Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއިއްޒު ސަރުކާރު

މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!

11 ސެޕްޓެމްބަރު 2026 | ހުކުރު 13:49

ޕީއެންސީގެ ޖަލްސާއެއްގައި މެންބަރު ސުޖާއު، މިނިސްޓަރު އަމީންއާ ހަވާލާދީ ދެއްކެވި ވާހަކަތައް އެ މިނިސްޓަރު ދޮގުކުރެއްވުމާ ގުޅިގެން، ސަރުކާރުގެ އިސް ފަރާތްތަކުން ރައްޔިތުންނަށް ކަންކަން އޮޅުވާލާ މިންވަރު ވަނީ ހާމަވެފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 11 ސެޕްޓެމްބަރު 2026 | ހުކުރު 13:49
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ބާރަށު ދާއިރާ މެންބަރު އިބްރާހީމް ސުޖާއު

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ބާރަށު ދާއިރާ މެންބަރު އިބްރާހީމް ސުޖާއު | ރާއްޖެ އެމްވީ

ދޮގު ހެދުމާއި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަކީ ރައީސް މުއިއްޒުގެ މި ސަރުކާރުގެ އާންމު ސަގާފަތަކަށް މިހާރު މިވަނީ ވެފަ އެވެ. ވެރިމީހާއިން ފެށިގެން ގޮސް ދަށުގައި ތިބި މީހުންނާ ހަމައަށް ވެސް މިއަދު ފެންނަމުންދަނީ އެއްވެސް ޖެހިލުމެއްނެތި، މޫނަށް ރުލެއް ވެސް އަރުވާނުލައި ދޮގު ހަދަމުންދާ މަންޒަރެވެ. އެކުގައި އެއް މޭޒެއްދޮށުގައި އުޅޭ ވަޒީރުން ވިދާޅުވި ކަމަށް ބުނެ ހަދަނީ ވެސް ކަނޑައެޅިގެން ދޮގެވެ. މި ސަރުކާރުގެ ތެރޭގައި ދޮގު ހެދުން ބޮޑު ބަލިމަޑުކަމަކަށް ވެފައިވާއިރު، އެންމެ ފަހުން ގަބޫލުކުރަންވީ ކާކުގެ ވާހަކައެއް ކަން ނޭނގޭ ހިސާބަށް ކަންކަން މިވަނީ ގޯސްވެފަ އެވެ. އިގުތިސާދީ ހާލަތާއި، ގައުމުގެ މާލީ ކަންކަމާއި، މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންނަށް ދެމުންދާ ޔަގީންކަމަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ދަނީ ސާބިތުވަމުންނެވެ.

ސަރުކާރެއްގެ އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ރައްޔިތުންނަށް ހަދާ ދޮގުތަކެވެ. ތަރައްގީގެ ނަމުގައާއި، ރައްޔިތުންގެ ފައިދާއަށް ކަމަށް ބުނެ ފަތުރާ މިފަދަ ދޮގު މައުލޫމާތުތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށާއި، ރައްޔިތުންގެ އިތުބާރަށް ބޮޑެތި ލޮޅުންތަކެއް އަރަ އެވެ.

ވެރިން މިސާލު ދައްކަން ވާހަކަ ދައްކާއިރު، ބަހާއި އަމަލާ އެއްވެސް ވަރަކަށް ދިމަލެއް ނުވެ އެވެ. މީގެ އެންމެ ފަހުގެ މިސާލަކަށް ފެނިގެން މިދިޔައީ ޕީއެންސީގެ ޖަލްސާއެއްގައި މެންބަރު އިބްރާހީމް ސުޖާއު ދެއްކި ވާހަކަތަކެވެ.

ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ، ޖަލްސާއަށް ވަޑައިގަތުމަށް ބްރިޖަށް އަރަނިކޮށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އޭނާއަށް ގުޅުއްވި ކަމަށެވެ. އަދި މިނިސްޓަރު އަމީން ވިދާޅުވި ކަމަށް ބުނެ ސުޖާ ވިދާޅުވީ، "ބްރަދަރ އޭ މިރޭ ވާހަކަ ދައްކަވަންހޭ؟ ރައީސް ޔާމީނަށް ދެއްވަންވީ މެސެޖެއް އެބައިނޭ. ވައިޑް ބޮޑީ ދެ ވަނަ ފްލައިޓް އެބަ ގެންނަމޭ. ޓާގެޓަށް ﷲގެ ހެޔޮ ރަހުމަތުން ޓްރެވަލް އެރައިވަލް ރީޗްވާނެއޭ. ޕެސިފިކަށް ދަތުރުކުރަން ފަށައިފީމޭ،" މިފަދައިން ރައީސް ޔާމީނަށް ރައްދުވާ ގޮތަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް، މެންބަރު ސުޖާއުގެ މި ވާހަކަތައް މިނިސްޓަރު އަމީން ދޮގުކުރެއްވި އެވެ. އަމީން ވިދާޅުވި ގޮތުގައި، އޭނާއަކީ އެއްވެސް މީހަކު މެދުވެރިކޮށް އެހެން މީހަކަށް މެސެޖު ފޮނުވަން ޖެހޭ ފަދަ ބޭފުޅެއް ނޫނެވެ. "އަޅުގަނޑަކީ އެއްވެސް މީހަކު މެދުވެރިކޮށް އެއްވެސް މީހަކަށް މެސެޖެއް ދީގެން އަޅުގަނޑު ދޭން ބޭނުންވާ މެސެޖެއް، އަޅުގަނޑަށް ދެވޭނެ އެފަރާތަކަށް. އަޅުގަނޑު ދޭން ބޭނުންވާ މެސެޖު ދޭން ދެވަނަ ފަރާތް ބޭނުން ކޮށްގެން ދިނުމުގެ ބޭނުމެއް އޮތް މީހެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީންގެ މި ވާހަކަތަކުން ސާފުވެގެން ދަނީ، ސިޔާސީ ޕޯޑިއަމްތަކުގައި ސަރުކާރުގެ އިސް މެންބަރުން ހަދަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމެވެ. ވަޒީރު ވިދާޅުނުވާ ވާހަކަ އެއް، އޭނާގެ ނަން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެގޮތަށް ވިދާޅުވުމުން އުފެދޭ ސުވާލަކީ، ސުޖާ މި އޮޅުވާލީ ކާކަށް ހެއްޔެވެ؟ އަދި މިފަދަ ބޮޑެތި ދޮގުތައް ހަދައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މި ސަރުކާރުން މަސައްކަތް ކުރަނީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ މިފަދަ ވާހަކަތަކުން ހާމަވެގެން ދަނީ ސަރުކާރުގަ އޮތް ހަގީގަތް އޮޅުވާލުމުގެ ނުރައްކާތެރި ސަގާފަތެވެ.

ސުޖާއު މި އޮޅުވާލީ ހަމައެކަނި ވަކި ބަޔަކަށް ނޫނެވެ. މުޅި ދިވެހި ރައްޔިތުންނަށެވެ. ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށްޓަކައި ދޮގު ހެދުން ސިޔާސީ އާދައަކަށް ހެދުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު އަދި އިސްލާމީ ރިވެތި އަޚުލާގީ މިންގަނޑުތަކާވެސް ބީރައްޓެހި އަމަލެކެވެ. މިއަދު ރައްޔިތުން އެދެނީ ދޮގާއި އޮޅުވާލުމުގެ ބަދަލުގައި، ހަގީގަތް ހާމަކޮށް، ޒިންމާދާރުކަމާއެކު ގައުމު ހިންގުމެވެ.

މުއިއްޒުގެ ސަރުކާރުއިބްރާހީމް ސުޖާއުމުހައްމަދު އަމީން

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

5

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026
އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން، އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު، އަޅުގަނޑަށް އެނގޭނެ: މިނިސްޓަރު އަމީން

10 ސެޕްޓެމްބަރު 2026
ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން، އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު، އަޅުގަނޑަށް އެނގޭނެ: މިނިސްޓަރު އަމީން
10 ސެޕްޓެމްބަރު 2026

ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ
10 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި

10 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި
06 ސެޕްޓެމްބަރު 2026

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް

06 ސެޕްޓެމްބަރު 2026
ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
10 އޯގަސްޓު 2026

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026
މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް