Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާޤު-ސޫރިޔާ ގުޅުން

ބައްޝާރުގެ ވެރިކަން ވެއްޓުނު ފަހުން ފުރަތަމަ ފަހަރަށް އިރާޤުގެ ބޮޑުވަޒީރު ސޫރިޔާއަށް ވަޑައިގަންނަވައި ރައީސް އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި

29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:01

އިރާޤުގެ ތެޔޮ ސޫރިޔާ މަގުން ބޭރުކުރުމަށް ބާނިޔާސް ހޮޅިލައިން އަލުން ބޭނުންކުރުމަށާއި، ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފި. މި މަޝްރޫޢުތައް ތަންފީޒުކުރުމަށް އެމެރިކާގެ ޝެވްރޯން ކުންފުނި ހިމެނޭ ކޮންސޯޓިއަމަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، މިއީ ސަރަހައްދީ ސަލާމަތާއި އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

ނިއުސް ޓީމް
ނިއުސް ޓީމް | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:01
އިރާޤުގެ ރައީސް ޢަލީ އަލް-ޒައިދީ ސޫރިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް އަޙްމަދު އަލް-ޝަރަޢުއާ ބައްދަލުކުރައްވަނީ

އިރާޤުގެ ރައީސް ޢަލީ އަލް-ޒައިދީ ސޫރިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް އަޙްމަދު އަލް-ޝަރަޢުއާ ބައްދަލުކުރައްވަނީ | ރޮއިޓަރސް

ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިރާޤުގެ ބޮޑުވަޒީރަކު ސޫރިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ ދިމިޝްޤަށް ވަޑައިގަންނަވައި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރަޢުއާ ބައްދަލުކުރައްވައިފި އެވެ. މި ދަތުރުފުޅަކީ އަވައްޓެރި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކޮށް، އިގުތިސާދީ އަދި ތެލުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ކުރެއްވި ދަތުރުފުޅެކެވެ.

ދެ ޤައުމުގެ އިސް ވެރިންގެ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ބާނިޔާސް ހޮޅިލައިން މެދުވެރިކޮށް އިރާޤުގެ ތެޔޮ ބޭރުކުރުމަށާއި، ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު ފުޅާކުރުމަށެވެ. މިއާއެކު، ކާބޯތަކެއްޗާއި އިގުތިސާދީ ފުދުންތެރިކަން ހާސިލުކުރުމަށް ޓަކައި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

Advertisement - worldAdvertisement

އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައާ ގުޅިގެން، އިރާޤުން ދާދި ފަހުން ވަނީ ސޫރިޔާ މަގުން މަދު މިންވަރަކަށް ތެޔޮ ބޭރުކުރަން ފަށާފަ އެވެ. މި ގޮތުން، އިރާޤުގެ ތެޔޮ އުފުލުމަށް ޓަކައި ޙަދީޘާ-ބާނިޔާސް ހޮޅިލައިން އަލުން ބޭނުންކުރަން ފެށުމުގެ އެއްބަސްވުންތަކުގައި ދެ ޤައުމުން ސޮއިކުރީ ޖުލައި މަހުގަ އެވެ. ހަމަމިއާއެކު، އެ މަޝްރޫޢު ތަންފީޒުކުރުމަށް ޓަކައި ތިން ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ކޮންސޯޓިއަމަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ ހަކަތައިގެ ބޮޑު ކުންފުނި ޝެވްރޯން ޚާއްސަ ގޮތެއްގައި ހިމެނެ އެވެ.

"އިރާޤާއި ސޫރިޔާގެ ރައްޔިތުންނަކީ ދެ ޤައުމެއްގައި ތިބި އެއް ބައެއް،" ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަލް-ޒައިދީ ވިދާޅުވި އެވެ. އަދި، ޚާއްސަކޮށް އިގުތިސާދީ އަދި އިޖުތިމާޢީ ކަންކަން ހިމެނޭހެން އެކި ދާއިރާތަކުން ބައިވެރިވުން ތަރައްގީކުރުމަށާއި، ސަލާމަތީ އެއްބާރުލުން ވަރުގަދަކުރުމަށާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކުގައި އެއް ވިސްނުމެއް ގެންގުޅެ، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އަލް-ޒައިދީ ފާހަގަކުރެއްވި އެވެ.

ސޫރިޔާގެ ރައީސް އަލް-ޝަރަޢު ވަނީ ބޮޑުވަޒީރު އަލް-ޒައިދީއާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ މި ޒިޔާރަތުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމުގެ ބަދަހިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުގެ މެދުގައި އެންމެ މަތީ ދަރަޖައިގެ އެއްބާރުލުން ގާއިމުކުރުމަށް ސޫރިޔާއިން އަބަދުވެސް ބޭނުންވާ ކަމަށް ރައީސް އަލް-ޝަރަޢު ވިދާޅުވި އެވެ.

އަލް-ޝަރަޢުއާއި ބޮޑުވަޒީރު އަލް-ޒައިދީ މީގެ ކުރިން ބައްދަލުކުރައްވާފައި ވަނީ ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގަ އެވެ. އެ ބައްދަލުވުމުގައި ވެސް ސިޔާސީ އަދި ސަލާމަތީ ގޮތުން ވިލަރެސްކުރުން އިތުރުކުރުމަށާއި، އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އަލީ އަލް ޒައިދީއަހުމަދު އަލް-ޝަރާބައްޝާރު އަލް-އަސަދްއިރާގުސޫރިޔާ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
20 އޮކްޓޯބަރު 2026

ދެކުނު ސޫރިޔާގެ އަވަށަކަށް ރޭގަނޑުގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވަދެގަނެ ގެއެއް ބަލައިފާސްކޮށްފި

20 އޮކްޓޯބަރު 2026
ދެކުނު ސޫރިޔާގެ އަވަށަކަށް ރޭގަނޑުގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވަދެގަނެ ގެއެއް ބަލައިފާސްކޮށްފި
12 އޮކްޓޯބަރު 2026

ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި

12 އޮކްޓޯބަރު 2026
ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
09 އޮކްޓޯބަރު 2026

13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި

09 އޮކްޓޯބަރު 2026
13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި
06 އޮކްޓޯބަރު 2026

ހަތިޔާރު ދޫކޮށްލަން އެއްބަސްވި އިރާގުގެ ފަސް ޖަމާއަތުގެ ތެރެއިން ތިން ގުރޫޕަކުން ހަތިޔާރު ބަހައްޓައިފި

06 އޮކްޓޯބަރު 2026
ހަތިޔާރު ދޫކޮށްލަން އެއްބަސްވި އިރާގުގެ ފަސް ޖަމާއަތުގެ ތެރެއިން ތިން ގުރޫޕަކުން ހަތިޔާރު ބަހައްޓައިފި
04 އޮކްޓޯބަރު 2026

އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ

04 އޮކްޓޯބަރު 2026
އެމެރިކާއިން ލުއިތަކެއް ދިނުމާއެކު، އިރާގާއި އީރާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ
03 އޮކްޓޯބަރު 2026

އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު

03 އޮކްޓޯބަރު 2026
އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު
01 އޮކްޓޯބަރު 2026

އެމެރިކާއިން ހަތިޔާރު ވިއްކުން މަނާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކޮށްފި

01 އޮކްޓޯބަރު 2026
އެމެރިކާއިން ހަތިޔާރު ވިއްކުން މަނާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކޮށްފި
30 ސެޕްޓެމްބަރު 2026

އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި

30 ސެޕްޓެމްބަރު 2026
އައިސިސްއާ ދެކޮޅަށް ހަނގުރާމަކުރަން އިރާގަށް ފޮނުވި އެމެރިކާ ސިފައިން ބާލައިފި
30 ސެޕްޓެމްބަރު 2026

ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް

30 ސެޕްޓެމްބަރު 2026
ޓްރަމްޕްގެ ބައިވެރިން މަގާމުތަކުން ދުރުކުރަން ގޮވާލާ އީރާނުގެ އަސްކަރިއްޔާގެ ސިޓީއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް