Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު: ރައީސް ނަޝީދު

10 ނޮވެމްބަރު 2026 | އަންގާރަ 09:44

ސަރުކާރުން ވަޒީފާ އިތުރުކޮށް އިސްރާފު ބޮޑުކުރާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ދަރަނި ރީސްޓްރަކްޗަރ ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ތުހުމަތުކުރައްވާފައި. އަދި ދަރަނި ދެއްކުމުގެ ސިޔާސަތެއް ނެތުމުން ރާއްޖޭގައި ހުރި ހުރިހާ ފައިސާއެއް އެކަމަށް ހޭދަކުރަން ޖެހުމަކީ ޑޮލަރުގެ ތާށިކަން ކުރިމަތިވި މައިގަނޑު ސަބަބު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 ނޮވެމްބަރު 2026 | އަންގާރަ 09:44
ކުރީގެ ރައީސް އަދި އެމްޑީޕީ ޗެއަރޕާސަން މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީ ޗެއަރޕާސަން މުހައްމަދު ނަޝީދު | އެމްޑީޕީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ 70 އިންސައްތައަކީ ރިކަރަންޓް ހަރަދު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިކަރަންޓް ހަރަދު ގޮތުގައި ފާހަގަކުރަނީ މުސާރައަށް ހަރަދު ކުރާ މިންވަރު ކަމަށެވެ. އެގޮތުން ރަށްރަށުގެ އިންޖީނުގެތަކުގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައި ހުންނަ ކަމަށް ރައީސް ނަޝީދު މިސާލު ދެއްކެވި އެވެ. 

Advertisement - newsAdvertisement
ބައްލަވާ ރާއްޖޭގެ ރަށެއްގެ އިންޖީނުގެ އޭގެން އިންޖީނު ގެޔެއްގައި އެއް މެގަވޯލްޓު ކަރަންޓް ވެސް ނުއުފައްދާ އެހެންނަމަވެސް އެ ތަނެއްގައި މަސައްކަތް ކުރަން ތިބެ ދާނެ 50 މުވައްޒަފުން. ރާއްޖޭގެ ރިސޯޓެއްގައި 5 މެގަ ވޯލްޓު ކަރަންޓް އުފައްދާ އިރުގައި އޭގެން ރިސޯޓެއްގައި އިންޖީނުގޭގައި މަސައްކަތް ކުރަން ތިބޭނީ ގިނަ ވެގެން 4، 5 މީހުން
މުހައްމަދު ނަޝީދު 

ސަރުކާރުން ކުރަމުންދާ އިސްރާފު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ ވޯޓު ހޯދުން ނަމަވެސް، އެއްވެސް ސަރުކާރަކަށް ވަޒީފާ ބަހައިގެން ވޯޓު ނުލިބުނު ކަމަށެވެ. 

މީގެ އިތުރުން، 2023 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރުގައި 2026 ވަނަ އަހަރަކީ ބޮޑު އަދަދެއްގެ ދަރަނި އަނބުރާ ދައްކަން ޖެހޭ އަހަރެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭކަން 2023 ވަނަ އަހަރު މި ސަރުކާރަށް އޮތީ ވަރަށް ރަނގަޅަށް ސާފުވެފައި ކަމަށެވެ. އަދި މިސަރުކާރަށް ދަރަނި އަލުން އަނބުރާ އެކުލަވާނުލެވުނު ކަމަށާއި 2024 އަދި 2025 ވަނަ އަހަރު ވެސް ސަރުކާރުން ރީސްޓްރަކްޗަރ ކުރަން މަސައްކަތް ކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ނޭޗަރ ސްވޮޕްއެއް ޔޫއެސް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންނާއި ދި ނޭޗަރ ކޮންޒާވީޓީ ޖީއައިސީއާ މި ދެފެރަތާއި ގުޅިގެން ނޭޗަރ ސްވޮޕެއްގެ މަސައްކަތް ސަރުކާރުން ކުރި އެހެންނަމަވެސް އެބޭފުޅުންގެ ކިބައިގައި އެ ގާބިލުކަން ނެތުމާއި އެބާވަތުގެ ވާހަކައެއް ދައްކާން އެނގިވަޑައިނުގަތުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލީޑަރޝިޕެއް ނެތުމާއިއެކުގައި މި މަސައްކަތް ދިޔައީ ނުކުރެވި 
މުހައްމަދު ނަޝީދު 

އޭގެ ފަހުން ދަރަނީގެ މައްސަލާގައި ސީވީއެފްއިން ދިވެހި ސަރުކާރާއި މުއާމަލާތް ކުރި ކަމަށާއި ނަމަވެސް ސަރުކާރުގެ މިސްރާބެއް ނުވަތަ އަމާޒެއް އަދި ސިޔާސަތެއް ނެތުމުން އެ މަސައްކަތް ވެސް އޮތް ގޮތަށް އޮތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެހެންކަމުން، ރާއްޖޭގައި ހުރި ހުރިހާ ފައިސާއެއް ދަރަނި އަދާކުރަން ސަރުކާރުން ހޭދަކުރީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ޑޮލަރުގެ ތާށިކަން ދިމާވެފައި ވަނީ މިކަމުގެ ސަބަބުން ކަަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.   

އެމްޑީޕީބަޖެޓް ދަރަނިރައީސް މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ

09 ނޮވެމްބަރު 2026
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ
06 ނޮވެމްބަރު 2026

ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް

06 ނޮވެމްބަރު 2026
ރާޅާއަޅާ ކުދިންނަށް މިހާރު ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް، އަމާޒަކީ އެ ކުދިންނަށް ވީހާވެސް ފުރިހަމަ ފެސިލިޓީއެއް ގާއިމުކޮށްދިނުން: އާޒިމް
06 ނޮވެމްބަރު 2026

މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ

06 ނޮވެމްބަރު 2026
މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ
06 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު

06 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނީ އިސްލާމީ ވަހުދަތު ފޮހެލަން: އަބްދުﷲ ރަޝީދު
05 ނޮވެމްބަރު 2026

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު

05 ނޮވެމްބަރު 2026
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު
04 ނޮވެމްބަރު 2026

ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް

04 ނޮވެމްބަރު 2026
ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
03 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

03 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް