Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެއިރޫތު

އިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަލް-ޢަލްވާނީ ބައިރޫތުގައި އަވަހާރަކޮށްލައިފި

11 ނޮވެމްބަރު 2026 | ބުދަ 07:02

ލުބުނާނުގެ ބައިރޫތުގައި އަވަހާރަކޮށްލާފައިވާ އިރާޤުގެ ބަރުލަމާނުގެ ކުރީގެ މެންބަރު އަޙްމަދު އަލް-ޢަލްވާނީގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއި. މިއީ، ސިޔާސީ ގޮތުން ރޭވިގެން ހިންގި ފިނޑި އަމަލެއް ކަމަށް އޭނާގެ އޮފީހުން ބުނާއިރު، މި މައްސަލަ ދެފުށް ފެންނަ ގޮތަށް ތަހުގީގުކުރުމަށް އިރާޤު ސަރުކާރުން ވަނީ ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2026 | ބުދަ 07:02
އިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު، އަޙްމަދު އަލް-ޢަލްވާނީ

އިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު، އަޙްމަދު އަލް-ޢަލްވާނީ | ފޭސްބުކް

އިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަލް-ޢަލްވާނީ، ލުބުނާނުގެ ވެރިރަށް ބައިރޫތުގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވާ އިރު، އެ މައްސަލަ ބަލަމުންދަނީ ގަސްދުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ސަލާމަތީ މަސްދަރަކުން ބުނެފި އެވެ.

އަލް-ޢަލްވާނީ މަރުވި ސަބަބު އެ މަސްދަރުން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، އޭނާގެ ހަށިގަނޑު ފެނުނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބައިރޫތުގެ ޠަރީޤު އަލް-ޖަދީދާ ސަރަހައްދުގެ އެޕާޓްމަންޓަކުން ކަމަށް ލުބުނާނުގެ މަސްދަރުތަކުން ބުނެ އެވެ.

Advertisement - worldAdvertisement

ތަހުގީގާއި ހައްޔަރުކުރުންތައް

މި މައްސަލައިގެ ތަހުގީގު ލުބުނާނުގެ ދާޚިލީ ސަލާމަތީ ބާރުތަކުގެ އިންފޮމޭޝަން ބްރާންޗުން ކުރިއަށްގެންދާއިރު، އެ ތަހުގީގު އެ ޤައުމުގެ އެންމެ އިސް ޕްރޮސެކިއުޓަރު، ގާޒީ އަޙްމަދު ރާމީ އަލް-ޙާއްޖު ބައްލަވަމުން ގެންދަވާ ކަމަށް ލުބުނާނުގެ ރަސްމީ އިދާރާތަކުން ބުންޏެވެ.

މި ތަހުގީގުގެ އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި އަލް-ޢަލްވާނީ އަވަހާރަކޮށްލާފައި ވަނީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެން ކަމަށާއި، މި އަމަލުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ލުބުނާނުގެ ރައްޔިތަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އެ ޤައުމުގެ ޤަޟާއީ މަސްދަރަކުން ހާމަކުރި އެވެ. ހަމަމިއާއެކު، މި މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އަދި ފިލައިގެން އުޅޭ ސޫރިޔާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ. މި ތުހުމަތުކުރެވޭ މީހުންނަކީ ވޭތުވެދިޔަ ހަފުތާގައި އަލް-ޢަލްވާނީ ބައިރޫތަށް ވަޑައިގެންނެވުމުން ވައިގެ ބަނދަރުން އޭނާ ހޮޓަލަށް ގެންދިޔަ މީހުން ކަމަށް އެ މަސްދަރުން އިތުރަށް ބުންޏެވެ.

އޮފީހުގެ ބަޔާން: "މިއީ ފިނޑި ޖަރީމާއެއް"

އަލް-ޢަލްވާނީ އަވަހާރަކޮށްލުމަކީ ދުރާލައި ރޭވިގެން ހިންގި "ސިޔާސީ އަވަހާރަކޮށްލުމެއް" އަދި "ޚިޔާނާތްތެރި ޖަރީމާއެއް" ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ސިފަކޮށްފައިވެ އެވެ. މި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

"މިއީ ހަމައެކަނި ތަޢުޒިޔާ ކިޔައި ކުށްވެރިކޮށްލުމަށް ފަހު ދޫކޮށްލެވޭނެ އާދައިގެ ހާދިސާއެއް ނޫން. މިއީ، މި ކަން ރޭވި ފަރާތްތަކާއި، ތަންފީޒުކުރި މީހުންނާއި، މި ކަމުގައި ބައިވެރިވި އެންމެން ހާމަކޮށްދޭނެ ހަރުދަނާ ރަސްމީ ފިޔަވަޅުތަކަކާއި ދެފުށް ފެންނަ ތަހުގީގެއް ބޭނުންވާ ޖަރީމާއެއް. މި ކަމުގެ ފަހަތުގައި ކޮންމެ ފަރާތެއް ވިޔަސް، އިންސާފުގެ ކުރިމަތިން އިސްތިސްނާވާނެ އެއްވެސް މީހަކު ނުހުންނާނެ،" އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސިޔާސީ ހަަޔާތްޕުޅާއި ތާރީޚު

އަލް-ޢަލްވާނީއަކީ އިރާޤުގެ ހުޅަނގު އަލް-އަންބާރު ޕްރޮވިންސް ތަމްސީލުކުރެއްވި ސުންނީ މަޒުހަބުގެ ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅެކެވެ. އޭނާ ސިޔާސީ މަޝްރަހުގައި އެންމެ ބޮޑަށް ވިދާލީ، އޭރުގެ ބޮޑުވަޒީރު ނޫރީ އަލް-މާލިކީގެ ޝީޢީ ސަރުކާރާ ދެކޮޅަށް 2012 އަދި 2013 ގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިންނެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރި ގޮތުގައި މާލިކީގެ ސަރުކާރުން ގެންގުޅުނީ މަޒުހަބީ ތަފާތުކުރުންތަކާއި ސުންނީން އެކަހެރިކުރުމުގެ ސިޔާސަތުތަކެކެވެ. މިއާއެކު، އަލް-ޢަލްވާނީ ފާހަގަކުރެވިފައި ވަނީ އިރާޤުގެ ކަންކަމުގެ ތެރެއަށް އީރާނުން ވަނުމާއި، އީރާނުގެ މަދަދު ލިބޭ ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނުފޫޒަށް ފާޅުގައި އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ލީޑަރުގެ ގޮތުގަ އެވެ.

އައްރަމާދީގައި ހުންނަ އަލް-ޢަލްވާނީގެ ގެކޮޅަށް 2013 ޑިސެންބަރު ގައި ސަލާމަތީ ބާރުތަކުން ދިން ކުއްލި ހަމަލާއެއްގައި އޭނާގެ ކޮއްކޮއާއި އިތުރު ބަޔަކު މަރާލައި، އޭނާ ހައްޔަރުކުރި އެވެ. މި ގޮތުން، ޓެރަރިޒަމްގެ ކުށުގައި 2014 ގައި އޭނާއަށް މަރުގެ އަދަބު ކަނޑައެޅި ނަމަވެސް، ޖަލުގައި ދިހަ އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވުމަށް ފަހު އޭނާ މިނިވަންވީ، އިރާޤުގެ އާންމު މަޢާފުގެ ޤާނޫނުގެ ދަށުން 2025 އެޕްރީލު ގަ އެވެ.

އިރާޤު ސަފާރާގެ ރައްދު

މި ހާދިސާއާ ގުޅިގެން، ލުބުނާނުގައި ހުންނަ އިރާޤުގެ ސަފާރާއިން މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ ޤައުމުން ލުބުނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޟާ އަލް-ޙުސައިނީ ވިދާޅުވި އެވެ. މި ޖަރީމާ ހިނގައިދިޔަ ގޮތުގެ ހަގީގަތްތައް ހާމަކުރުމަށް ޓަކައި ލުބުނާނުގެ ސަލާމަތީ އިދާރާތަކުގެ ފަހުގެ ރިޕޯޓަށް ސަފާރާއިން އިންތިޒާރުކުރަމުންދާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އަޙްމަދު އަލް-ޢަލްވާނީބެއިރޫތުލުބުނާންއިރާގު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

ޑްރޯން ހަމަލާއަކާއެކު ކޫރްމޫރުގައި އަލިފާން ރޯވެ، އިރާޤުގެ ކުރުދީ ސަރަހައްދުގެ %70 އިން ކަރަންޓު ކެނޑިއްޖެ

09 ނޮވެމްބަރު 2026
ޑްރޯން ހަމަލާއަކާއެކު ކޫރްމޫރުގައި އަލިފާން ރޯވެ، އިރާޤުގެ ކުރުދީ ސަރަހައްދުގެ %70 އިން ކަރަންޓު ކެނޑިއްޖެ
08 ނޮވެމްބަރު 2026

އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

08 ނޮވެމްބަރު 2026
އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
01 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އިސްރާއީލުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ

01 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އިސްރާއީލުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ
29 އޮކްޓޯބަރު 2026

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

29 އޮކްޓޯބަރު 2026
ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!
29 އޮކްޓޯބަރު 2026

ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި

29 އޮކްޓޯބަރު 2026
ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި
24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
12 އޮކްޓޯބަރު 2026

ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި

12 އޮކްޓޯބަރު 2026
ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
06 އޮކްޓޯބަރު 2026

ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ

06 އޮކްޓޯބަރު 2026
ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް