Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސަލް ނަސީމް

ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް

28 އޮކްޓޯބަރު 2026 | ބުދަ 14:08

އިންޑިއާގެ ކޮޗިންގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އާސަންދަ ލިބުމުގައި ހުރި ދަތިތަކާއި ޑޮލަރުގެ މައްސަލަތައް ފައިސަލް ނަސީމް އޮޅުންފިލުއްވައިފި. މި ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް. އަދި ވެރިކަމަށް ކުރިމަތިލައްވަނީ ދޮގު ވައުދުތަކެއް ވުމުގެ ބަދަލުގައި، ރައްޔިތުންނަށް ހަގީގީ ނަތީޖާ ދެއްކުމަށް ކަމަށްވެސް އޭނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 އޮކްޓޯބަރު 2026 | ބުދަ 14:08
އިންޑިއާގެ ކޮޗިންގައި ދިރިއުޅޭ ދިވެހިންނާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން

އިންޑިއާގެ ކޮޗިންގައި ދިރިއުޅޭ ދިވެހިންނާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން | ރާއްޖެ އެމްވީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކޮޗިންގައި ދިރިއުޅޭ ބައެއް  ދިވެހިންނާއި ބައްދަލުކުރައްވައިފި އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކޮޗިންގައި ދިވެހީން ދިރިއުޅޭ ބައެއް ގެތަކަށް ވެސް ފައިސަލް ޒިޔާރަތް ކުރެއްވި އެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ގާތުން ވަނީ އަޑުއައްސަވާފަ އެވެ. ކޮޗިންގައި މިވަގުތު ބޭސްފަރުވާއަށް ގޮސްތިބި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމުގައި ވަރަށްބޮޑެތި ދަތިތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން މާލެއިން ފުރުމުގެ ކުރިން އާސަންދަ ދީފައި ފޮނުވި ނަމަވެސް ބޭސްފަރުވާގެ ބައެއް ޚަރަދުތައް އާސަންދައިން ކަވަރުކޮށް ނުދިނުމާއި، ފަރުވާދޭ ހޮސްޕިޓަލުން އާސަންދައަށް އެޕްރޫވަލްއަށް ފޮނުވާ ކޮންމެ އެއްޗެއް އެޕްރޫވްވުމަށް އެތަށް ގަޑިއިރެއް ހޭދަވާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ބަލިމީހާއަށް އެތަށް ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށް ވެސް އެފަރާތްތަކުން ފާހަގަކުރި އެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާވަރަށް ޑޮލަރު ހޯދުމަށް ހުރި ދަތިތައް ވެސް ފާހަގަކުރި އެވެ. މި ނޫނަސް ބޭސްފަރުވާއާ ގުޅޭ މިފަދަ އެތައް ބައިވަރު ކަންބޮޑުވުންތައް ކޮޗިންގައި ތިބި ބައެއް ދިވެހީން ހިއްސާކުރި އެވެ.

ބޭސްފަރުވާގެ ކަންކަމުގައި ދިވެހީން ކުރި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، ބޭސްފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް އެންމެ ބޮޑަށް އިސްކަންދިން އެއް ދާއިރާ ކަމަށެވެ. އަދި ދެންވެސް އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ވެސް ބޭސްފަރުވާގެ ކަންކަމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނެސްދިނުމަށްޓަކައި ނިޒާމް ހަރުދަނާކޮށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.

ކޮޗިންގައި ތިބި ދިވެހީން ދިރިއުޅޭ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް މިހާތަނަށް އެންމެބޮޑަށް ބެލީ ލާމަރުކަޒުކޮށް އެ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތްދީ ވިޔަފާރިތައް ކުރިއަރުވާ ރަނގަޅު ފެންވަރުގެ ތައުލީމާއި ސިއްހަތު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ވާންވާނީ ފުއްދޭ ވަރުގެ އެއްޗަކަށް ކަމަށެވެ. އަދި ވެރިކަމަކީ ދޮގުހަދައިގެން ނުވާވަރުގެ ހުވަފެންދައްކައިގެން ކުރާވަރުގެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ތެދުބަހުން ވާހަކަ ދައްކަން ކަމަށެވެ. އަދި ދޮގު ހަދައިގެން ހޯދާނެ މޮޅެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެމްޑީޕީފައިސަލް ނަސީމްކޮޗިންއާސަންދަ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

25 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް
24 އޮކްޓޯބަރު 2026

ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު

24 އޮކްޓޯބަރު 2026
ރާއްޖޭގެ ރިޒާރވްގައި 2 ހަފްތާއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭ މިންވަރަށް ވެސް ޑޮލަރެއް ނެތް، މިއީ މިސްރާބެއް ނެތް ސަރުކާރެއް: ނަޝީދު
24 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރާއެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯޒް ކުރައްވައިފި

24 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރާއެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯޒް ކުރައްވައިފި
24 އޮކްޓޯބަރު 2026

ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް

24 އޮކްޓޯބަރު 2026
ލޯނު ނަގައި ސަލާންޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް ރާއްޖެ ބަދަލުވާން ޖެހޭ: އާޒިމް
24 އޮކްޓޯބަރު 2026

އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް

24 އޮކްޓޯބަރު 2026
އަޅުގަނޑުގެ ވެރިކަމެއްގައި އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
22 އޮކްޓޯބަރު 2026

އިޤްތިސާދީ ހާލަތަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް

22 އޮކްޓޯބަރު 2026
އިޤްތިސާދީ ހާލަތަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް
22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ

21 އޮކްޓޯބަރު 2026
ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ
20 އޮކްޓޯބަރު 2026

އެމްޑީޕީ އަކީ ބުނެލުމަށްފަހު ނިންމާލާނެ ބައެއް ނޫން، ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭ މަންޒަރު ފެންނާނެ: އާޒިމް

20 އޮކްޓޯބަރު 2026
އެމްޑީޕީ އަކީ ބުނެލުމަށްފަހު ނިންމާލާނެ ބައެއް ނޫން، ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭ މަންޒަރު ފެންނާނެ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް