Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

30 ޖުލައި 2026 | ބުރާސްފަތި 10:10

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤުރީރަކީ ސިޔާސީ ގޮތުން ފާޑުކިޔުންތަކެއް އަމާޒުވި، ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ތަޤުރީރެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވޭ. މި ތަޤުރީރުގައި އަމިއްލަ ނަފްސަށް ތައުރީފުކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ އިއްޒަތް ކުޑަވާގޮތަށް ވާހަކަދެއްކެވިކަން ފާހަގަކޮށް، މިއީ ގައުމީ މުނާސަބަތަކާ ނުގުޅޭ ފަދަ "ބަވާލުމުގެ" ރޫހެއް ހުރި ވާހަކަތަކެއް ކަމަށް ބުނެފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 ޖުލައި 2026 | ބުރާސްފަތި 10:10
ރައީސް މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

އަހަރެން އަބަދުވެސް ބުނަމެވެ. އަހަރެމެންގެ ވަލިއްޔުލް އަމުރަށް ލިބޭ ކޮންމެ އުފަލަކާއި ހިތްހަމަ ޖެހުމަކީ ހަމަ އަހަރެންނަށްވެސް ލިބޭ ހިތްހަމަ ޖެހުމަކާ އުފަލެކެވެ. ލިބޭ ކޮންމެ ހިތާމައެއްގައި ބައިވެރިވާ ބީދައިން ކޮންމެ ކާމިޔާބަކާއި އުފަލެއްގައިވެސް މަ މިއަންނަނީ ހިތާއި ފިތުންވެސް ބައިވެރިވަމުންނެވެ. މަގޭ ޒަމީރު ތަންދިން އެންމެ ފުޅާކޮށެވެ.

އަހަރެން ގަބޫލު ކުރާ ގޮތުގައި ތިޔައީ ހަމަ ލާމަސީލު މިސާލެކެވެ. ރަސް ދަނބު ރުކެއްގެ ފަސްމީރު ކުރިރުކެކެވެ. ނަމޫނާ ނަގަން މީހުން މޮނިއުމެންޓް ހަދާންވެސް ޖެހޭ ވަރުވެއެވެ. ތިޔަ ހޯދަނީކީ އަމަށަކު ކާމިޔާބީއެއް ނޫނެވެ. ތިޔަ ހާސިލް ކުރައްވަނީ ދެވަނައެއް ނެތްފަދަ ލަގަބު ތަކެކެވެ.

މިފަހަރުގެ މިނިވަންދުވަހުގެ މުނާސަބަތާ ދިމާކޮށްވެސް ތިޔަ ހޯއްދެވީ އެފަދަ މަތީ ދަރަޖައެއްގެ ލަގަބެކެވެ. ތިޔަ ދެއްވީ ކާމިޔާބު ކަމުން ފުރިގެންވީ ސްޕީޗެކެވެ.

މަނިކުފާނުގެ އެ ސްޕީޗް އަޑުއަހާފައި އަހަރެން ހަމަ "އާ ޝޯޚް" ވެއްޖެއެވެ. ތަލިން ކުޅު ހިކިއްޖެއެވެ. ތިޔަހުރި ހިތްތިރި ކަމާއި މަޑުމޮޅިކަމުންނެވެ. ތިޔަ ގެންގުޅުއްވި ފަށުވިކަމާއި ދުވަހާއި ގުޅުވާލިލެއް މޮޅު ކަމުންނެވެ. މީހުންގެ ހިތްދަމައިގެން ރީތި އަސަރުގަދަ ބަސްތަކުންނެވެ. މިނިވަންކަން ހޯއްދަވައިދެއްވި އަބްތޯލުންގެ ނަންތައް މީހުންގެ ހިތްތަކުގައި ބިންވަޅު ނަގައިދިން ހުޝިޔާރު ކަމުންނެވެ. މިނިވަންކަމުގެ ތަސައްވުރު ޅަދަރިންގެ ހިތްތަކަށް. އިހުގެ ފޮނުމަތަކުން ތޮރުފާލާފައި ވައްދާލިހެން ވައްދާލި މޮޅު ގޮތުންނެވެ. މީހެއްގެ ގޮތެއް ނޭނގެއެވެ. އަހަރެން އާ ޝޯޚް ވެއްޖެއެވެ. އަހަރެން އެކަމަށް މަނިކުފާނަށް ދޭނީ "އެހެން މީހުން އާ ޝޯޚް ކުރުވުމުގެ ކުޅަދާނަ ކަމުގެ" ލަގަބެވެ.

މިއުޅޭ ނަޝީދުވެސް ބުންޏެވެ. ސިޔާސީ މީހުން ސްޕީޗެއް ދޭން ދާއިރު ކްރައުޑުން ނިކަން އަޅާލަން ގޮވާނެއެވެ. ނިކަން ބަވާލާށޭ ބުނާނެއެވެ. މީހުން ކައްކާލެވޭނީ އޭރުންނޯލައެވެ.

އަހަރެން ބުނާނީ ކްރައުޑެއް ޗާޖް ކޮށްލެވޭނީ ދެން ތިޔަހާ ވަރަށް ކަމަށެވެ. ތިޔަ އަޅާލީ ވަކިވަރަކަށް ނޫން ވިއްޔާއެވެ. ތިޔަ ޖަހާލީ ހަތަރަކަށް ހަޔަކަށެވެ. ތިޔަ ދިނީ ވަށިވަށިންނެވެ. ތިޔަ ގޮވާލީ ރަތްމަހަކަށްވެސް ނުގޮވާ ވަރަށެވެ. ސާބަހެވެ. މިފަހަރު ކްރައުޑް ޗާރޖް ވެއްޖެއެވެ. ކުރީ ބަރީގައި ކޯޓުލައިގެންތިބި މީހުން އަތް އެޖެހީ އަތުން ހަންދާ ވަރަށެވެ. އެއީ ޗާޖް ވިކަމުގެ ހެއްކެކެވެ. އެކަމަކު އަހަރެންގެ ވިސްނުން ތަފާތެވެ. އަހަރެން މަނިކުފާނަށްދޭނީ އެހެން ލަގަބެކެވެ. ޕޯޑިއަމަށްދަނިކޮށް ޕާޓީ ކުދިންކޮޅާއި މަނިކުފާނު ދިނީމާ ކައިގެން އުޅޭ ކުދިން ބުނި ގޮތައް މަނިކުފާނު ޗާޖް ވީތީއެވެ. މިފަހަރު ދޭނީ "ޗާރޖް ކޮށްލެވޭ ކަމުގެ" ލަގަބެވެ. އެއަށް ނަން އިތުރެއްވެސް ކޮށްލާފައެވެ. "ބަވާލަ ދިނުމަށް ޗާޖް ކޮށްލެވުމުގެ" ލަގަބެވެ.

ޕޯޑިއަމަށް އަރާއިރަށް ބައެއް މީހުން ފިނިވެއެވެ. ކިތަންމެ ވަރަކަށް ތައްޔާރުވެގެން އަޔަސްވެސް މެއެވެ. އަދި ޕޯޑިއަމަށް ހުއްޓެވުނީމާ ކުރިމަތީ އޮންނަ ކްރައުޑް ފެނިފައި ހިސާބަކަށް ތުރުތުވެސް އަޅައެވެ. އެކަމާހުރެ ގެނައި ގަނޑުން ބައެއް ގެއްލި، ކިޔާން އައި ތަކެތި އޮޅޭގޮތްވެސް ވެއެވެ. އެކަމަކު ތިޔައީ އޭގެ އަނެއް ކޮޅެވެ. ދުރުން ފެނުނު ފުލުހުންނާއި ސިފައިންނަކަށްވެސް ބަލާކަށް ނުހެއްދެވިއެވެ. ދައުލަތުގެ އިއްޒަތްތެރިންވެސް، ހާލަތަށް ޓަކައި ލޮލުގެ ހިމަކޮޅުންވެސް ފެނިވަޑައި ނުގަންނަވާ ކަމަށް ތިޔަ ހެއްދެވީ ހާދަހާވާ މޮޅަށެވެ. ދުރު ފެންނަ ކަމަށްވެސް ނުހެއްދެވީއެވެ. އަހަރެން ތިޔަކަމަށްވެސް ފަޚުރުވެރި ލަގަބެއް ދޭނަމެވެ. "ދުރު ނުފެނުމުގެ" ލަގަބެވެ.

ނޫނޭވާ މަނިކުފާނު ހުޝިޔާރެވެ. ތިޔަހަރަ ސާދާ ކަމެކެވެ. ވަގުތާއި ހާލަތައް ޓަކައި ތިޔަ ހަނދާން ނައްތަވާލެއްވި ފުރިހަމަކަމެވެ. ހުންނެވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ކަމާއި، ވާހަކަ ދައްކަވަން ހުންނެވީ ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި ކަމަށް ބައްލަވާވެސް ނުލެއްވީއެވެ. ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. ތިޔައީ "ހަނދާން ނައްތަވާލުމުގެ ކުޅަދާނަ ލާމަސީލު ނަމޫނާއެކެވެ. " ތިޔަ ކުޅަދާނަ ކަމަށްޓަކައި" ހާލަތަށްޓަކައި ހަނދުމަ ނައްތާލުމުގެ ލަގަބު" މަނިކުފާނަށް ހައްގެވެ.

ސްޕީޗް އަޑުއެހި ބައެއް މީހުން އަހަރެން ގާތު ބުންޏެވެ. ނޫނޭވާ ކުޅަދާނައެވެ. އެއްފަހަރު ބުނާއެއްޗެއް އަނެއް ފަހަރު ބަދަލު ކޮށްލުމުގައި އަރާ ހުންނެވި ވާހަކައެވެ. ނަން ވުމުގައިވެސް ހައްދެއް އޮންނާން ވާނެތާއެވެ. އެމީހުން ބުންޏެވެ. މަވެތި ވާންވާނީވެސް ވަކިވަރަކަށްތާއެވެ. ފޮނިކަނޑާން ވާނީވެސް ވަކިހައްދަކަށެވެ. އަމިއްލަ ކޮށްލުމުގައިވެސް ތިމާއަށް ތިމާ ފެންނަ ވަރުވީމާ އެއީ ބޮޑުވަރެކޯލައެވެ.

އަހަރެން އެވެރިންނަށްވެސް އިހްތިރާމް ކުރާނަމެވެ. ލޮލަށް ނުފެންނަ ކަންކަމުގައި ދޮގު ހެދިއަސް ދުވާލު އެނގޭހެން އެނގޭ ކަންކަމުގައިވެސް ދޮގު ހެދުމުގައި ތިޔަ ގެންގުޅުއްވީ މޮޅު އުކުޅެކެވެ. ތިންއަހަރުން މަގުބުރިއެއްގައި ތާރު އަޅާލެވުނު ވާހަކަ ގެނައިލެއް ތަންކޮޅެއް ބޮޑެވެ. އެހެންމީހުންނަށް ނުކުރެވުނު ކަންކަން ތިމަންނާ ކޮށްފީމޭ ވިދާޅުވެ ތިޔަ ގެންގުޅުއްވި "މަވެތި" ގޮތުން މަވެސް ވިސްނާލަން ޖެހުނެވެ. އެކަމަކު ތިޔަ ދެއްކެވި "ގައްޑާ" ކަމުން އަހަރެންގެ ހިތުން އެބައި ފިލައިގެން ހިނގައްޖެއެވެ. އެހެންކަމުން އެވެރިންގެ އެބަސްތަކާއެކު އަހަރެން އިތުރު ލަގަބެއްވެސް ދޭނަމެވެ. "ކަންކަން އަނބުރާ ލުމުގެ" ލަގަބާއި "މަވެތިކަމުގެ" ލަގަބެވެ. ދޮގުހެދުން ފަށުވި ކޮށްލާފައި "އިތުރުފުޅު ހެއްދެވުމުގެ" ލަގަބެވެ. މިއީކީ އާދައިގެ މީހަކަށް ލިބޭ ވަރުގެ ލަގަބެއް ނޫނެވެ. މިވަރުގެ ލަގަބެއް ލިބޭނީ ނިކަން "ގައްޑާ" މީހަކަށެވެ. އެހެންކަމުން "ގައްޑާ ވުމުގެ" ލަގަބުވެސް އަރުވާނަމެވެ.

ކޮންމެއަކަސް ތާރީޚްގައިވެސް ރާއްޖެއަށް މިއައީ އާދައިގެ މިނިވަން ދުވަހެއް ނޫނެވެ. 61 އަހަރުގެ މިނިވަންކަމުގެ ހަޔާތުގައިވެސް މިވަރުގެ ކަމެއް އައިހެނެއް ހީއެއް ނުވެއެވެ. ހަމަގައިމުވެސް އަދުގެ ޖީލު ހޭލައިގަތީންސުރެ މިވަރުގެ ސްޕީޗެއް އަޑެއް އަހާނެ ކަމަކަށް މަށަކު ނުދެކެމެވެ. ނޫނޭވާ ކުޅަދާނައެވެ. ތިޔަ ހިތްވަރާއި ތިޔަ ކެރުމަށް އަހަރެން ފަޚުރުވެރިވަމެވެ. ތިޔަހުރި "މަވެތި ކަމާއި" "ކިބުރުވެރި ޗާލާކީ ކަމަށް" ތައުރީފު ހައްގެވެ. ނިންމާލަމުން ހުރިހާ ލަގަބެއް އެއްކޮށްލާފައި އަރުވާނީ މަނިކުފާނަށް ކޮންމެހެންވެސް ލިބެން ޖެހޭ ލަގަބެކެވެ. ހައްގު ލަގަބެކެވެ." "ނމކޢވ" ގެ ލަގަބެވެ.

މިނިވަން ދުވަސްމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

28 ޖުލައި 2026

އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!

28 ޖުލައި 2026
އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!
27 ޖުލައި 2026

"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"

27 ޖުލައި 2026
"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

26 ޖުލައި 2026
ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
26 ޖުލައި 2026

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

26 ޖުލައި 2026
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު

26 ޖުލައި 2026
ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަކީ ގައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް