އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރުގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް: އެމްޑީޕީ
9 ނޮވެމްބަރު 2026 | ހޯމަ 09:36އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭނީ 20 އޮކްޓޯބަރު 2026 ގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައި. މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު 25 އޮކްޓޯބަރު 2025 އާ ހަމައަށް ހުޅުވާލި، އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޚާއްސަ ކޮމިޓީއެއްވެސް މިހާރު ވަނީ އެކުލަވާލާފައި


އެމްޑީޕީ ކޮންގްރެސް 2026 ގެ ތެރެއިން | އެމްޑީޕީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ޤައުމީ މަޖިލީހުގެ އިންތިޚާބު، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވާ ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާއިރު، އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބޭނީ ވަކި މުއްދަތެއްގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި އިންތިޚާބާ ގުޅޭ ތަފްސީލުތައް ހާމަކުރަމުން އެމްޑީޕީން ނެރުނު އިއުލާނުގައިވާ ގޮތުން، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބޭނީ 20 އޮކްޓޯބަރު 2026 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެ ތާރީޚުން ފެށިގެން ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިތިބި މެންބަރުންނަށެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލީ 25 އޮކްޓޯބަރު 2025 ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލާނެ ކޮމިޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ. އެމްޑީޕީގެ އިންތިޚާބާބެހޭ ޤަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން "ކޮމްޕްލެއިންޓްސް ކޮމިޓީ" އެކުލަވާލާފައިވާއިރު، އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.











