީ އެންމެ ފުރިހަމަކޮށް ގާއިމުކޮށްދިނުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރަނިންމޭޓް އާދަމް އާޒިމް ދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ރާޅާއެޅުމުގެ މުބާރާތް ބައްލަވާލައްވައި، އެސަރަހައްދުގައި ރާޅާއަޅާ ޒުވާނުންނާ ބައްދަލުކުރެއްވުމަށް ފަހު އާޒިމް ވިދާޅުވީ އެ ސަރަހައްދުގައި ނަގާ ރާޅުތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ރާޅުތަކެއް ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން ސަރފިންގގައި އުޅޭ ކުދިންނަށް ރަނގަޅު ތަނެއް، ރަނގަޅު ފެސިލިޓީ އެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މިއަދު އަޅުގަނޑުމެން އައިސް ބަލާލީ މިތަނުގައި ކުރިއަށް ދިޔަ މުބާރާތް. އައިސް ބަލާލިއިރުގައި އެކުދިންނަށް ދީފަ މި ހުރި ފެސިލިޓީސްތައް ވަރަށް ބޮޑަށް ގޯސްކޮށް މިހުރީ. އެތަށް ޒަމާނެއް ވެއްޖެ އެކަމަށް އެދޭތާ. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއްގަ މިތަނަކީ ރީއްޗަށް ޑިވެލޮޕްވެފަ އޮންނަ ހިތް ފަސޭހަ އަދި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ވެސް ފަސޭހަ ކަމާއެކު އައިސް އުޅެވޭނެ ތަނަކަށް ހަދާދޭން. އަދި އެމީހުންގެ ބޯޑުތަކާއި އެއްޗެހި ބަހައްޓާނެ ތަނެއް ހުންނަން އެބަ ޖެހޭ. ވަރަށް ގިނަ ފަހަރަށް ބޯޑެއް ހިފައިގެން މާލެ ތެރެއިން އައުމަކީ ފަސޭހަ ކަމެއް ނޫން. ސައިކަލުގައި ދިގު ބޯޑެއް ނުގެނެވޭ. އެހެން ވީމާ ޕިކަޕަކަށް ލައިގެން، ނޫނީ އެކަހަލަ ގޮތަކަށް އުޅެން މި ޖެހެނީ
އާދަމް އާޒިމް

އާޒިމް ވިދާޅުވީ މި ކުޅިވަރަކީ އެ ކުޅިވަރު ކުޅޭ ކުދިން އެތައް ރަން ވަނައެއް ހޯދާ ކުޅިވަރެއް ކަމަށާއި އަދި މިއީ އަބަދުވެސް ރަން ވަނަތަކެއް ހޯދޭނެ ކުޅިވަރަކަށްވާއިރު މިއަށްވުރެ ރަނގަޅު ފެސިލިޓީ އެއް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ ސަރުކާރެއްގައި ވަރަށް ފުރިހަމަ ފެސިލިޓީ އެއް އެކުދިންނަށް ގާއިމުކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާދަމް އާޒިމްފައިސަލް ނަސީމްއެމްޑީޕީސަރފިންގރާޅުގަނޑު

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

4

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ

06 ނޮވެމްބަރު 2026
މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ
06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
05 ނޮވެމްބަރު 2026

މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ މީގެ ކުރިން ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން: މޭޔަރު އާޒިމް

05 ނޮވެމްބަރު 2026
މާލެ ސިޓީގައި ޓްރެފިކް މައްސަލަ ބޮޑުވީ މީގެ ކުރިން ނެތް ގަރާޖަށް ސިޓީ ދޫކޮށްފައި ހުރުމުން: މޭޔަރު އާޒިމް
05 ނޮވެމްބަރު 2026

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު

05 ނޮވެމްބަރު 2026
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު
04 ނޮވެމްބަރު 2026

ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް

04 ނޮވެމްބަރު 2026
ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
03 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

03 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް