Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި

10 ނޮވެމްބަރު 2026 | އަންގާރަ 09:05

އެމެރިކާގެ ގާނޫނުއަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މަގާމުން ވަކިކުރުމުގެ ގަރާރެއް ރިޕަބްލިކަން މެންބަރު ތޯމަސް މާސީ އަލުން ހުށަހަޅުއްވައިފި. މި ގަރާރުގައި އީރާނާ ދެކޮޅަށް ހުއްދަނެތި ހަނގުރާމަކުރުމާއި އާންމުންނަށް ގެއްލުންދިނުން ފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮންނަ އާ ކޮންގްރެސްއާއެކު ހެގްސެތަށް އޮތް ސިޔާސީ ފިއްތުންތައް އިތުރަށް ބޮޑުވާނެ ކަމަށް ބެލެވޭ

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2026 | އަންގާރަ 09:05
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ދިފާއީ ވަޒީރު) ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް ނުވަތަ އިމްޕީޗް ކުރުމަށް ގޮވާލައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ތޯމަސް މާސީ 2026 ނޮވެމްބަރު 9 ވީ ހޯމަ ދުވަހު ވޮޝިންގޓަން ޑީސީގެ ކެޕިޓަލް ހިލްގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ދިފާއީ ވަޒީރު) ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް ނުވަތަ އިމްޕީޗް ކުރުމަށް ގޮވާލައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ތޯމަސް މާސީ 2026 ނޮވެމްބަރު 9 ވީ ހޯމަ ދުވަހު ވޮޝިންގޓަން ޑީސީގެ ކެޕިޓަލް ހިލްގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ރޮއިޓަރސް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، މަސްތުވާތަކެތި އުފުލާ ކަމަށް ބެލެވޭ ބޯޓުތަކަކަށް ދިން ހަމަލާތަކުގެ އިތުރުން، އެމެރިކާގެ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ (ދިފާއީ ވަޒީރު) ޕީޓް ހެގްސެތު މަގާމުން ދުރުކުރުމަށް ނުވަތަ އިމްޕީޗް ކުރުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރު ތޯމަސް މާސީ ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ކެންޓަކީގެ މެންބަރުކަމުން ވަކިވެވަޑައިގަންނަވާ މާސީ، ހޯމަ ދުވަހު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މި ގަރާރު އިއްވަވަމުން ހެގްސެތުގެ މައްޗަށް ތުހުމަތު ކުރެއްވީ، އޭނާ ގާނޫނާ ޚިލާފު އަމުރުތަކަށް ތަބާވެފައިވާ ކަމަށާއި، އޭނާގެ އަމަލުތަކުގެ ސަބަބުން އެމެރިކާގެ ގާނޫނުއަސާސީއަށް ނުރައްކާވެފައިވާ ކަމަށެވެ.

Advertisement - worldAdvertisement

މިޑްޓާމް އިންތިޚާބަށްފަހު ހައުސްގެ ފުރަތަމަ ދައުރު ފެށުމާއެކު މާސީ ވަނީ ހެގްސެތު އިމްޕީޗް ކުރުމުގެ މާއްދާތައް ހުށަހަޅުއްވާފަ އެވެ. ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވާއިރު، އެ ޕާޓީގެ ލީޑަރުން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް ވައުދުވެފަ އެވެ.

މާސީ މިފަހަރު އަލުން ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުވެސް އޭނާ ހުށަހެޅުއްވި އަށް މާއްދާ އެވެ. އޭރު ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮތް ކޮންގްރެސްގައި، ހައުސްގެ ސްޕީކަރު މައިކް ޖޯންސަން ވަނީ މެންބަރުން ޗުއްޓީއަށް ފޮނުވާލައިގެން މި މައްސަލައަށް ވޯޓަށް އެހިޔަނުދީ ހިފަހައްޓާފަ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާސީ ވިދާޅުވީ، ހެގްސެތު މަގާމުން ވަކިކުރަން ބޭނުންވާ ކޮންމެ މެންބަރެއްގެ ވޯޓަށްވެސް އޭނާ މަރުހަބާ ކިޔާނެ ކަމަށާއި، އެއީ އެ ބިލުގެ ތަފްސީލު އެ މެންބަރަކަށް އެނގުނަސް ނުވަތަ ނޭނގުނަސް މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ބައެއް މެންބަރުން މިކަމަށް ވޯޓު ދޭން ބޭނުންވަނީ ހަމައެކަނި ހެގްސެތު މަގާމުން ދުރުވާން ބޭނުންވާތީކަން. އެ ބޭފުޅުންގެ ވޯޓަށް އަޅުގަނޑު މަރުހަބާ ކިޔަން،" މާސީ ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހު ކޮންގްރެސްގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބުމުގެ ކުރިން ހެގްސެތު އިސްތިއުފާ ދެއްވުމަށް މާސީ ބާރުއެޅުއްވި އެވެ. އޭނާ ލަފާކުރެއްވި ގޮތުގައި ޑިމޮކްރެޓުން ކުރިއަށްގެންދާ ތަހުގީގުތަކުގައި، ހެގްސެތުގެ ދަށުން ދިފާއީ ވުޒާރާ ހިންގާފައިވާ ގޮތާ ބެހޭގޮތުން ސަރުކާރުގެ އިސް އޮފިޝަލުން ހެކިބަސް ދޭނެ އެވެ.

ނަމަވެސް ހެގްސެތު ހުންނެވީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ ކޮންގްރެސްގައި އޭނާގެ އަމަލުތައް ދިފާއުކުރުމަށް ލިބޭ ފުރުސަތަށް މަރުހަބާ ކިޔާ ކަމަށެވެ.

"ސިޔާސީ މަގްސަދުތަކެއް އޮތް، ސިޔާސަތުތަކާ މެދު ޚިޔާލު ތަފާތުވާ ބަޔަކު އެބައުޅޭ. އެކަމަކު އެމީހުން އެ ދެކޮޅު ހަދަނީ އަޅުގަނޑުމެން ހޯދި ކާމިޔާބީއާ،" ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ޓްރަމްޕް ސަރުކާރުން ހިންގި އަސްކަރީ ހަރަކާތްތަކާ މެދު ގާނޫނީ ބަހުސެއް ކުރަން ބޭނުންނަމަ، މުޅި ދުވަހުވެސް އެކަން ކުރަން އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.

އާންމުންނަށް ގެއްލުންދިނުމާއި ގާނޫނުން ބޭރުން މީހުން މެރުމުގެ ތުހުމަތު

މާސީ ހުށަހެޅުއްވި ގަރާރުގައި ތުހުމަތުކޮށްފައިވާ ގޮތުގައި، 'ވޯ ޕަވަރސް ރިޒޮލިއުޝަން' ގެ ދަށުން ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭ ނަމަވެސް، އެ ހުއްދަ ނެތި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީތެރިވެދީގެން ހެގްސެތު ވަނީ ގާނޫނުއަސާސީއާ ޚިލާފުވެފަ އެވެ.

މީގެ އިތުރުން، ހަނގުރާމައިގެ އުސޫލުތަކަށް ބެލުމެއްނެތި، އާންމުންނަށް ގެއްލުންވާ ފަދަ "ހަނގުރާމަވެރި ސަގާފަތެއް" ހެގްސެތު އުފައްދާފައިވާ ކަމަށް މާސީ ތުހުމަތު ކުރެއްވި އެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު ހަނގުރާމަ ފެށުނުއިރު، އީރާނުގެ މިނާބްގައި ހުރި ސުކޫލަކަށް އެމެރިކާއިން ބޮން އަޅައި، 120 ކުޑަކުދިން ހިމެނޭހެން 150 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާ އެވެ.

ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ބެލެވޭ ބޯޓުތަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ، ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ހެގްސެތު ހިންގާފައިވާ "ގާނޫނުން ބޭރުން މީހުން މެރުމުގެ" އަމަލުތަކެއް ކަމަށްވެސް އެ ގަރާރުގައިވެ އެވެ.

ހެގްސެތުގެ މައްޗަށް ކުރެވޭ އެހެން ތުހުމަތުތަކުގެ ތެރޭގައި، ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގުމާއި، ޕެންޓަގަންއަށް މީޑިއާ ވަނުން ހަނިކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމާއި، ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ގާނޫނާ ޚިލާފަށް ހަނގުރާމަ ކުރުން ހިމެނެ އެވެ.

މާސީއަކީ ޓްރަމްޕްގެ ސަރުކާރަށް، ޚާއްސަކޮށް އީރާނު ހަނގުރާމައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. މާސީގެ މި ފާޑުކިޔުންތަކުގެ ސަބަބުން ޓްރަމްޕް މީގެ ކުރިން ކޯފާވެ، މިއަހަރު ބޭއްވި ޕްރައިމަރީ އިންތިޚާބުގައި މާސީއާ ދެކޮޅަށް ނުކުތް ކެންޑިޑޭޓަށް ތާއީދުކުރެއްވި އެވެ. އެ އިންތިޚާބުން މާސީ ވަނީ ބަލިވެފަ އެވެ.

ހެގްސެތު އިމްޕީޗް ކުރުމަށްޓަކައި 435 މެންބަރުން ހިމެނޭ ހައުސްގެ އަޣުލަބިއްޔަތު ބޭނުންވެ އެވެ. އަދި އޭގެ ފަހުން މަގާމުން ވަކިކުރެވޭނީ 100 މެންބަރުން ހިމެނޭ ސެނެޓުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މިހާރު އޮތް ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް ކޮންގްރެސްގައި މިކަން ކާމިޔާބުވުމުގެ ފުރުސަތު ކުޑަ ނަމަވެސް، ޖެނުއަރީ މަހު އިންތިޚާބުވި ޑިމޮކްރެޓިކް މެންބަރުން މަގާމާ ހަވާލުވުމުން ހެގްސެތަށް އޮތް ފިއްތުންތައް ބޮޑުވާނެ އެވެ.

ޖެނުއަރީ މަހު ހައުސްގެ ސްޕީކަރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ހަކީމް ޖެފްރީސް ވިދާޅުވީ، ހެގްސެތު އިމްޕީޗް ކުރުމަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ.

"ދިފާއީ ވަޒީރުގެ ނަމުގައި ހުންނެވި ބޭފުޅާ ވަނީ އޭނާގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ގައުމީ ސަލާމަތަށް ނުރައްކާކޮށް، އީރާނުގައި ބޭކާރު އަދި ބޮޑު ޚަރަދު ހިނގާ ހަނގުރާމައެއް އަމިއްލައަށް ރާވައިގެން ކުރިއަށް ގެންގޮސްފައި،" ޖެފްރީސް ވިދާޅުވި އެވެ.

ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް އޮތް ނަމަވެސް، އެ ޕާޓީއަށް ލިބޭނީ ގާތްގަނޑަކަށް 54 ގޮނޑި އެވެ. މިއީ ހެގްސެތު ކުށްވެރިކޮށް މަގާމުން ވަކިކުރުމަށް ބޭނުންވާ 67 ވޯޓަށްވުރެ މަދު އަދަދެކެވެ.

މާސީ މި މަސައްކަތް ކުރައްވަނީ އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ އިސްވެރިން، ޚާއްސަކޮށް ސްޕީކަރު ޖޯންސަންގެ ދެކޮޅުހެދުންތަކާ އެކުގަ އެވެ. ޖޯންސަން ވިދާޅުވީ ކެބިނެޓް ވަޒީރުން އިމްޕީޗް ކުރަންވާނީ ސިޔާސީ މަންފާއަކަށް ނޫން ކަމަށާއި، މާސީ ކުރައްވަނީ އެފަދަ ކަމެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

ޓްރަމްޕް ސަރުކާރުގެ އޮފިޝަލުން ހެގްސެތު އިމްޕީޗް ކުރުމާ ދެކޮޅު ހަދާއިރު، އީރާނު ހަނގުރާމައަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުކަން ކުޑަ ހަނގުރާމައެއްކަން އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ. ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިޑްޓާމް އިންތިޚާބުން ރިޕަބްލިކަން ޕާޓީ ބަލިވީވެސް މި ހަނގުރާމައިގެ ސަބަބުންނެވެ.

"އޭނާ (ހެގްސެތު) ކުށްވެރިވަނީ ދެ ކަމެއްގައި. އެއީ އަސާސީ ގޮތުން ދެ ހަނގުރާމައެއް ކާމިޔާބު ކުރުން،" އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މިވަނީ މެދުއިރުމައްޗާއި އިސްރާއީލު ސަލާމަތްކޮށްދީފައި. އެކަން ކުރި މީހަކު އިމްޕީޗް ކުރަން ބުނުމަކީ ވަރަށް އުނދަގޫ ކަމެއް."

ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މާކޯ ރޫބިއޯވެސް ވަނީ ހެގްސެތު ދިފާއުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ހެގްސެތު ކުރެއްވީ "ރަނގަޅު މަސައްކަތެއް" ކަމަށެވެ. އަދި އީރާނު ހަނގުރާމައަކީ "މަގުބޫލު" ކަމަކަށް ނުވިޔަސް، އެއީ "ކުރަންޖެހޭ" ކަމެއް ކަމަށް ރޫބިއޯ ވިދާޅުވި އެވެ.

މަސްދަރު: އޭޕީ/އަލްޖަޒީރާ

ޕީޓް ހެގްސެތުތޯމަސް މެސީޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި
09 ނޮވެމްބަރު 2026

"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!

09 ނޮވެމްބަރު 2026
"އީރާނުން ހުށަހެޅީ ބަލައިގަންނަން ދަތި ޝަރުތުތަކެއް": ރޫބިއޯ ވިދާޅުވީ ސުލްހައިގެ އުންމީދު ފަނޑު ކަމަށް!
08 ނޮވެމްބަރު 2026

އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!

08 ނޮވެމްބަރު 2026
އިންތިޚާބުން ބަލިވުމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ޑޯނަރުންނަށް ޑިމޮކްރެޓުން ބިރުދައްކަމުންދާ ކަމަށް!
07 ނޮވެމްބަރު 2026

ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި

07 ނޮވެމްބަރު 2026
ފްލޮރިޑާގެ އައު 'ޓެރަރިޒަމް' ޤާނޫނާ ގުޅިގެން މުސްލިމުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ މައި ޖަމުޢިއްޔާގެ ހަރަކާތްތައް މެދުކަނޑާލައިފި
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް