Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ޤަޝްމު ޖަޒީރާއަށް ހަމަލާ ދިނުމުން 'އެމްކިއު-9' ޑްރޯނެއް ވައްޓާލައިފި، ނަމަވެސް ސުލްހައިގެ މަޝްވަރާތައް ކުރިއަށް

7 ނޮވެމްބަރު 2026 | ހޮނިހިރު 02:23

އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޑްރޯނެއް ވައްޓާލައި، ޤަޝްމު ޖަޒީރާއަށް މިސައިލް ހަމަލާތަކެއް އެރި ކަމަށް ބުނާ ރިޕޯޓުތަކާއެކު ދެ ޤައުމުގެ މަސްރަހު ވަނީ ނުތަނަވަސްވެފައޮ. ނަމަވެސް، މި ހާދިސާތަކާ ގުޅިގެން ސުލްހައިގެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތައް މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަތަރުން ވަނީ ދޮގުކޮށްފައި. ޤަތަރުން ބުނި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއް ނެތި އަދިވެސް ދަނީ ކުރިއަށް

ނިއުސް ޓީމް
ނިއުސް ޓީމް | 7 ނޮވެމްބަރު 2026 | ހޮނިހިރު 02:23
ކުވައިތުގެ އަސްކަރީ މަރުކަޒެއްގައި އޮތް އެމެރިކާގެ އަސްކަރިއްޔާގެ 'އެމްކިއު-9' މަރުކާގެ އަސްކަރީ ޑްރޯންއެއް

ކުވައިތުގެ އަސްކަރީ މަރުކަޒެއްގައި އޮތް އެމެރިކާގެ އަސްކަރިއްޔާގެ 'އެމްކިއު-9' މަރުކާގެ އަސްކަރީ ޑްރޯންއެއް | ސެންޓްކޮމް

އީރާނުގެ ދެކުނުގައި އޮންނަ އިސްތިރާޖީ ގޮތުން މުހިންމު ޤަޝްމު ޖަޒީރާގެ ވައިގެ ސަރަހައްދުން އެމެރިކާގެ އަސްކަރީ 'އެމްކިއު-9' މަރުކާގެ ޑްރޯނެއް ވައްޓާލައި، އެ ރަށަށް ދެ މިސައިލް އެރި ކަމުގެ ރިޕޯޓުތައް ފެންމަތިވެފައި ވަނިކޮށް، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ އަޑުތައް މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަތަރުން ހޮނިހިރު ދުވަހު ދޮގުކޮށްފި އެވެ.

އީރާނުގެ ވައިގެ ދިފާޢީ ބާރުތަކުން އެމެރިކާގެ އެމްކިއު-9 ޑްރޯން ވައްޓާލާފައި ވަނީ ހުކުރު ދުވަހު ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުންޏެވެ އެވެ. މި ޑްރޯން ގޮއްވާލާފައި ވަނީ ޤައުމުގެ ގުޅިފައިވާ ވައިގެ ދިފާޢީ ނެޓްވޯކުގެ ދަށުން ހިންގާ "ޒަމާނީ ނިޒާމުތަކެއް" ބޭނުންކޮށްގެން ކަމަށް، އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ޕަބްލިކް ރިލޭޝަންސް އޮފީހުން ބުންޏެވެ. އެއީ، "އިސްވެ ހަމަލާދިން އެމެރިކާގެ ދުޝްމަނުންގެ" އުޅަނދެއް ކަމަށް އައިއާރްޖީސީގެ ބަޔާނުގައި ސިފަކޮށްފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއަކީ "ޓެރަރިސްޓް ލަޝްކަރެއް" ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، އީރާނުން ކުރި މި ދަޢުވާއާ ގުޅިގެން އެމެރިކާއިން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

Advertisement - worldAdvertisement

ޤަޝްމު ޖަޒީރާއަށް ދެ މިސައިލް ހަމަލާ

ޑްރޯން ވައްޓާލި ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވެ، ހޮނިހިރު ދުވަހު ލިބުނު ފުރަތަމަ މަޢުލޫމާތުތަކަށް ބަލާއިރު ޤަޝްމު ޖަޒީރާއަށް ދެ މިސައިލް ހަމަލާ އަރާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރި އެވެ. މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރަސްމީ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވެ އެވެ. އަދި، އީރާނުގެ ކަމާގުޅޭ އިދާރާތަކުން މި ކަމާ ގުޅޭ މަޢުލޫމާތު ހާމަކޮށްފައި ނުވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

މީގެ ކުރިން، އީރާނުގެ ދައުލަތުގެ ނޫސް އޭޖެންސީ އައިއާރްއެންއޭއިން ބުނީ، އެ ރަށުގެ މަތިން އަސްކަރީ މަތިންދާބޯޓެއްގެ އަޑު އިވުމަށްފަހު، ޤަޝްމު ޖަޒީރާގެ ދެކުނުގައި އޮންނަ ސޫޒާ ސަރަހައްދަށް ދެ މިސައިލް ހަމަލާއެއް ދިން މަންޒަރު، މަންޒަރު ފެނުނު މީހުން ކަށަވަރު ކޮަށްދީފައިވާ ކަމަށެވެ.

އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން

އީރާނުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ ޤަޝްމު އޮންނަނީ އެ ޤައުމުގެ ދެކުނު ހުރްމުޒްގާން ޕްރޮވިންސްގަ އެވެ. މި ރަށް އޮންނަނީ ގަލްފާއި ޢުމާން ކަނޑު ގުޅުވައިދޭ މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ އުތުރުގަ އެވެ. ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގެ ތެރޭގައި، ޤަޝްމު ޖަޒީރާއާއި އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން އެމެރިކާގެ ޑްރޯންތައް ހުއްޓުވި ކަމަށް އީރާނުން މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ނުތަނަވަސްކަން އުފެދިގެން ދިޔައީ ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެންނެވެ. ހަމަމިއާއެކު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފުރިހަމަ ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް ޖޫން މަހު އިބުތިދާއީ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، މި މައްސަލައަށް މިހާތަނަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

ސުލްހައިގެ މަޝްވަރާތަކާ ގުޅޭގޮތުން ޤަތަރުގެ ދައުރު

އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ޤަތަރުގެ އިންޓަނޭޝަނަލް މީޑިއާ އޮފީހުން ހޮނިހިރު ދުވަހު ވަނީ ދޮގުކޮށްފަ އެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި އެ ވާހަކަތައް ސިފަކޮށްފައި ވަނީ "ދޮގު އަދި މަގުއޮޅުވާލާ ފަދަ" ވާހަކަތަކެއްގެ ގޮތުގަ އެވެ.

މިއާއެކު، ދެ ފަރާތުން ވެސް އެއްބަސްވުމަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ. މި ގޮތުން، ސުލްހައިގެ މަޝްވަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ވޮޝިންގޓަނާއި ތެހެރާނާ ވަރަށް ގާތުން ވިލަރެސްކޮށްގެން ޤަތަރުން ކުރަމުންދާ މެދުވެރިއެއްގެ މަސައްކަތްތައް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެ ބަޔާނުގައި ޔަގީންކޮށްދިނެވެ.

މަސްދަރު: އަލް ޖަޒީރާ/އަނަދޮލު އޭޖެންސީ

އައްސޭރިފަށުގަތަރުހުރްމުޒް ކަނޑުއޮޅިއައިއާރުޖީސީއެމްކިއު-9 ޑްރޯންއީރާން-އެމެރިކާ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

4

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް

06 ނޮވެމްބަރު 2026
ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް
06 ނޮވެމްބަރު 2026

އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި

06 ނޮވެމްބަރު 2026
އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
05 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ

05 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ
05 ނޮވެމްބަރު 2026

ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި

05 ނޮވެމްބަރު 2026
ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި
05 ނޮވެމްބަރު 2026

ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟

05 ނޮވެމްބަރު 2026
ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟
04 ނޮވެމްބަރު 2026

އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!

04 ނޮވެމްބަރު 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!
03 ނޮވެމްބަރު 2026

އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން

03 ނޮވެމްބަރު 2026
އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް