Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚިޔާނާތް ތުހުމަތު

ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް

ބީއެމްއެލް މެދުވެރިކޮށް ހިންގާ 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަކީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަންފާވާ ގޮތަށް ބަހާލާފައިވާ މަޝްރޫއުތަކެއް ކަމަށް ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި. މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުހިނގި ނަމަވެސް، އެކި ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 ޖޫން 2026 | ހޮނިހިރު 01:42
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ، ރާއްޖެ ޓީވީގެ "ޓީވި ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ، ރާއްޖެ ޓީވީގެ "ޓީވި ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މި ސަރުކާރުން ހިންގި 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތަކަކީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ މެމްބަރުންނާ ގުޅުންހުރި ފަރާތްތަކަށް ބަހާލާފައިވާ މަޝްރޫއުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ، ވޯލްޑް ބޭންކުން ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އަމަލުކުރަމުންދަނީ ގައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލާ ފަދަ ގޮތަކަށް ކަމަށެވެ. ހާއްސަކޮށް ހަރަދު ކުޑަކުރުމުގެ ބަދަލުގައި، އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަޝްރޫއުތަކުގެ ނަމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޔައުގޫބް ފާހަގަކުރެއްވި ގޮތުގައި، ގިނަ ރަށްރަށުގައި ބިންގާ އެޅި މަޝްރޫއުތަކުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާއިރު، ދައުލަތުގެ ބަޖެޓުން އެ މަސައްކަތްތަކަށް ފައިސާ ދަނީ ހަރަދުވަމުންނެވެ. މިސާލެއްގެ ގޮތުން ދާންދޫ ހޮސްޕިޓަލުގެ މަސައްކަތް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެތަނަށް ބައެއް ސާމާނު ގެންގޮސްފައި ހުރި ނަމަވެސް، އެ ތަކެތި ބަހައްޓާފައި ހުރީ އަލިފުށި ދާއިރާގެ ޕީއެންސީ މެމްބަރާ ގުޅުންހުރި ތަނެއްގައި ކަމަށެވެ. އަދި އެތަނުގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު 55,000 ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްނިކަލީ އަސްލު މިކުރާ ކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ފައިސާ ނުނެގޭނެތީ، އެކި ކުންފުނިތައް މެދުވެރިކޮށް ބަދަލުކުރަމުން ގޮސް މެމްބަރުންނަށް މި ފައިސާ ދެނީ. މިއީ ސީދާ ރައްޔިތުންގެ ފައިސާއިން ހިންގާ ބޮޑު ޚިޔާނާތެއް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީ މެމްބަރުންނަށް ނިސްބެވްވާ ހުރިހާ ރަށެއްގައި މި މަސައްކަތް މިގޮތަށް ދަނީ. މިދިޔަ އަހަރު ކަމެއް މިދިޔަ އަހަރު އަޅުގަނޑު ހަނދާންވާނެ. 2.7 ބިލިއަަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމް) މެދުވެރިކޮށް ބަހާލި ވާހަކަ ކުންފުނިތަކަށް. އޭގައިވެސް ހަމަ ސަރުކާރު ޕީއެންސީ އަށް ނިސްބެވްވާ މެމްބަރުންނާ އެ މީހުން ގުޅުން ހުރި ފަރާތްތަކަށް އެއްޗެހި ބަހާލީ. ކޮންމެ މެމްބަރަކަށްވެސް ޕްރޮޖެކްޓެއް ދިން. ކޮންމެ މެމްބަރަކަށް ވެސް ޕްރޮޖެކްޓެއް ދިންއިރު އެ މީހަކު އެ މަސައްކަތެއް ނުކުރަންޏާ އެ މެމްބަރަކަށް އޮތީ ޑީލަކަށް ދެވިފައި އޭނާ އެ ޕްރޮޖެކްޓް ކޮންމެވެސް އެ މަސައްކަތް ކުރާ އެހެން ބަޔަކަށް ވިއްކާލަނީ. އެހެންވެ އޭނަ އަށް ތިން މިލިއަން ނޫނީ ހަތަރު މިލިއަން ރުފިޔާ ދިނީމަ އެއްކަލަ އޭނަ އެ މެމްބަރަކު ރެކަމެންޑް ކުރާ ކުންފުންޏަކަށް އެ ޕްރޮޖެކްޓް އެވޯޑް މިކުރަނީ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

މީގެ އިތުރުން، ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ބަހާލިއިރު، ކޮންމެ މެމްބަރަކަށް މަޝްރޫއެއް ދީފައިވާ ކަމަށާއި، އެ މަސައްކަތް ނުކުރެވޭ މެމްބަރުން އެ މަޝްރޫއުތައް އެހެން ކުންފުނިތަކަށް "ވިއްކާލައިގެން" އެތައް މިލިއަން ރުފިޔާއެއް ނަގަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. މިގޮތަށް މަޝްރޫއުތަކުގެ އަގު އުފުލައި (އިންފްލޭޓް ކޮށްގެން) ދައުލަތުގެ ފައިސާ ބޭކާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 600 މިލިއަން ޑޮލަރު ދައްކަން އޮތްއިރު، މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ ސަބަބުން އިތުރު ބޮޑެތި ހަރަދުތަކެއް ކުރަން ޖެހި، ގައުމު އިގްތިސާދީ ގޮތުން "ބަނޑަށް ޖެހިދާނެ" ކަމުގެ ބިރު އެބައޮތް ކަމަށެވެ. ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް، ހާއްސަކޮށް  "ޕޮވަރޓީ ލައިން" ތިބި މީހުންނަށް ކުރާނެ އަސަރު ވަރަށް ބޮޑުވާނެ ކަމަށާއި، މި ހާލަތުން އަރައިގަންނަން 20 ނުވަތަ 30 އަހަރު ނަގާފާނެ ކަމަށް ވެސް އޭނާ އިންޒާރު ދެއްވި އެވެ.

ޕީއެންސީޔައުގޫބު އަބްދުﷲވޯލްޑް ބޭންކްބީއެމްއެލް

އިތުރަށް ކިޔާލަން

24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު

20 ޖޫން 2026
ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
17 ޖޫން 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި
17 ޖޫން 2026

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!
15 ޖޫން 2026

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
15 ޖޫން 2026

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު