Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިންހެލުން

ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ

8 ނޮވެމްބަރު 2026 | އާދީއްތަ 08:14

ޖަޕާނުގެ ޝިޒުއޯކާ ޕްރިފެކްޗަރއަށް އާދީއްތަ ދުވަހު އައި ރިކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމުގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމުވެ، ބައެއް އިމާރާތްތަކަށް ގެއްލުންތަކެއް ލިބިއްޖެ. މި ހާދިސާއާ ގުޅިގެން ރޭލު ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ލޮޅުންތަކެއް އަތުވެދާނެތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ނޮވެމްބަރު 2026 | އާދީއްތަ 08:14
ޖަޕާނުގެ މެދުތެރޭ ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ގިނަ އަދަދެއްގެ ފިހާރަތަކެއް ހުންނަ އިމާރާތެއްގެ ކުޑަދޮރުތަކުގެ ބިންލޫރިތައް ތެޅުމުން، މަގުތައް ސާފުކުރަން އޮފިޝަލުން ހަރަކާތްތެރި ވަނީ

ޖަޕާނުގެ މެދުތެރޭ ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ގިނަ އަދަދެއްގެ ފިހާރަތަކެއް ހުންނަ އިމާރާތެއްގެ ކުޑަދޮރުތަކުގެ ބިންލޫރިތައް ތެޅުމުން، މަގުތައް ސާފުކުރަން އޮފިޝަލުން ހަރަކާތްތެރި ވަނީ | އޭއެފްޕީ

ޖަޕާނުގެ މެދުތެރޭ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް، 20 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެ ކަމަށް ކަމާބެހޭ އިދާރާތަކުންނާއި މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ. މި ބިންހެލުމާއެކު ރައްކާތެރިކަން ހޯދުމަށް ޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ އިމާރާތްތަކުން ބޭރަށް، މަގުމައްޗަށް ނުކުމެފަ އެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަޑުން 5.7 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހު އެ ޤައުމުގެ ގަޑިން 1:04 ގަ އެވެ. މި ލޮޅުން އުފެދުނީ ހުޅަނގު ޝިޒުއޯކާ ޕްރިފެކްޗަރގެ ބިމުގެ ގާތްގަނޑަކަށް 40 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައި ނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

Advertisement - worldAdvertisement

ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވަނީ އައިޗީ އަދި ޝިޒުއޯކާ ޕްރިފެކްޗާއިންނެވެ. މީޑިއާތަކުން ބުނީ، ޒަޚަމުވި މީހުންގެ ތެރޭގައި އިމާރާތްތަކުން އަވަހަށް ނުކުތުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ސިޑިމައްޗަށް ވެއްޓި އަނިޔާވި މީހުން ހިމެނޭ ކަމަށެވެ. މި ބިންހެލުމުގެ އަސަރު އައިޗީ ޕްރިފެކްޗަރ ކައިރީގައިވާ ބޮޑު ސަރަހައްދަކަށް ވަނީ ފޯރާފަ އެވެ. މި ގޮތުން، ހަމަމަޓްސޫ ސިޓީގެ އިތުރުން ޖަޕާނުގެ ތާރީޚީ ދެ ވެރިރަށް ކަމަށްވާ ކިޔޯޓޯއާއި ނާރާ، އަދި ފޫޖީ ފަރުބަދަ އޮންނަ ޔަމަނާޝީ ޕްރިފެކްޗަރއާއި ގީފޫ ޕްރިފެކްޗަރއަށް ވެސް މި ލޮޅުން އިހުސާސް ކުރެވުނެވެ. ނަމަވެސް، ބިންހެލުން އުފެދުނު މަރުކަޒާ ދުރުގައި އޮތުމުގެ ސަބަބުން ވެރިރަށް ޓޯކިޔޯއަށް މި ލޮޅުމުގެ އަސަރެއް ފޯރާފައެއް ނުވެ އެވެ.

ލިބުނު ގެއްލުންތަކާއި ފެނުނު މަންޒަރުތައް

މީޑިއާތަކުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ލޮޅުމުގެ ބާރުގަދަކަމުން ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް މަގުތަކުގެ އެކި ހިސާބުތަކަށް ވަނީ ބުރައިގެން ގޮސްފަ އެވެ. ހަމަމިއާއެކު، ފޮތް ފިހާރައެއްގެ ހަރުތަކުގައި ހުރި ގިނަ އަދަދެއްގެ ފޮތްތައް ވެއްޓި، ތަޅުންގަނޑު މަތީގައި ފުނިޖެހިފައިވާ މަންޒަރު ވެސް ފެނިފައިވެ އެވެ.

ފަހުގެ ލޮޅުންތަކުގެ އިންޒާރާއި ނަންކައި ޓްރަފް

މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، ޚާއްސަކޮށް ކުރިއަށް އޮތް ދެ ދުވަހާއި ތިން ދުވަހުގެ ތެރޭގައި ބާރުގަދަ ލޮޅުންތަކެއް އައުމުގެ ފުރުސަތު އޮތުމުން މި ކަމަށް ފާރަވެރިވެ ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. "ބިންގަނޑު ކަނޑައިގެން ދިއުމާއި، ހިލަ ފައިބައިގަތުމުގެ އިތުރުން ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކަށް ރައްޔިތުން ސަމާލުވެ ތިއްބެވުން އެދެން،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެ އިދާރާގެ އޮފިޝަލެއް ކަމަށްވާ އަޔަތަކާ އެބިތާ ވިދާޅުވި އެވެ.

އަދި، ޖަޕާނުގެ ސަރަހައްދެއްގެ އަޑީގައި ދެ ޓެކްޓޯނިކް ޕްލޭޓް ބައްދަލުވާ ކަނޑުއަޑީގެ އަނދަވަޅު ކަމަށްވާ 'ނަންކައި ޓްރަފް' އިން މިހާތަނަށް ފާހަގަކުރެވޭ އެއްވެސް ބަދަލެއް ފެނިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއީ، ސައިންސްވެރިން ބުނާ ގޮތުގައި މުސްތަގުބަލުގައި އިންތިހާއަށް ބޮޑު ބިންހެލުމެއް އުފެދުމުގެ ފުރުސަތު އޮތް ސަރަހައްދެކެވެ.

ދަތުރުފަތުރަށް އެޅުނު ހުރަސްތައް

މި ބިންހެލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭލު ދަތުރުތަކުގެ ބައެއް ޚިދުމަތްތައް މެދުކަނޑާލިއިރު، އެ ސަރަހައްދުގައި 'ޝިންކަންސެން' ބުލެޓް ރޭލުތައް ދަތުރުކުރީ ދުވެލި މަޑުކޮށްގެންނެވެ. ރޭލު އޮޕަރޭޓަރު ޖޭއާރު ސެންޓްރަލުން ބުނީ، ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވެރިރަށް ޓޯކިޔޯއާއި އޮސާކާއާ ދެމެދު ދަތުރުކުރާ 'ތޯކައިދޯ ޝިންކަންސެން' ލައިނުގެ ރޭލުތައް ޝިޒުއޯކާއާއި ގީފޫ-ހަޝީމާ ސްޓޭޝަނާ ދެމެދު ދަތުރުކުރުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ޖަޕާންބިން ހެލުންޓޯކިޔޯ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2026

ޑޭޓާ ލީކުވުންތަކާ ގުޅިގެން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރަން އޭއައި އަދި ޚާއްސަ ޓީމުތަކާއެކު ޖަޕާނުން ކުއްލި ފިޔަވަޅުތަކެއް އަޅައިފި

07 ނޮވެމްބަރު 2026
ޑޭޓާ ލީކުވުންތަކާ ގުޅިގެން ސައިބަރ ސެކިއުރިޓީ ވަރުގަދަކުރަން އޭއައި އަދި ޚާއްސަ ޓީމުތަކާއެކު ޖަޕާނުން ކުއްލި ފިޔަވަޅުތަކެއް އަޅައިފި
29 އޮކްޓޯބަރު 2026

ކަނޑުގެ ސަރަހައްދަށް 10 މިސައިލް ފޮނުވައިލާ އުތުރު ކޮރެއާއިން އަނެއްކާ ވެސް ބިރުދައްކައިފި

29 އޮކްޓޯބަރު 2026
ކަނޑުގެ ސަރަހައްދަށް 10 މިސައިލް ފޮނުވައިލާ އުތުރު ކޮރެއާއިން އަނެއްކާ ވެސް ބިރުދައްކައިފި
23 އޮކްޓޯބަރު 2026

ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް

23 އޮކްޓޯބަރު 2026
ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް
20 އޮކްޓޯބަރު 2026

މާސްގެ ހަނދުން ސާމްޕަލް ހޯދުމުގެ ތާރީޚީ މިޝަން ޖަޕާނުން ކާމިޔާބުކަމާ އެކު ފަށައިފި

20 އޮކްޓޯބަރު 2026
މާސްގެ ހަނދުން ސާމްޕަލް ހޯދުމުގެ ތާރީޚީ މިޝަން ޖަޕާނުން ކާމިޔާބުކަމާ އެކު ފަށައިފި
08 އޮކްޓޯބަރު 2026

ޖަޕާނުގެ އިރުމައްޗަށް ތިން ގަޑިއިރު ތެރޭގައި ދެ ބިންހެލުން، ސުނާމީއެއްގެ ނުރައްކަލެއް ނެތް!

08 އޮކްޓޯބަރު 2026
ޖަޕާނުގެ އިރުމައްޗަށް ތިން ގަޑިއިރު ތެރޭގައި ދެ ބިންހެލުން، ސުނާމީއެއްގެ ނުރައްކަލެއް ނެތް!
04 އޮކްޓޯބަރު 2026

އުތުރު ކޮރެޔާއިން އެންމެ ފަހުން ޓެސްޓުކުރީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެއް

04 އޮކްޓޯބަރު 2026
އުތުރު ކޮރެޔާއިން އެންމެ ފަހުން ޓެސްޓުކުރީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެއް
29 ސެޕްޓެމްބަރު 2026

ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!

29 ސެޕްޓެމްބަރު 2026
ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!
22 ސެޕްޓެމްބަރު 2026

އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

22 ސެޕްޓެމްބަރު 2026
އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި
22 ސެޕްޓެމްބަރު 2026

ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް

22 ސެޕްޓެމްބަރު 2026
ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
20 ސެޕްޓެމްބަރު 2026

އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!

20 ސެޕްޓެމްބަރު 2026
އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް