Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު 2027

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026 | އަންގާރަ 06:18

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ހިސާބުތައް އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ "މަކަރުވެރި" ބަޖެޓެއް ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ބަޖެޓުގައި ފައިސާ ހޯދާނެ ގޮތުގެ ސާފު ތަފްސީލެއް ނެތްކަން ފާހަގަކުރައްވައި، މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި. އެހެންކަމުން މިއީ ހަގީގަތް އޮޅުވާލުމަށް ހުށަހަޅާފައިވާ ބަޖެޓެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ނޮވެމްބަރު 2026 | އަންގާރަ 06:18

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރާއްޖެ ޓީވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ހިސާބު އަކުރުތައް އޮޅުވާލައިގެން ރައްޔިތުންނަށް ދޮގު ވިއްކުމަށް ތައްޔާރުކޮށްފައިވާ "މަކަރުވެރި" ބަޖެޓެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މީކާއިލް ވަނީ ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ދައުލަތުން ބަޖެޓު ހުށަހެޅުމުގެ އަސްލު މަގުސަދަކީ ރައްޔިތުންގެ ހާލަތު އަހަރުން އަހަރަށް ރަނގަޅު ކުރުމާއި، ދައުލަތުގެ މާލިއްޔަތަށް ފާރަވެރިވުމުގެ ފުރުސަތު ރައްޔިތުންގެ މަންދޫބުންނަށް ދިނުން ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބަޖެޓުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީކާއިލްގެ ވާހަކައިގައި ރައީސް މުއިއްޒުގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ދިވެހި ރައްޔިތުންގެ ޙާލަތު މިހާރަށްވުރެ ގޯސްވެގެންދާނެ ބަޖެޓެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓު އެކުލަވާލަން ޖެހޭނީ ތެދު މައުލޫމާތުގެ މައްޗަށް ކަމަށްވީ ނަމަވެސް، މި ސަރުކާރުން ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން ރައްޔިތުންނަށް ދޮގު ވިއްކުމަށް ތައްޔާރުކޮށްފައިވާ "މަކަރުވެރި" ބަޖެޓެއް ކަމަށެވެ. މި ބަޖެޓަށް އިޝާރާތް ކުރައްވައި މީކާއިލް ވަނީ މިއީ "ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު" ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބަޖެޓުގެ ތަފްސީލުތަކަށް އަލިއަޅުވާލައްވަމުން މީކާއިލް ވިދާޅުވީ، ދައުލަތުން ޚަރަދު ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގޮތުގެ ސާފު ތަފްސީލުތަކެއް މި ބަޖެޓުން ފެންނަން ނެތް ކަމަށެވެ. އަދި ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު 2.4 ބިލިއަން ރުފިޔާގެ ފައިނޭންސިންގ ގެޕެއް ބަޖެޓުގައި އެބައޮތް ކަމަށާއި، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ، ބަޖެޓު ހުށަހެޅުމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލައިގެން ރައްޔިތުންނަށް ނުބައި ތަސައްވުރެއް ދެއްކުމަށް ކަމަށެވެ. މި ބަޖެޓުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުމީކާއިލް އަހުމަދު ނަސީމްބަޖެޓު ބަހުސް

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2026

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި

09 ނޮވެމްބަރު 2026

ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!

09 ނޮވެމްބަރު 2026
ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!
09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
09 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ނުގޮސް މަޑުކޮށްގެން ވެސް ބިލުތައް ފާސް ކުރާނެ: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

ރަސްމާލެއިން ބޭރު ފަރާތްތަކަށް ބިން ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް، ރައީސް މުއިއްޒުއާ ގާނޫނު އަރާހަމަކުރުމަކީ ގައުމީ ނިދާ: ޑރ. ޖަމީލު

09 ނޮވެމްބަރު 2026
ރަސްމާލެއިން ބޭރު ފަރާތްތަކަށް ބިން ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް، ރައީސް މުއިއްޒުއާ ގާނޫނު އަރާހަމަކުރުމަކީ ގައުމީ ނިދާ: ޑރ. ޖަމީލު
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
09 ނޮވެމްބަރު 2026

އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
އަލައްބާރުގެ ފަރާތުން "ބްރަދަރ އަބްދުﷲ" އަށް ޑޮލަރު ދިންކަމަށް ދެކެވޭ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
09 ނޮވެމްބަރު 2026

އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު
09 ނޮވެމްބަރު 2026

ކިޔާ ލަވައަކުން، ޓީވީއަކުން ދައްކާ ވާހަކައަކުން، ކުރަހާ ކުރެހުމަކުން، ނުވަތަ ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓެއްގައިވެސް މީހަކާބެހޭ ގޮތުން ދޮގެއް ހަދައިފިނަމަ އަބުރާ ބެހުނުކަމަށް ބެލެވޭނެ: ރައީސް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް