Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ދިފާޢީ ވަޒީރު އަޒުލުކުރުން

ހެގްސެތު އަޒުލުކުރުމުގެ މަސައްކަތް ފޭލުކޮށްލައިފި، އީރާން ހަނގުރާމައިގެ ނުރުހުންތަކާއެކު ވެސް ޓްރަމްޕްގެ ސަފުތައް ބަދަހި

11 ނޮވެމްބަރު 2026 | ބުދަ 08:19

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު އަޒުލުކުރުމަށް ހުށަހެޅި މައްސަލަ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރިޕަބްލިކަން މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބޭރުކޮށްލާފައި. އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ކުރިއަށްގެންދާ ކަމުގެ ތުހުމަތުތަކާއެކު ހުށަހެޅި މި މައްސަލަ ކޮމިޓީއަށް ފޮނުވަން ނިންމުމުން، ހެގްސެތު މަގާމުން ވަކިކުރުމަށް ކުރި މަސައްކަތް މި ވަނީ ނާކާމިޔާބުވެފައި. މި ނިންމުމަށް ޓްރަމްޕް ތާއީދުކުރެއްވި ނަމަވެސް، ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް ކުރާ އަސަރުތަކާ ގުޅިގެން އާންމުންގެ ނުރުހުން ވަނީ އިތުރުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2026 | ބުދަ 08:19
އެމެރިކާގެ ދިފާޢި ވަޒީރު ޕީޓް ހެގްސެތު ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

އެމެރިކާގެ ދިފާޢި ވަޒީރު ޕީޓް ހެގްސެތު ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު މަގާމުން ދުރުކުރުމަށް ޓަކައި އަޒުލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރިޕަބްލިކަން މެންބަރުން އިސްވެ ހުއްޓުވައިފި އެވެ. މިއީ، އީރާނާ ދެކޮޅަށް ހެގްސެތު އިސްވެ ކުރިއަށް ގެންދަވާ ޣައިރުޤާނޫނީ ހަނގުރާމައާމެދު އުފެދިފައިވާ ނުރުހުންތައް، ދާދި ފަހުން ބޭއްވި މިޑްޓަރމް އިންތިޚާބުގައި ވޯޓުލީ މީހުން ފާޅުކޮށްފައިވަނިކޮށް ނިންމި ނިންމުމެކެވެ.

އިޖުރާއީ ވޯޓަކުން މައްސަލަ ފަސްއަޅައި ފޮރުވުން

ހައުސްގައި އަންގާރަ ދުވަހު ނެގި އިޖުރާއީ ވޯޓަކުން ފާސްކުރީ، ހެގްސެތާ ދެކޮޅަށް ހުށަހެޅި އަޒުލުކުރުމުގެ މައްސަލަ ރިޕަބްލިކަނުންގެ އަޣުލަބިއްޔަތު އޮންނަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ. މިއާއެކު، ރިޕަބްލިކަން ޕާޓީގެ މަންދޫބު ތޯމަސް މޭސީ އިސްނަންގަވައިގެން ހެގްސެތު މަގާމުން ދުރުކުރުމަށް ފެށްޓެވި މަސައްކަތް މި ވަނީ ނާކާމިޔާބުވެފަ އެވެ. މޭސީ އިސްވެ ހުށަހެޅުއްވި މި މައްސަލައަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތާއީދު ލިބުނެވެ. މިއީ، އިންތިޚާބުގައި ރައްޔިތުން ދިން އިންޒާރަށް ފަހު، ރިޕަބްލިކަން ޕާޓީގެ މެންބަރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ނުކުމެ، އާންމުންގެ މެދުގައި މަގުބޫލު ކަން ކުޑަ ހަނގުރާމައާ ދުރުހެލިވާނެތޯ ބެލުމަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެކެވެ.

Advertisement - worldAdvertisement

އަންގާރަ ދުވަހުގެ މި ވޯޓު ނިމިގެން ދިޔައީ 211 ވޯޓުން މައްސަލަ ކޮމިޓީއަށް ފޮނުވުމަށް ތާއީދުކޮށް، ދެކޮޅަށް 204 ވޯޓު ލިބިގެންނެވެ. މި ވޯޓުގައި ކޮމިޓީއަށް މައްސަލަ ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި ރިޕަބްލިކަން މެންބަރަކީ މޭސީ އެވެ. މި ނަތީޖާގެ ސަބަބުން، ހެގްސެތާ ދެކޮޅަށް ހުށަހަޅާފައިވާ އަޒުލުކުރުމުގެ އަށް މާއްދާއަށް ސީދާ ވޯޓަކަށް ދިއުމުގެ ބަދަލުގައި، މައްސަލަ ކޮމިޓީގެ ތެރޭގައި ދިގުދަންމާލުމުގެ ފުރުސަތު ރިޕަބްލިކަނުންނަށް ލިބިގެންދާނެ އެވެ. އެ މާއްދާތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭ މުހިންމު ކަންކަން ހިމެނެ އެވެ.

ޓްރަމްޕްގެ ރައްދު އަދި ސެނެޓުގެ ހަގީގަތް

މި ވޯޓުގެ ނަތީޖާއަށް ފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީސްމީޑިއާގައި ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. "ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު އަޒުލުކުރުމަށް ޑިމޮކްރެޓުން ކުރި މަސައްކަތް ވަރަށް ނިކަމެތިކޮށް ފޭލުވެއްޖެ! ވަރަށް ބޮޑު ނާކާމިޔާބެއް ކަމަށްވާ ތޯމަސް މޭސީ ފިޔަވައި، ކޮންމެ ރިޕަބްލިކަން މެންބަރަކު ވޯޓު ދެއްވީ ޕީޓްގެ ދިފާޢުގައި،" ވޯޓަށް ފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ހައުސްއިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، މަތިގެ ކަމަށްވާ ސެނެޓުގައި ހެގްސެތު ކުށްވެރިވާނެ ކަމަކަށް ކުރިން ވެސް ބެލެވިފައެއް ނުވެ އެވެ. ސަބަބަކީ ވަޒީރަކު މަގާމުން ދުރުކުރުމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާއިރު، 53 ގޮނޑީގެ އަޣުލަބިއްޔަތަކާއެކު ސެނެޓުގެ ކޮންޓުރޯލު އޮތީ ރިޕަބްލިކަނުންގެ އަތުގައި ކަމަށްވާތީ އެވެ. ނަމަވެސް، މަޖިލީހުގެ އައު ދައުރު ފެށުމާއެކު މި މަންޒަރު ބަދަލުވާނެ އެވެ.

ޤާނޫނާ ޚިލާފު ހަނގުރާމައަކާއި އާންމުންގެ ނުރުހުން

މޭސީ ހުށަހެޅުއްވި ޤަރާރުގައި ހިމެނެނީ އަޒުލުކުރުމުގެ ވަކިވަކި އަށް މާއްދާއެކެވެ. މި ގޮތުން، ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް ޤާނޫނާ ޚިލާފު ހަނގުރާމައެއް ފެށުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަކަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމުގެ އިސް ދައުރެއް ޕެންޓަގަންގެ ވެރިޔާ އަދާކުރައްވާފައިވާ ކަމަށް އެ މާއްދާތަކުގައި ތުހުމަތުކޮށްފައިވެ އެވެ. މިއީ، ޝަރިޢަތަކާ ނުލައި މީހުން މެރުން ކަމަށް ޤާނޫނީ މާހިރުން ދެކިވަޑައިގަންނަވަ އެވެ. ނަމަވެސް، މި ޤަރާރަކީ ކަންކަން ހަލާކުކޮށްލުމަށް ކުރި މަސައްކަތެއް އަދި "ދަޅައެއް" ކަމަށް ހެގްސެތު ވަނީ ވިދާޅުވެފަ އެވެ. ހަމަމިއާއެކު، ޓްރަމްޕާއި އޭނާގެ ސަރުކާރުގެ އިސްވެރިން ދަނީ ހެގްސެތަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުންނެވެ.

އިންތިޚާބުގައި ރިޕަބްލިކަނުންނަށް ކުރިމަތިވި ނާކާމިޔާބީތަކާ ގުޅިގެން، ސަރުކާރުގެ އެތެރޭގައި ހެގްސެތުގެ މަގާމާ މެދު އުފެދިފައިވާ ސުވާލުތައް މިހާރު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. ޕެޓްރޯލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމުގެ ޒިންމާ އާންމު ރައްޔިތުން އަޅުވަނީ މި ހަނގުރާމައިގެ ކޮނޑުގައި ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަ އެވެ. "މި ހަނގުރާމަ ކުރިއަށްދާ ގޮތާމެދު އޭނާ ހާމަކުރައްވަނީ ތެދު މަޢުލޫމާތުތޯ؟" އަންގާރަ ދުވަހު ސުވާލު އުފެއްދެވީ މަގާމުން ވަކިވެވަޑައިގަންނަވާ ރިޕަބްލިކަން ސެނެޓަރު ޖޯނީ އަރންސްޓް ސުވާލު ކުރެއްވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޕީޓް ހެގްސެތުޑޮނަލްޑް ޓްރަމްޕްތޯމަސް މެސީހައުސް އޮފް ރެޕްރެޒެންޓެޓިވްސް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި

11 ނޮވެމްބަރު 2026
އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި
10 ނޮވެމްބަރު 2026

"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި

10 ނޮވެމްބަރު 2026
"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި
10 ނޮވެމްބަރު 2026

އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި

10 ނޮވެމްބަރު 2026
އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި
10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!

09 ނޮވެމްބަރު 2026
"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!
08 ނޮވެމްބަރު 2026

އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!

08 ނޮވެމްބަރު 2026
އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް