Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

2 ނޮވެމްބަރު 2026 | ހޯމަ 15:15

ރަސްމާލެ މަޝްރޫއަކީ އިގްތިސާދީ ގޮތުން ބުއްދިވެރި މަޝްރޫއެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެ މަޝްރޫއަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައި. އަމީރު ވިދާޅުވީ ބޮޑެތި ބިންތައް ހިލޭ ދޫކޮށްލުމުގެ ބަދަލުގައި، ރާއްޖެއަށް މިއަށްވުރެ މާ ފައިދާހުރި އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 2 ނޮވެމްބަރު 2026 | ހޯމަ 15:15
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާއްޖެއަށް އަންނަ ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތަކުން އެންމެ މަދުވެގެން 50 ޕަސެންޓްގެ އިކުއިޓީ ރާއްޖެއަށް ލިބެން ޖެހޭނެ ކަމަށާއި، މިހާރަށްވުރެ މާ ފައިދާހުރި ޑީލްތައް ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވަނީ ރަސްމާލެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

އަމީރު ވިދާޅުވީ، ގައުމު އެއްކޮށް ވިއްކާލައިފިނަމަ ރާއްޖެއަށް އެއް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވެސް އަންނާނެ ކަމަށާއި، މި ސަރުކާރުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ރަސްމާލެ މަޝްރޫއަކީ އިގްތިސާދީ ބުއްދި ހަމަނުޖެހޭ މަޝްރޫއެއް ކަމަށެވެ. 

ރާއްޖޭގެ ތާރީޚުގައި ވެސް ނާންނަ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ގެންނަ ކަމަށް ވެރިކަން ކުރާ ޕީއެންސީން މިހާރު ފާހަގަކުރަމުންދާ ކަމަށެވެ. އަދި ކުރީގެ ރައީސުންނަށް މިފަދަ ކަންކަން ނުކުރެވުނީ ގައުމު އެއްކޮށް ވިއްކާލަން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކުރީގެ ރައީސުންނަށް މި ކަންތައްތައް މި ގޮތަށް ނުކުރެއޭ. ނުކުރަނީ މުޅި ގައުމު އެއްކޮށް ވިއްކާލީމާ އަދި މިއަށްވުރެ މާ ބޮޑެތި އިންވެސްޓްމަންޓްސްތައް އަންނާނެ. އެއް ޓްރިލިއަން ޑޮލަރު ލިބުމަކީ ވެސް އެކަށީގެންވާ ކަމެކޭ
އިބްރާހީމް އަމީރު 

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަށް (އެފްޑީއައި) އެމްޑީޕީ އާއި ކުރީގެ ހުރިހާ ސަރުކާރުތަކުން ވެސް އަބަދުވެސް ތާއީދުކުރާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އީގަލް ހިލްސް، މުބާދަލާ، ނުވަތަ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ފަދަ ކޮންމެ ބަޔަކު ވިޔަސް އައިސް ރާއްޖޭގައި އިންވެސްޓްކުރަން މަރުހަބާ ކިޔާ ކަމަށެވެ. 

ނަމަވެސް މިހާރު ފެންނަނީ އެއް ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިއްކާފައިވާ ބިންތަކެއް ހިލޭ ބަޔަކަށް 99 އަހަރަށް ބޭނުން ގޮތަކަށް ވިޔަފާރިކުރަން ދޫކޮށްލާ މަންޒަރު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މާލެ އާއި ހުޅުމާލޭގެ މިހާރުގެ މާކެޓް އަގަށް ބަލާއިރު އެ ބިމުގެ އަގު ގާތްގަނޑަކަށް 25 އިން 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، މި މަޝްރޫއާ ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަނީ އެކި ވާހަކަ ކަމަށާއި، 12 ބިލިއަން ޑޮލަރު ނުވަތަ ފިނޭންސް މިނިސްޓަރު ދެއްކެވި 30 ބިލިއަން ޑޮލަރުގެ ވާހަކައަކީ ކުރިއަށް އޮތް 10 ނުވަތަ 15 އަހަރު ފަހުން އުފެދޭނެ ޓައުންޝިޕްގެ ގްރޮސް ޑިވެލޮޕްމަންޓް ވެލިއު ނުވަތަ މުޅި އެސެޓްގެ އަގު ކަމަށެވެ. އަދި ވ. އަތޮޅުގައި ވެސް ބޮޑެތި އިންވެސްޓްމަންޓްތައް ހިނގާކަން ފާހަގަކުރައްވައި، މި މަޝްރޫއަށް ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި 500 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އިންވެސްޓް ނުކުރާނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. 

އަދި އެ ބިމުން ލިބޭ އާމްދަނީން ރާއްޖެއަށް ލިބެނީ އެންމެ 10 ޕަސެންޓް ކަމަށް ބުނާއިރު، ރަނގަޅު އެފްޑީއައި މަޝްރޫއެއްނަމަ އެންމެ މަދުވެގެން ވެސް ފުރަތަމަ ދުވަހުން ފެށިގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 1970 ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އެތައް ފަހަރަކު ހޮވިފައިވާ ގައުމަކަށް ވާއިރު، ރާއްޖެއަށް މިއަށްވުރެ މާ ފައިދާހުރި ޑީލްތައް ހޯދޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

އިބްރާހީމް އަމީރުއެމްޑީޕީއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު
02 ނޮވެމްބަރު 2026

ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

02 ނޮވެމްބަރު 2026
ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
02 ނޮވެމްބަރު 2026

ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު

02 ނޮވެމްބަރު 2026
ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު
02 ނޮވެމްބަރު 2026

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

02 ނޮވެމްބަރު 2026
ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
02 ނޮވެމްބަރު 2026

ފައިސާއަށް ހެއްލި ސަރުކާރުން ރަސްމާލެ މަޝްރޫއަށް ތާއީދު ކުރުމަކީ މުޅި ދިވެހި ރައްޔިތުންގެ ތާއީދު އޮތުމެއް ނޫންކަމަށް ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޕޯސްޓަށް 1.5 މިލިއަން ވިއުސް!

ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
01 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

01 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
01 ނޮވެމްބަރު 2026

އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް

01 ނޮވެމްބަރު 2026
އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް
01 ނޮވެމްބަރު 2026

ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި ރަސްމާލެ މަޝްރޫއުގައި ސޮއިކޮށްފި ނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެއްބަސްވުން ބާތިލު ކުރާނަން، ބަދަލު ނުލިބޭނެ ކަމަށް އީގަލް ހިލްސް އަށް ވެސް އަންގާނަން: ފައްޔާޒް

ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ

01 ނޮވެމްބަރު 2026
ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް