Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިގްތިސާދު

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައި ނުވޭ: އަމީތު

5 ނޮވެމްބަރު 2026 | ބުރާސްފަތި 08:13

ރާއްޖޭގެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ކުރީގެ މެންބަރު އަމީތު ވިދާޅުވި. އަދި ޑޮލަރު މާރުކުރުމުގެ ގަވާއިދުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރަމުންދާތީ، އިގްތިސާދީ ވަޒީރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 08:13
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ޒަމާނެއް ދިވެހީން ދެކެފައި ނުވާ ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިއިން ދުވަހަކު ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށެވެ.

Advertisement - newsAdvertisement
ރާއްޖޭގެ އިގްތިސާދީ ހާލަތު މި ދަރަޖައަށް ދިޔަ ޒަމާނެއް އަޅުގަނޑުމެން ދިވެހީން ދެކެފައެއް ނުވޭ. ރައްޔިތު މީހާ މި ދަރަޖައަށް ނިކަމެތިވެގެން ދިޔަ ޒަމާނެއް އަޅުގަނޑުމެން ދެކެފައެއް ނެތް. ތަކެތީގެ އަގު މި ދަރަޖައަށް އުފުލިގެން ދިޔަ ޒަމާނެއް އަޅުގަނޑުމެން ދެކެފައެއް ނެތް. ޑޮލަރު މާރުކުރުމުގެ ނަމުގައި ގާނޫނުތައް ހަދައިގެން ވިޔަފާރިވެރިން އޮބަހައްޓައިގެން ގަދަ ބާރުން ވިޔަފާރިވެރިން ލައްވާ ޑޮލަރު މާރުކުރުވައިގެން ވެސް ހައްލެއް ނައީ
މުހައްމަދު އަމީތު

އޭގެ ނޭދެވޭ އަސަރު ސީދާ އާންމު ރައްޔިތުންނަށް ކުރަމުންދާކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ބޮޑުބައެއް އުނިވެގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ކުރިން ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއަށް ބަދަލުކުރަން ގިނަ ރިސޯޓުތަކަށް މަޖުބޫރުވެފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން މުވައްޒަފުން ގެއަށް ގެންދަން ލިބޭ އާމްދަނީން ވަރަށް ބޮޑު އަދަދެއް މަދުވެ، އެ ދަތިކަން އާދައިގެ އާއިލާތަކުން ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓަކާ ހަމައަށް ދިއުމުގެ ކުރިން އިގްތިސާދީ ވަޒީރު އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ސަރުކާރުން އަދިވެސް ދައްކަނީ އިގްތިސާދު ރަނގަޅަށް މެނޭޖުކުރަމުންދާ ކަމުގެ ވާހަކަތައް ކަމަށާއި، ސަރުކާރުގެ ބަހާއި އަމަލާ އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިފަދަ ހާލަތެއްގައި އެމްޑީޕީން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކޮށްފައިވާ ކަމަށާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ރައްޔިތުންގެ ހައްގުގައި ކޮށްދެއްވީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްޑީޕީމުހައްމަދު އަމީތުއިގްތިސާދު

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

5

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް

04 ނޮވެމްބަރު 2026
ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު

04 ނޮވެމްބަރު 2026
މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން، ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ: މެންބަރު ޝަމްހީދު
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!

04 ނޮވެމްބަރު 2026
ސައީދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާހެއް ނުވި!
04 ނޮވެމްބަރު 2026

ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!

04 ނޮވެމްބަރު 2026
ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
03 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

03 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި
02 ނޮވެމްބަރު 2026

ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

02 ނޮވެމްބަރު 2026
ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
02 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް