Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި

10 ނޮވެމްބަރު 2026 | އަންގާރަ 09:42

އީރާނުގެ އަސްކަރީ ބާރުތައް ބަލިކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެ ޤައުމުގެ ބަނދަރުތައް ހިސާރުކުރުމާއި 'ޓާސްކް ފޯސް އަޔަން ގޭޓް' ގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވަނީ ހާމަކުރައްވާފައި. ޤަތަރު މެދުވެރިވެގެން ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާއިރު، އީރާނުން ބުނަމުންދަނީ އެމެރިކާގެ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށް. މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ބައިނަލްއަގުވާމީ ވިޔަފާރިއަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 ނޮވެމްބަރު 2026 | އަންގާރަ 09:42
އީރާނުގެ ވެރިރަށް ތެހެރާނުގެ އިމާރާތެއްގެ ބޭރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯއަކާއެކު އޭނާއާ ދެކޮޅު ބަސްތަކެއް ލިޔެފައިވާ ޕޯސްޓަރެއް ކައިރިން އަންހެނަކު ހިނގާފައި ހުރަސްކުރަނީ

އީރާނުގެ ވެރިރަށް ތެހެރާނުގެ އިމާރާތެއްގެ ބޭރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯއަކާއެކު އޭނާއާ ދެކޮޅު ބަސްތަކެއް ލިޔެފައިވާ ޕޯސްޓަރެއް ކައިރިން އަންހެނަކު ހިނގާފައި ހުރަސްކުރަނީ | ޝަޓާ ސްޓޮކް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަ މިހާރު ވަނީ "ޢަމަލީ ގޮތުން" ނިމުމަކަށް އައިސްފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވައިފި އެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ޤަތަރުގެ ބޮޑުވަޒީރާ ވޮޝިންގޓަނުގައި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ، ސިއްރު ބައްދަލުވުމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހޯމަ ދުވަހު ކުއްލި ގޮތަކަށް ބޭއްވެވި ބައްދަލުވުމެއްގައި، އެމެރިކާއިން އީރާނުގެ އަސްކަރިއްޔާ އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވި އެވެ. ނަމަވެސް، މެދުއިރުމަތީގެ ބައިވެރިންގެ ފަރާތުން މި ހަނގުރާމަ އަވަހަށް ނިންމުމަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތިވަމުންދާ ކަން އޭނާގެ ވާހަކަފުޅުން ވަނީ ހާމަވެފަ އެވެ.

Advertisement - worldAdvertisement

"އަސްކަރީ ގޮތުން ބަލާއިރު އީރާން މިހާރު އޮތީ އަމަލީ ގޮތުން މުޅިން ނިމިފައި، އަޅުގަނޑުމެން މިހާރު މި ދަމަހައްޓަނީ ހަމައެކަނި މިހާރުގެ ހާލަތު [ސްޓޭޓަސް ކޯ]، އަދި އަޅުގަނޑުމެން އެ ކަން އެ ގޮތަށް ކުރަމުން މި ދަނީ އެ ޤައުމުގެ އަވައްޓެރި ޤައުމުތަކުގެ އެދުމުގެ މަތިން،" ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ މި މޭރުމުން ވިދާޅުވީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އަދި ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީއާއެކު ބޭއްވެވި ސިއްރު ބައްދަލުވުމަކަށް ފަހުގަ އެވެ. މި ބައްދަލުވުމުގައި ހޯދުނު ކުރިއެރުންތަކަށް ތައުރީފު ކުރައްވަމުން، ސަރަހައްދުގެ މަސްރަހާ ގުޅޭގޮތުންނާއި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދު ވާހަކަދެކެވުނު ކަމަށާއި، އެއްބަސްވުމަކަށް އައުމަށާއި ސަރަހައްދަށް ސުލްހަ ގެނައުމަށް ބޭއްވުނު އީޖާބީ މަޝްވަރާތަކާމެދު އުފާކުރައްވާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަނޑުގެ ހިސާރާއި 'ޓާސްކް ފޯސް އަޔަން ގޭޓް'

ނަމަވެސް، މި ހާލަތު ދެމެހެއްޓުމުގެ މާނައަކީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހިސާރު ދެމެހެއްޓުން ކަމަށާއި، އެއްގަމު މަގުންނާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ކުރާ ވިޔަފާރި ހުއްޓުވުމަށް އަލަށް އިޢުލާންކުރި 'ޓާސްކް ފޯސް އަޔަން ގޭޓް' ވެސް ކުރިއަށްދާނެ ކަމަށްޓްރަމްޕް އިޢުތިރާފުވެވަޑައިގެންނެވި އެވެ.

"ޤަތަރާއި، ސަޢުދީ ޢަރަބިއްޔާއާއި، ޔޫއޭއީއާއި، ބަޙްރައިނާއި، ކުވެއިތު އަދި އެހެން ޤައުމުތަކުން ވެސް ބޭނުން ވަނީ މި ހާލަތު މި ގޮތުގައި ދެމިއޮތުމަށް، އެހެން އިބާރާތަކުން ދަންނަވާނަމަ އަޅުގަނޑުމެންގެ ޤައުމުގެ ތާރީޚުގައި ވެސް، އަދި ފަހަރެއްގައި މުޅި ދުނިޔޭގެ ތާރީޚުގައި ވެސް ގާއިމުކުރެވުނު އެންމެ ވަރުގަދަ ކަނޑުގެ ހިސާރު ދެމެހެއްޓުމަށް،" އޭނާ ވިދާޅުވި އެވެ.

ހަމަމިއާއެކު، އަލުން ހަނގުރާމަ ފަށަންޖެހިއްޖެ ހާލަތެއްގައި އެ ކަމަށް އެމެރިކާ އޮތީ ތައްޔާރަށް ކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ. "އަސްކަރީ ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި މިހާރު ނުފެނުނު ނަމަވެސް، އެ ކަން ބަދަލުވާ ކޮންމެ ސަބަބަކަށް ޓަކައި ވެސް އަޅުގަނޑުމެން މި ތިބީ ހަތިޔާރު އަޅައި ފުރިހަމައަށް ތައްޔާރުވެގެން،" އޭނާ ވިދާޅުވި އެވެ. އަދި، އީރާނުގެ ނުރައްކާތަކުން ޔަހޫދީ އިސްރާއީލާއި މުޅި މެދުއިރުމަތި ރައްކާތެރިކުރެވިފައިވާ ކަމަށާއި، މި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ރައްދު: "މަޝްވަރާތަކަކީ ޚިޔާލީ ވާހަކަތަކެއް"

އީރާނުގެ އޮފިޝަލުން ވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކަކީ އަސްލު ހަގީގަތުން ސަމާލުކަން އަނބުރާލުމަށް ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. "އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެމެރިކާ ސަރުކާރު މިހާރު ވަނީ ފުނޑުފުނޑުވެފައި، ނަމަވެސް ވޮޝިންގޓަނުން މަސައްކަތް ކުރަމުން ދަނީ ގޮތްހުސްވެފައިވާ ޖުވާކުޅުންތެރިއަކު ފަދައިން، ތިޔަ ކުޅިގަނޑު ހުއްޓާލާ، ޚިޔާލީ މަޝްވަރާތަކާ ގުޅޭ ދޮގު ޚަބަރުތައް އުފެއްދުން ހުއްޓާލާ،" އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ މުޙްސިން ރެޒާއީ ވިދާޅުވި އެވެ.

ވަކިން ޚާއްސަކޮށް، އީރާނުގެ އެންމެ މަތީ ވެރިޔާ، މުޖްތަބާ ޚާމަނާއީ ގޮވާލައްވާފައި ވަނީ "ހަނގުރާމައެއް ވެސް ނޫން އަދި ސުލްހައެއް ވެސް ނޫން" މި ހާލަތު ނިމުމަކަށް ގެނައުމަށް ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވި އެވެ. މިއާއެކު، އިތުރު މަޝްވަރާތަކަށް އީރާން ތައްޔާރަށް އޮތް ނަމަވެސް މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ބިރުދެއްކުމަށް އީރާނުން ދީލައިނުލާނެ ކަމަށް ވެސް ޕީޒިޝްކިޔާން ވިދާޅުވި އެވެ.

ފުޅާވަމުންދިޔަ ހަނގުރާމައާއި ސަރަހައްދީ އަސަރުތައް

ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން، މި ކުރިމަތިލުންތައް ވަނީ އަވައްޓެރި ޤައުމުތަކަށް ފެތުރި، ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޮޑެތި ލޮޅުންތަކެއް އަރުވާލާފަ އެވެ. އެމެރިކާއާއި އިސްރާއީލުން ހަމަލާތައް ފެށިތާ މާގިނައިރެއް ނުވެ، ތެލާއި، ގޭހާއި، ގަސްކާނާ ފަދަ މުހިންމު މުދާ އުފުލާ މައިގަނޑު މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ފިޔަވަޅު އެޅި އެވެ.

މި ގޮތުން، އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޤަތަރާއި، ބަޙްރައިނާއި، ކުވެއިތު އަދި ޔޫއޭއީ ހިމެނޭހެން ގަލްފުގެ އަވައްޓެރި ޤައުމުތަކަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވާއިރު، މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. މީގެ އިތުރުން، އީރާނުގެ މަދަދުލިބޭ ކަމަށް ތުހުމަތު ކުރެވޭ ހޫޘީންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން އަލުން ހަނގުރާމަ ފަށާފައިވާއިރު، ޔަހޫދީ އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނު ހިފައި، ފުރާނައަށް ނުރައްކާވާ ފަދަ ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފަ އެވެ.

ނުވަ މަހުގެ ކެކުޅުމާއި ނިއުކްލިއަރ މައްސަލަ

ހަނގުރާމައަށް ގާތްގަނޑަކަށް ނުވަ މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ހަމަލާތައް މިހާރު ވަނީ ވަކިވަކި ވަގުތުތަކުގައި ދޭ ހަމަލާތަކަކަށް ބަދަލުވެފަ އެވެ. މި ގޮތުން، ފަހުގެ ދުވަސްތަކުގައި އީރާނުގެ ޤަޝްމު ޖަޒީރާއަށް އެމެރިކާ ސަރުކާރުން "ކުދި ހަމަލާތަކެއް" ދީފައިވާ ކަން ވަނީ އިޢުލާންކޮށްފަ އެވެ. އަދި، އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމާ ގުޅޭ މަރުކަޒުތަކާއި، ވަސީލަތްތަކާއި، އެކަމުގައި ޝާމިލުވާ މީހުންނާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިޔަން އެމެރިކާ ޑޮލަރުގެ އިނާމެއް ވެސް އެމެރިކާއިން ވަނީ ހުށަހަޅާފަ އެވެ.

2025 ޖޫން މަހު ހިނގައިދިޔަ 12 ދުވަހުގެ ހަނގުރާމައަށް ފަހު، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕުރޮގުރާމު އެއްކޮށް ނައްތާލެވިފައިވާ ކަމަށް ޓްރަމްޕް މީގެ ކުރިން ދަޢުވާ ކުރެއްވި ނަމަވެސް، މިހާރު ހިނގަމުންދާ ހަނގުރާމައިގެ މައިގަނޑު އަސާސަކަށް އޭނާ ހައްދަވާފައި ވަނީ އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމު ހުއްޓުވުމެވެ. ނަމަވެސް، ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން އަބަދުވެސް ދޮގުކުރެ އެވެ. އަދި، އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތަކީ މަދަނީ ބޭނުންތަކަށް ހަކަތަ އުފެއްދުމަށް ކުރާ ކަމެއް ކަމަށް އީރާނުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކާއި މެދުވެރިއެއްގެ ދައުރު

މި ދަނޑިވަޅުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ހަތް ޝަރުތެއް ގަބޫލުކުރުމަށް އީރާނުގެ އޮފިޝަލުން ވަނީ އެމެރިކާއަށް ހުށަހަޅާފަ އެވެ. މީގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމާއި، ޢުމާނާއެކު އެއްބަސްވެފައިވާ ގޮތަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރާނެ އައު މަގެއް ބަލައިގަތުމުގެ އިތުރުން، ޔަހޫދީ އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހިމެނޭހެން ހުރިހާ ދިމާއަކުން ކުރާ ހަނގުރާމަ އެއްކޮށް ހުއްޓާލުން ހިމެނެ އެވެ.

މި މައްސަލައިގައި އެންމެ މުހިންމު އެއް މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަނީ ޤަތަރެވެ. ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝައިޚް މުޙައްމަދަކީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މުވާސަލާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. މި ގޮތުން، ހޯމަ ދުވަހު ބޭއްވުނު ސިއްރު ބައްދަލުވުމުގައި، ހަނގުރާމަ ނިންމުމަށް އީރާނުން ހުށަހެޅި ދެ ދުވަހުގެ ހުށަހެޅުމެއް އޭނާ ޓްރަމްޕަށް ހުށަހެޅުއްވި ކަމަށް މަޢުލޫމާތު ލިބެ އެވެ.

ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައިކަން އިޢުލާން ނުކުރައްވަނީ ކީއްވެތޯ ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން، އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހިސާރަކީ ސަރަހައްދީ ސަލާމަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. އަދި، ކުރު މުއްދަތުގެ ހައްލެއްގެ ބަދަލުގައި ދިގު މުއްދަތުގެ ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ ސަރަހައްދުގައި އަޅުގަނޑުމެންގެ ވަރަށް މުހިންމު ބައިވެރިން އެބަތިބި، އަދި އެ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ، އެހެން ނޫންނަމަ އެ ފަރާތްތަކަށް ގެއްލުން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"އީރާނުގެ ބާރުތައް ވަރަށް ބޮޑަށް ކަނޑުވާލެވިފައިވާތީ، މީގެ ހަ މަސްދުވަސް ކުރިއާ އަޅާބަލާއިރު އެ ޤައުމުތައް މިހާރު މާ ބޮޑަށް ވެސް ރައްކާތެރި، ނަމަވެސް އެ ޤައުމަކީ އަދިވެސް ކޮންމެވެސް ވަރަކަށް މެދުއިރުމަތީގައި ގަދަބަދަވިކަން ދައްކާ ޤައުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްގަތަރުއިސްރާއީލްޝައިޚް ޚާލިދު ބިން މުޙައްމަދުހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ޓްރަމްޕް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަމަލީގޮތުން ނިމިއްޖެ"

10 ނޮވެމްބަރު 2026
ޓްރަމްޕް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަމަލީގޮތުން ނިމިއްޖެ"
10 ނޮވެމްބަރު 2026

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026
އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި
10 ނޮވެމްބަރު 2026

އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި

10 ނޮވެމްބަރު 2026
އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު މަގާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅައިފި
10 ނޮވެމްބަރު 2026

ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި

10 ނޮވެމްބަރު 2026
ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި
10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު

10 ނޮވެމްބަރު 2026
"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް