Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އިރާޤުގެ ސަރަހައްދުން އަވައްޓެރިންނަށް އަމާޒުވާ ހަމަލާތަކުގެ ހެކި ފެނިއްޖެ، ތެލުގެ ވިޔަފާރިން 60 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

8 ނޮވެމްބަރު 2026 | އާދީއްތަ 08:53

އިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަތިޔާރު ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ބަޣުދާދުން މަޝްވަރާކުރަމުންދާއިރު، އީރާނާއެކު އޮންނަ ބޯޑަރުގެ ބައެއް ދޮރުތައް ބަންދުކުރުމަށް އެމެރިކާއިން ވަނީ އެދިފައި. އަދި، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން ލިބުނު ބޮޑު ގެއްލުމަށްފަހު އަލުން ތެޔޮ ބޭރުކުރަން ފަށާފައިވާއިރު، އައިއެސްއާ ދެކޮޅަށް މަސައްކަތްކުރުމަށް އަވައްޓެރި ޤައުމުތަކާއެކު ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ނޮވެމްބަރު 2026 | އާދީއްތަ 08:53
އިރާޤުގެ ޚާރިޖީ ވަޒީރު ފުޢާދު ޙުސައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

އިރާޤުގެ ޚާރިޖީ ވަޒީރު ފުޢާދު ޙުސައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް

އަވައްޓެރި ޤައުމުތަކަށް ހަމަލާދިނުމަށް ޓަކައި ބޭރުގެ އެކި ފަރާތްތަކުން އިރާޤުގެ ސަރަހައްދު ބޭނުންކުރަމުންދާ ކަމުގެ ހެކި އެބަހުރި ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ. އިރާޤުގެ ސަރަހައްދުން ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ބަޣުދާދުން މިހާރު ތަހުގީގުކުރަމުންދާއިރު، ސަޢުދީ ޢަރަބިއްޔާއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް މަޝްވަރާގެ މަގުން ހައްލުކުރުމަށް އިރާޤުން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރަހައްދީ ހަމަލާތަކުގެ ތަހުގީގާއި ހަތިޔާރުއެޅި ޖަމާޢަތްތަކުގެ މައްސަލަ

ސަޢުދީ ޢަރަބިއްޔާގެ ތެލުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭ ކަމުގެ ތުހުމަތު، އިރާޤުގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮންނަ ޖަމާޢަތްތަކުގެ މައްޗަށް އެ ޤައުމުން ވަނީ ކޮށްފަ އެވެ. ސަޢުދީ ޢަރަބިއްޔާގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ދާދިފަހުން ދިން ޑްރޯން ހަމަލާތަކަކީ އިރާޤުގެ ސަރަހައްދުން ފޮނުވާލި ހަމަލާތަކެއްކަން ސެޕްޓެންބަރު މަހު ބަޣުދާދުން ވަނީ ކަށަވަރުކޮށްދީފައި އެވެ.

Advertisement - worldAdvertisement

މި ގޮތުން، އީރާނާ ގުޅުން އޮންނަ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަތިޔާރުތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ބަޣުދާދުން އެ ފަރާތްތަކާ އެކު މަޝްވަރާކުރަމުންދާ ކަމަށާއި، މި ކަން ކުރިއަށް ގެންދަންވާނީ ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ސުލްހަވެރި މަޝްވަރާގެ އުސޫލުން ކަމަށް ޙުސައިން ވިދާޅުވި އެވެ. ހަމަމިއާއެކު، އިރާޤުގެ އެކި ޖަމާޢަތްތަކުގެ އަތުގައި ހުރި ހަތިޔާރުތަކުގެ މައްސަލައިގައި ތެހެރާނާއެކު ވެސް މުއާމަލާތު ކުރެވެމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބޯޑަރުގެ ނިންމުންތަކާއި އެމެރިކާ އަދި އީރާނުގެ ނުފޫޒު

ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ 'އައިއެސް' އާ ދެކޮޅަށް އެމެރިކާ އިސްވެ އޮންނަ ބައިނަލްއަގުވާމީ އިއްތިހާދުގެ ދައުރު ނިންމައި އެ ޤައުމުން ފައިބަން ހަމަޖެހިފައި އޮތް ސެޕްޓެންބަރު 30 ގެ ނިޔަލަށް ހަތިޔާރުތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ހަތިޔާރުއެޅި ޖަމާޢަތްތަކަށް އިރާޤު ސަރުކާރުން ކުރިން މުހުލަތެއް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، ހަތިޔާރު ދޫކޮށްލުމަށް ވެފައިވާ ވަޢުދު ފުއްދުމަށް އެމެރިކާއިން ދިގު މުއްދަތަކަށް ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، އެ ސިޔާސަތަށް ކުރިމަތިވި ދެކޮޅުވެރިކަމާ ގުޅިގެން އެ މުހުލަތު މިހާރު ވަނީ 2027 ޖޫންގެ ނިޔަލަށް ފަސްކޮށްފަ އެވެ.

މިއާއެކު، ތެހެރާނާއި ވޮޝިންގޓަނާ ދެމެދު އިރާޤުން ގެންގުޅޭ ހަމަހަމަ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އީރާނާއެކު އޮންނަ ބޯޑަރު ހުރަސްކުރާ ދޮރުތަކުގެ ތެރެއިން ދެ ދޮރު ފިޔަވައި ހުރިހާ ދޮރެއް ބަންދުކުރުމަށް އެމެރިކާއިން ރަސްމީކޮށް އެދިފައިވާ ކަން ޙުސައިން ކަށަވަރުކޮށްދެއްވި  އެވެ. ތެހެރާނާއެކު އޮންނަ އެކުވެރިކަމަށާއި އިއްތިހާދަށް އިރާޤުން މަރުހަބާ ކިޔާ ނަމަވެސް، އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް އިންކާރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ގެއްލުމާއި ސަރަހައްދީ ކޮމިޓީ

ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އިރާޤަށް ގާތްގަނޑަކަށް 60 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށާއި، ނަމަވެސް ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އެއްބަސްވުންތަކަކަށް އާދެވުމާ ގުޅިގެން މިހާރު އަލުން ތެޔޮ ބޭރުކުރަން ފަށާފައިވާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ހަމަމިއާއެކު، ބައިނަލްއަގުވާމީ އިއްތިހާދުގެ ސިފައިން ފޭބުމަށްފަހު އައިއެސްއާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ސޫރިޔާގައި އެ ޖަމާޢަތުގެ ހަރަކާތްތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް އިރާޤާއި ސޫރިޔާ، އުރުދުން އަދި ތުރުކީވިލާތާ ގުޅިގެން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޙުސައިން ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އިރާގުފުއާދު ޙުސައިންއެމެރިކާ-ސައުދީ އަރަބިއްޔާއައިސިސްހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ

08 ނޮވެމްބަރު 2026
ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ
08 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް

08 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް
07 ނޮވެމްބަރު 2026

އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރަށްޖެއްސި ނަމަވެސް އަލުން ހަމަލާއެއް ދީފާނެ: އީރާން

07 ނޮވެމްބަރު 2026
އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރަށްޖެއްސި ނަމަވެސް އަލުން ހަމަލާއެއް ދީފާނެ: އީރާން
07 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް

07 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް
06 ނޮވެމްބަރު 2026

ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް

06 ނޮވެމްބަރު 2026
ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
05 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ

05 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ
04 ނޮވެމްބަރު 2026

އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!

04 ނޮވެމްބަރު 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް