Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 05:28

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގެ ފެންވަރު ސީނިއަރ މިނިސްޓަރަކަށް މަތިކުރެއްވުމާ ގުޅިގެން، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ދައުލަތުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، އިސް ބޭފުޅުންގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކާ ފުށުއަރާ ކަމެއްގެ ގޮތުގައި އާންމުން ދަނީ ފާހަގަކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 05:28
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒުގެ މަގާމުގެ ފެންވަރު، ސީނިއަރ މިނިސްޓަރެއްގެ ފެންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަތިކުރައްވައިފި އެވެ.

ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފައިވާއިރު، މިއީ މި ސަރުކާރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރުގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އައްޔަނު ކުރެއްވިއިރު އޭނާވެސް ހުންނެވި ފެންވަރުގެ މަތީ މަގާމެކެވެ.

Advertisement - newsAdvertisement

އަބްދުﷲ ފަޔާޒަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އޭނާއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތްޕުޅުގައާއި އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ބޭފުޅެކެވެ. ރައީސް އޮފީހުގެ އެންމެ އިސް އިދާރީ މަގާމު ކަމަށްވާ ޗީފް އޮފް ސްޓާފްގެ މަގާމަށް އޭނާ އައްޔަނު ކުރެއްވީ ވެސް އެ ސަބަބާހުރެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އެކި މުއައްސަސާތަކުން އާދައިގެ މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، ރައީސްގެ އަރިސް ބޭފުޅުންގެ މަގާމުތައް މަތިކޮށް ޕްރޮމޯޝަން ދެމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ސަރުކާރުން ބުނަމުންދާއިރު، މިފަދަ ނިންމުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހޭ މިންވަރު ހާމަވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އެހެންނަމަވެސް، އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފެންވަރު މަތިކުރުމަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައެއް އުފުލަންޖެހޭނެ ކަމަކަށްވާއިރު، މި ސިޔާސަތުތައް ދެކޮޅު ނުޖެހޭ މިންވަރު ދަނީ ހާމަވަމުންނެވެ.

ރައީސް އޮފީސްމުއިއްޒުގެ ސަރުކާރުޗީފް އޮފް ސްޓާފް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
30 ޖުލައި 2026

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

30 ޖުލައި 2026
މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު
21 ޖުލައި 2026

ޕީސީބީގެ ނިވަލުގައި އޮވެ، އެމްޑީޕީގެ އާންމު މެންބަރުން ވަޒީފާތަކުން ވަކިކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން: ޝާހިދު

21 ޖުލައި 2026
ޕީސީބީގެ ނިވަލުގައި އޮވެ، އެމްޑީޕީގެ އާންމު މެންބަރުން ވަޒީފާތަކުން ވަކިކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން: ޝާހިދު
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
16 ޖުލައި 2026

މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު

16 ޖުލައި 2026
މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު
16 ޖުލައި 2026

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

16 ޖުލައި 2026
މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް
06 ޖުލައި 2026

ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!

06 ޖުލައި 2026
ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!
04 ޖުލައި 2026

މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް

04 ޖުލައި 2026
މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް
09 ޖޫން 2026

ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!

09 ޖޫން 2026
ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި، ދެ ނަގޫ ލީ ކަންނެލި ތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް