Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

3 ނޮވެމްބަރު 2026 | އަންގާރަ 17:31

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނެ އެމްޑީޕީން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި. މި މައްސަލައިގައި ޑޮލަރުގެ އަގު އުފުލުމާއި، ދައުލަތުގެ ފައިސާ އިސްރާފުކުރުމާއި، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން ފަދަ ހަ ކަމެއް ފާހަގަކޮށްފައިވޭ. އެހެންކަމުން މި މައްސަލައިގެ ބަހުސާއި ވޯޓުލުން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ އެޖެންޑާކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ނޮވެމްބަރު 2026 | އަންގާރަ 17:31
އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި

އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގައި | ރައްޔިތުންގެ މަޖިލިސް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ، ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ. 

ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ދިފާއުގައި ވާހަކަދެއްކެވުމަށް މިނިސްޓަރު ސައީދު އަށް ލިބިވަޑައިގަންނަވާނީ 1 ގަޑިއިރެވެ. އަދި ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޕާޓީތަކަށް ބަހައިލައިގެން މި މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރު ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން ވަނީ ފާސްކޮށްފަ އެވެ. 

Advertisement - newsAdvertisement

އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިނިސްޓަރު ސައީދު، ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވެފައިވާ އިރު، ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. 

އެ މައްސަލައިގައި އެ ޕާޓީ އިން ވަނީ 6 ކަމެއް ހުށަހަޅާފަ އެވެ. 

އެގޮތުން ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށް ގޮސް، ތަކެތީގެ އަގު އިންތިހާ އަށް އުފުލިފައިވާކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ އިގްތިސާދީ ރިފޯމްތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް އަމަލީގޮތުން މިއަދާ ހަމައަށް ވެސް ތަންފީޒުކޮށްފައި ނުވުމުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު 21 ރުފިޔާ އަށް ވުރެ ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ވަނީ މިކަމުގެ ސީރިއަސްކަން ކަނޑުވާލާފައި ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. 

އަދި ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު މިނިސްޓަރު ސައީދު ބަލަހައްޓައިފައި ނުވާކަން ފާހަގަކޮށް މައްސަލައިގައި ބުނީ ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށެވެ. 

އެގޮތުން ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި ޚިދުމަތް ދޭން ފަށާނެ ކަމަށް ވައުދުވެވަޑައިގެންފައިވީ ނަމަވެސް އެ ބޭންކުގެ ޚިދުމަތްތައް ނުފެށި މިދިޔަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ޚަރަދުކޮށްފައިވާ ކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވެސް މިނިސްޓަރު ހުރަސްއަޅުއްވާފައިވާ ކަމަށާއި އެގޮތުން މަޖިލީހަށް ހާޒިރުވުމަށްފަހު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި، ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ވެސް މިނިސްޓަރު ފެއިލްވެވަޑައިގެންފައިވާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚިދުމަތް ދޭން ބިޒްނަސް ސެންޓަރު ބަންދުކޮށް، އެ ދާއިރާގެ ކުރިއެރުމަށް ހުރަސްއަޅައި، ކާމިޔާބުކަމާއެކު ހިންގަމުން ދިޔަ އެސްޑީއެފްސީގެ މަސައްކަތް މިނިސްޓަރުގެ އިހުމާލުން މަޑުޖެހިފައިވާ ކަމަށް ވެސް މައްސަލައިގައިވެ އެވެ. 

އެ މައްސަލައިގައި އެމްޑީޕީ އިން އިތުރަށް ބުނެފައި ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ އެއް މަގުސަދަކީ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގުތިސާދީ ދާއިރާތައް ސިންދަފާތުކުރުން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ ގާނޫނު އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށް، މައްސަލައިގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުގެ ސަރަހައްދެއް ގެއްލި، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބުން އެކަށީގެންވާ ކަމަށެވެ.

ފަހު ކަމެއްގެ ގޮތުގައި އެ ޕާޓީ އިން ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ބުނެ ސަރުކާރުގެ ފަރާތުން މިނިސްޓަރު ތަފާތު އެކި މުނާސަބަތުތަކުގައި ބިޔަ މަޝްރޫއުތަކެއް އިއުލާނު ކުރައްވަމުން ގެންދެވި ނަމަވެސް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. 

އެހެންކަމުން މި ހުރިހާ ކަމަކާއެކު މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިގައިވާތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މިނިސްޓަރު ސައީދަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ. 

މުހައްމަދު ސައީދު އެމްޑީޕީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2026

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

03 ނޮވެމްބަރު 2026
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި
02 ނޮވެމްބަރު 2026

ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

02 ނޮވެމްބަރު 2026
ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
02 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު
02 ނޮވެމްބަރު 2026

ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!

02 ނޮވެމްބަރު 2026
ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!
02 ނޮވެމްބަރު 2026

ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

02 ނޮވެމްބަރު 2026
ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
02 ނޮވެމްބަރު 2026

ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު

02 ނޮވެމްބަރު 2026
ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު
02 ނޮވެމްބަރު 2026

ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް

02 ނޮވެމްބަރު 2026
ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް
02 ނޮވެމްބަރު 2026

އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
02 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
01 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

01 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް