Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ދަރަނި

ދެ އަހަރު ތެރޭގައި ދަރަނި 50 ބިލިއަނަށް އަރާފައިވާއިރު ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ މަޤާމުތައް ގިނަކުރުން: ޔައުޤޫބު

29 ޖުލައި 2026 | ބުދަ 04:16

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށްޓަކައި ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރަމުންދާ ކަމަށް ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ ތުހުމަތު ކުރައްވައިފި. އާމްދަނީ ލިބޭ ދުވަސްވަރެއްގައި ވެސް މުސާރަ ދިނުމަށް ދަރަނި ނަގަންޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، މިއަހަރު ނިމޭއިރު ސަރުކާރުގެ ދަރަނި 70 ބިލިއަނަށް އަރާނެ ކަމަށް އޭނާ ލަފާކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖުލައި 2026 | ބުދަ 04:16

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުﷲ | ރާއްޖެ އެމްވީ

ރާއްޖޭގެ ދަރަނި މިހާރުގެ ސަރުކާރުގެ ދެ އަހަރު ތެރޭގައި 50 ބިލިއަނަށް އަރާފައިވާއިރު، ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ ގިނަ މަޤާމުތަކެއް ނަގައި އެ މަޤާމުތަކަށް މުސާރަ ދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުޤޫބު ވިދާޅުވީ، މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މުސާރަ ދިނުމަށް ވެސް މިހާރު އިތުރު ދަރަނިތަކެއް ނަގަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ކިތަންމެ ވަރަކަށް ފޮރުވަން އުޅުނު ނަމަވެސް، މުވައްޒަފުންނަށް މުސާރަ ނުދެވިގެން ދާދި ފަހުން ޕެންޝަން ފަންޑު ބޭނުންކޮށްގެން ފައިސާ ޗާޕުކޮށްފައިވާ ކަމަށެވެ.

އިހަކަށްދުވަހު އެންމެންނަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކިތަންމެ ވަރަކަށް އެކަން ފޮރުވަން އުޅުނަސް، ޕެންޝަން ފަންޑު ބޭނުންކޮށްގެން ހަމަ ދަރަނި ނަގައިގެން ފައިސާ ޗާޕުކޮށްގެން މި މަހުގެ މުސާރަ ދޭން ތައްޔާރުވަމުންދާކަން، މިއީ އެންމެންނަށް އެނގޭ ހަގީގަތެއް
ޔައުޤޫބު އަބްދުﷲ

ޔައުޤޫބު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ އެކިއެކި އާމްދަނީއާ ޓެކުހުގެ ސުންގަޑިތަކަށް ބަލާފައި ޖޫން އަދި ޖުލައި މަހަކީ އާންމުކޮށް ވެސް ރަނގަޅު އާމްދަނީއެއް ދައުލަތަށް ވަންނާނެ މަހެއް ކަމަށެވެ. ވީއިރު މި ދެ މަހު މުސާރަ ނުދެވޭ ހިސާބަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިއަހަރު ނިމޭއިރު ހަމައެކަނި މި ސަރުކާރުގެ ދަރަނިވެސް 70 ބިލިއަނަށް އަރާނެކަމަށް އަންދާޒާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކުރަމުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އަދި ސަރުކާރުން ހިންގާ ހަރަދުތައް ކުޑަކުރުމަށް ގޮވާލަމުން އިދިކޮޅު ފަރާތްތަކުން ވަނީ ސިޔާސީ މަޤާމުތަކުގެ އަދަދު ކުޑަކުރުމަށް ވެސް ގޮވާލާފައެވެ.

ޔައުގޫބު އަބްދުﷲޕެންޝަން ފަންޑްރާއްޖޭގެ ދަރަނި

އިތުރަށް ކިޔާލަން

28 ޖުލައި 2026

އިގްތިސާދީ މާހިރުންގެ ބަހަށް ގޮންޖައްސަވައި ފަލާހު: ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް

28 ޖުލައި 2026
އިގްތިސާދީ މާހިރުންގެ ބަހަށް ގޮންޖައްސަވައި ފަލާހު: ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް
18 ޖޫން 2026

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

18 ޖޫން 2026
އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި
05 ޖޫން 2026

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

05 ޖޫން 2026
މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!
21 މެއި 2026

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

21 މެއި 2026
ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
01 މެއި 2026

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ

01 މެއި 2026
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ
10 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު

10 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް، ބަދަލު ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން: ޔައުގޫބު
03 އެޕްރީލު 2026

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ

03 އެޕްރީލު 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ
21 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް
12 މާރިޗު 2026

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!
07 މާރިޗު 2026

މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!

07 މާރިޗު 2026
މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް