Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ

10 ނޮވެމްބަރު 2026 | އަންގާރަ 08:27

އެމްޓީސީސީގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި 10،000 ކިޔުބިކް މީޓަރުގެ ބޮޑު ޑްރެޖަރެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. މި އުޅަނދު އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ މިއަހަރު ގެންނާނެ ކަމަށް ވިދާޅުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 ނޮވެމްބަރު 2026 | އަންގާރަ 08:27
ހައުސިންގ މިނިސްޓަރު މުއްތޮލިބު "އަހާ ފޯރަމް" ގައި

ހައުސިންގ މިނިސްޓަރު މުއްތޮލިބު "އަހާ ފޯރަމް" ގައި | ރައީސް އޮފީސް

އެމްޓީސީސީގައި މިހާރު އޮތް ޑްރެޖަރަށް ވުރެ ތިން ގުނަ ބޮޑު އުޅަނދެއް މި އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ހައުސިންގ މިނިސްޓަރު ޑރ އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ. 

އެމްޓީސީސީގައި މިހާރު އޮތް ޑްރެޖަރަށް ވުރެ ތިން ގުނަ ބޮޑު އުޅަނދެއް މި އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement
މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް މިހާރު އިރާދަކުރެއްވިއްޔާ އެވަނީ ސެކިއާ ކުރެވިފައި. އުއްމީދުމިކުރެވެނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމުގައި. ގެނެވުނީމާ އެމްޓީސީސީއާ ހަވާލުވެފައި ހުރި މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ބާރަށް ހިނގާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ހޯމަ ދުވަހުގެ ރޭ އޮތް އަހާ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވަނީ ސަރުކާރުން 10،000 ކިޔުބިކް މީޓަރު އެއްފަހަރާ ލޯޑު ކުރެވޭ ވަރުގެ ޑްރެޖަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޑްރެޖަރު ރާއްޖެ ގެނެވޭނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވި އެވެ. 

އެގޮތުން، ބިން ހިއްކުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެމްޓީސީސީގައި ހުރި ޑްރެޖަރުގެ އަދަދު މަދުވުން ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވި އެވެ. 

އެގޮތުން ކަޓަރ ސަކްޝަން ޑްރެޖަރު އެކި ރަށްރަށުގައި މަސައްކަތް ކުރަމުން އެބަދޭ، އަދި އެންމެ ހޮޕަރ ޑްރެޖަރެއް މި އޮންނަނީ އެ ޑްރެޖަރު ވެސް ހަމަ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދޭ. އެހެންވީމަ މި ދަތިތަކާއި ހެދި އަޅުގަނޑުމެން އަތުގައި މިއޮތް އެމްޓީސީސީގައި މިއޮތް ޑޮރެޖަރަކީ 3000 ސީޕީއެމް އެއްފަހަރާ ނެގޭވަރުގެ ޑްރެޖަރެއް، އެހެންވީމަ އެވަރު ކުރިއަށްދާ ކަމުގައި ވެއްޖެޔާމު ހަގީގަތުގައި ފުދޭ ވަރަކަށް ލަސްތަކެއް އަންނާތީވެ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެމްޓީސީސީއަށް އޭގެ ތިން ގުނަ 10000 ކިޔުބިކް މީޓަރު އެއްފަހަރާ ލޯޑް ކުރެވޭ ވަރުގެ ޑްރެޖަރެއް ހޯދުމަށް. އަންނަ އަހަރުގެ ކުރީކޮޅު އެ ޑްރެޖަރު ރާއްޖެ ގެނެވޭނެ ކަމަށް މި ބަލަނީ 
ޑރ. އަބްދުﷲ މުއްތޮލިބު

މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އެ ޑްރެޖަރު ގެނެވުމުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބޮޑުތަނުން ހަލުވި ކުރެވޭނެ ކަމަށެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކައުންސިލް އިންތިހާބާއި ދިމާކޮށް ގިނަ ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ފަށާފައި އެވެ. ނަމަވެސް އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާ ކަމަށް ކައުންސިލްތަކުން އަންނަނީ ބުނަމުންނެވެ. 

އެމްޓީސީސީޑރ. މުހައްމަދު މުއިއްޒުޑރ. އަބްދުﷲ މުއްތަލިބުބިން ހިއްކުމުގެ މަޝްރޫއު

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

10 ނޮވެމްބަރު 2026
ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 ނޮވެމްބަރު 2026

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026
ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް
10 ނޮވެމްބަރު 2026

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި

09 ނޮވެމްބަރު 2026

ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!

09 ނޮވެމްބަރު 2026
ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!
09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
09 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

ރަސްމާލެއިން ބޭރު ފަރާތްތަކަށް ބިން ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް، ރައީސް މުއިއްޒުއާ ގާނޫނު އަރާހަމަކުރުމަކީ ގައުމީ ނިދާ: ޑރ. ޖަމީލު

09 ނޮވެމްބަރު 2026
ރަސްމާލެއިން ބޭރު ފަރާތްތަކަށް ބިން ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް، ރައީސް މުއިއްޒުއާ ގާނޫނު އަރާހަމަކުރުމަކީ ގައުމީ ނިދާ: ޑރ. ޖަމީލު
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
09 ނޮވެމްބަރު 2026

އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް