Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާޤުގެ ދާޚިލީ މަސްރަހު

ޑްރޯން ހަމަލާއަކާއެކު ކޫރްމޫރުގައި އަލިފާން ރޯވެ، އިރާޤުގެ ކުރުދީ ސަރަހައްދުގެ %70 އިން ކަރަންޓު ކެނޑިއްޖެ

9 ނޮވެމްބަރު 2026 | ހޯމަ 07:18

އިރާޤުގެ ކުރުދީ ސަރަހައްދުގެ ގޭސް ދަނޑަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ކަރަންޓު އުފައްދާ މިންވަރު ދަށްވެ، އެ ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައި. މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، މި ކަން ތަހުގީގު ކުރުމަށް އިރާޤުގެ ބޮޑުވަޒީރު ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވައިލައްވާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 ނޮވެމްބަރު 2026 | ހޯމަ 07:18
އިރާޤުގެ އުތުރުގައި ކުރުދީން ދިރިއުޅޭ ސަރަހައްދުގައި އޮންނަ ކޫރްމޫރް ގޭސް ދަނޑުތައް

އިރާޤުގެ އުތުރުގައި ކުރުދީން ދިރިއުޅޭ ސަރަހައްދުގައި އޮންނަ ކޫރްމޫރް ގޭސް ދަނޑުތައް | ރޮއިޓަރސް

އިރާޤުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގެ ކޫރްމޫރް ގޭސް ދަނޑަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން އެ ތަނުގައި އަލިފާން ރޯވެ، މުޅި ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް އިރާޤާއި ކުރުދީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ. އާދީއްތަ ދުވަހުގެ ރޭ ދިން މި ހަމަލާގެ ސަބަބުން ކުރުދީ ސަރަހައްދުގެ %70 އަށްވުރެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފަ އެވެ.

މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ކޮން ފަރާތަކުން ކަމެއް އަދި މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅުމެއް އޮތް ކަމެއް ކަން އަދި ސާފެއް ނުވެ އެވެ. ހަމަމިއާއެކު، ސުލައިމާނިއްޔާ މުޙާފަޡާގައި އޮންނަ އެ ގޭސް ދަނޑު ހިމެނޭ ސަރަހައްދުން ދުމާއި އަލިފާންގަނޑު އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖުތަކުގެ ސައްހަކަން ކަށަވަރުކުރެވިފައިވާ ކަމަށް މީޑިއާއިން ބުނެ އެވެ.

Advertisement - worldAdvertisement

މި ހަމަލާގެ ސަބަބުން އަރްބީލް، ސުލައިމާނިއްޔާ، ބާޒިޔާން، ޗަމްޗަމާލް އަދި ދުހޯކްގެ އިންޖީނުގެތަކަށް ގޭސް ފޯރުކޮށްދިނުން މެދުކެނޑިފައިވާ ކަމަށް ކުރުދިސްތާން ސަރަހައްދީ ސަރުކާރުގެ ކަރަންޓާ ބެހޭ ވުޒާރާގެ ތަރުޖަމާނު އޮމީދު އަޙްމަދު ވިދާޅުވި އެވެ. މި ހަމަލާގެ ސަބަބުން ކަރަންޓު ވިއުގައަށް ފޯރުކޮށްދޭ ކަރަންޓުގެ ތެރެއިން 2،500 އާއި 2،800 މެގަވޮޓާ ދެމެދުގެ މިންވަރެއް އުފެއްދުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް އަޙްމަދު ވިދާޅުވި އެވެ. މި ގޮތުން، ފެން ސާފުކުރާ މަރުކަޒުތަކާއި ހަސްފަތާލުތައް ފަދަ ޒަރޫރީ ޚިދުމަތްދޭ ތަންތަނަށް، ފެނުން ހަކަތަ އުފައްދާ ސްޓޭޝަންތަކާއި ބަދަލު ތެލުގައި ހިންގާ އެހެނިހެން އިންޖީނުގެތައް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ކޫރްމޫރުގެ ގޭސް ރައްކާކުރާ މަރުކަޒަށް އަމާޒުވެ، މުޅި ކަރަންޓު ވިއުގަ މަސައްކަތްކުރާ މިންވަރު %70 އާއި %80 އާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން ކުރި ފުރަތަމަ ވަޒަންކުރުންތަކަށް ބަލާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިރާޤުގެ ބޮޑުވަޒީރު ޢަލީ އައްޒައިދީ ވިދާޅުވި ކަމަށް މީޑިއާއިން ރިޕޯޓުކުރެ އެވެ. އަދި، ހަމަލާ ހިނގައިދިޔަ ގޮތް ތަހުގީގުކުރުމަށް ޓަކައި ކުރުދީ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޓީއެއް އެކުލަވައިލުމަށް ބޮޑުވަޒީރު އައްޒައިދީ އަމުރުކުރައްވާފައިވާ ކަމަށް ވެސް މީޑިއާއިން ބުންޏެވެ.

މި ހަމަލާ ދީފައި ވަނީ ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ހަމަމިއާއެކު، ވޭތުވެދިޔަ އަހަރު ވެސް އެ މަރުކަޒަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާއިރު، އެއްވެސް ޖަމާޢަތަކުން އެ ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިރާގުކުރުދީކޫރްމޫރްއަލީ އަލް ޒައިދީ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

08 ނޮވެމްބަރު 2026
އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
29 އޮކްޓޯބަރު 2026

ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި

29 އޮކްޓޯބަރު 2026
ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި
24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
12 އޮކްޓޯބަރު 2026

ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި

12 އޮކްޓޯބަރު 2026
ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
06 އޮކްޓޯބަރު 2026

ހަތިޔާރު ދޫކޮށްލަން އެއްބަސްވި އިރާގުގެ ފަސް ޖަމާއަތުގެ ތެރެއިން ތިން ގުރޫޕަކުން ހަތިޔާރު ބަހައްޓައިފި

06 އޮކްޓޯބަރު 2026
ހަތިޔާރު ދޫކޮށްލަން އެއްބަސްވި އިރާގުގެ ފަސް ޖަމާއަތުގެ ތެރެއިން ތިން ގުރޫޕަކުން ހަތިޔާރު ބަހައްޓައިފި
04 އޮކްޓޯބަރު 2026

އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ

04 އޮކްޓޯބަރު 2026
އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ
30 ސެޕްޓެމްބަރު 2026

އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި

30 ސެޕްޓެމްބަރު 2026
އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި
30 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް

30 ސެޕްޓެމްބަރު 2026
ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް
27 ސެޕްޓެމްބަރު 2026

މެދުކެނޑުމަކަށްފަހު އިރާގަށް އަލުން ޑޮލަރުގެ ނަގުދު ފައިސާ ފޮނުވަން އެމެރިކާއިން އެއްބަސްވެއްޖެ

27 ސެޕްޓެމްބަރު 2026
މެދުކެނޑުމަކަށްފަހު އިރާގަށް އަލުން ޑޮލަރުގެ ނަގުދު ފައިސާ ފޮނުވަން އެމެރިކާއިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް