Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދަރަނި

ވޭތުވެދިޔަ 10 އަހަރު ދެކުނު އޭޝިއާގައި ދަރަނި އެންމެ ހަލުވިކޮށް އިތުރުވީ ރާއްޖެއާއި ބަންގްލަދޭޝްގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި

9 ނޮވެމްބަރު 2026 | ހޯމަ 07:35

ވޯލްޑް ބޭންކުން ފާހަގަ ކުރާ ގޮތުގައި ރާއްޖޭގެ އެކްސްޕޯޓް އާމްދަނީގެ 11 އިންސައްތަ ހޭދަކުރަނީ ދަރަނި ދެއްކުމަށް. ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ކުރުވެ، އިންޓްރެސްޓް ރޭޓް ބޮޑުވަމުންދާތީ މާލީ ހަމަޖެހުން ގާއިމުކުރުމަށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވޯލްޑް ބޭންކުން ބާރުއަޅާ

ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2026 | ހޯމަ 07:35
ވޯލްޑް ބޭންކުގެ މައި އިދާރާ

ވޯލްޑް ބޭންކުގެ މައި އިދާރާ | ގެޓީއިމޭޖަސް

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުން ބޭރުގެ ދަރަނި އެންމެ ބޮޑަށް އިތުރުވީ ދިވެހި ރާއްޖޭގައި ކަމަށް ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑެޓް ރިޕޯޓް 2026 އިން ދައްކައިފި އެވެ. ދިވެހިރާއްޖެ ފިޔަވައި ދެކުނު އޭޝިއާގައި މި މުއްދަތުގައި ބޭރުގެ ދަރަނި ދެން އެންމެ ބޮޑަށް އިތުރުވީ ބަންގްލަދޭޝްގަ އެވެ. 2015 ވަނަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަނި 1 ބިލިއަން ޑޮލަރުގައި ހުރިއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 4.7 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދަރަނި އެންމެ ހަލުވިކަމާއެކު އިތުރުވި ރޭޓެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، އެންމެ ބޮޑު ބޭރުގެ ދަރަންޏެއް އޮތީ އިންޑިއާގަ އެވެ. އެ ގައުމުގެ ދަރަނި ފާއިތުވި 10 އަހަރު ތެރޭގައި 59 އިންސައްތަ އިތުރުވެ، 764 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. ޕާކިސްތާނުގެ ދަރަނި 135 ބިލިއަން ޑޮލަރުގައި ހުރިއިރު، މިއީ މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. ސްރީލަންކާގެ ބޭރުގެ ދަރަނި 31 އިންސައްތަ އިތުރުވެ 57 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ނޭޕާލުގެ ދަރަނި 186.5 އިންސައްތަ އިތުރުވެ 11 ބިލިއަން ޑޮލަރަށް އަދި ބޫޓާންގެ ދަރަނި 57 އިންސައްތަ އިތުރުވެ 3.3 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.

2025 ވަނަ އަހަރު ދިވެހިރާއްޖޭގެ އެކްސްޕޯޓުން ލިބުނު އާމްދަނީގެ 11 އިންސައްތަ ހޭދަކޮށްފައިވަނީ ދަރަނި ދެއްކުމަށެވެ. މިއީ އިންޑިއާ އާއި ދެކުނު އޭޝިއާގެ އެވްރެޖް ރޭޓް ކަމަށްވާ 10 އިންސައްތައަށްވުރެ މަތީ އަދަދެއް ނަމަވެސް، ސްރީލަންކާގެ 26 އިންސައްތަ އާއި ބޫޓާންގެ 19 އިންސައްތައަށްވުރެ ދަށް އަދަދެކެވެ. ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިވަގުތަށް ދަރަނި މެނޭޖްކުރެވުނު ކަމުގައިވިޔަސް، ދަރަނި އަނބުރާ ދައްކަން ފަށަން ލިބޭ މުއްދަތު (ގްރޭސް ޕީރިއަޑް) ކުރުވުމާއި، ދަރަނި ނެގުމުގެ އަގު ބޮޑުވަމުން ދިއުމަކީ މި ސަރަހައްދުގެ އިގްތިސާދުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝްގައި ހަލުވިކަމާއެކު ދަރަނި އިތުރުވަމުންދާތީ، ދިގު މުއްދަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މާލީ ކަންކަމަށް އިސްލާހުތައް ގެނައުމަށާއި، ދަރަނިގެ ގޮތުގައި ނަގާ ފައިސާ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް މާހިރުން ބާރުއަޅުއްވަ އެވެ.

ވޯލްޑް ބޭންކްވޯލްޑް ބޭންކް-ދިވެހިރާއްޖެފިސްކަލް ޑިސިޕްލިންރާއްޖޭގެ ދަރަނި

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ
11 އޯގަސްޓު 2026

ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ

11 އޯގަސްޓު 2026
ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ
31 ޖުލައި 2026

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026
ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް
29 ޖުލައި 2026

ދެ އަހަރު ތެރޭގައި ދަރަނި 50 ބިލިއަނަށް އަރާފައިވާއިރު ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ މަޤާމުތައް ގިނަކުރުން: ޔައުޤޫބު

29 ޖުލައި 2026
ދެ އަހަރު ތެރޭގައި ދަރަނި 50 ބިލިއަނަށް އަރާފައިވާއިރު ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ މަޤާމުތައް ގިނަކުރުން: ޔައުޤޫބު
16 ޖުލައި 2026

ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި

16 ޖުލައި 2026
ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި
29 ޖޫން 2026

ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް

29 ޖޫން 2026
ދައުލަތުގެ ޚަރަދުތައް ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެންނެއް ނޫން، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން: ވޯލްޑް ބޭންކް
28 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު
27 ޖޫން 2026

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

27 ޖޫން 2026
މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު
27 ޖޫން 2026

ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް

27 ޖޫން 2026
ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް