Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖައްވީ ދިރާސާ

މާސްގެ ހަނދުން ސާމްޕަލް ހޯދުމުގެ ތާރީޚީ މިޝަން ޖަޕާނުން ކާމިޔާބުކަމާ އެކު ފަށައިފި

20 އޮކްޓޯބަރު 2026 | އަންގާރަ 06:06

މާސްގެ ހަނދު 'ފޯބޯސް' އިން ސާމްޕަލް އެއްކުރުމަށް ޖަޕާނުން ފޮނުވި މި އުޅަނދު 2027 ވަނަ އަހަރު އެ ގުރަހައިގެ އޯބިޓަށް ވަންނާނެ. މި މިޝަންގެ ދަށުން އެއްކުރާ ސާމްޕަލްތަކާއެކު 2031 ގައި އުޅަނދު އެނބުރި ދުނިޔެއަށް އައުމަށް ތާވަލުކޮށްފައިވާއިރު، މީގެ މައިގަނޑު ބޭނުމަކީ މާސްގެ ހަނދުތައް އުފެދުނު ގޮތް ދެނެގަތުން

ނިއުސް ޓީމް
ނިއުސް ޓީމް | 20 އޮކްޓޯބަރު 2026 | އަންގާރަ 06:06

މާސްގެ ހަނދަކުން ސާމްޕަލް ނެގުމަށް ޖަޕާނުން ފޮނުވާލި އުޅަނދާއެކު ރޮކެޓެއް އުދުއްސައިލާ މަންޒަރު | އެކްސް

މާސްގެ ހަނދަކުން ހިލައާއި ވެލީގެ ސާމްޕަލް އެއްކުރުމަށް ދުނިޔޭގައި ކުރިއަށްގެންދާ ފުރަތަމަ މިޝަންގައި، ޖަޕާނުން ޖައްވީ އުޅަނދެއް ކާމިޔާބުކަމާއެކު އަންގާރަ ދުވަހު ޖައްވަށް ފޮނުވާލާފައިވާ ކަމަށް އެ ޤައުމުގެ ޖައްވީ އިދާރާއިން ބުނެފި އެވެ. މާޝަން މޫންސް އެކްސްޕްލޮރޭޝަން (އެމްއެމްއެކްސް) އުޅަނދު އެޗް3 ރޮކެޓުން ކާމިޔާބުކަމާ އެކު ވަކިވެ، ކަނޑައެޅިފައިވާ އޯބިޓަށް ވަދެފައިވާ ކަމަށް ޖަޕާން އެރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީއިން (ޖޭއޭއެކްސްއޭ) ވަނީ ބުނެފަ އެވެ.

މި ރޮކެޓް ޖައްވަށް އުދުއްސާލީ ޖަޕާނުގެ ހުޅަނގުދެކުނުގައި އޮންނަ ތަނެގަޝިމާ ސްޕޭސް ސެންޓަރުން، އެ ޤައުމުގެ ގަޑިން ފަތިހު 4:41 ގަ އެވެ. ޖައްވީ އުޅަނދު އޭގެ އަމާޒަށް ވާސިލުވީ "ފުރިހަމަކަމަކާ އެކު" ކަމަށް ޖޭއޭއެކްސްއޭގެ ޕްރޮޖެކްޓް މެނޭޖަރު މަކޮޓޯ އަރީޓާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ބަރުދަނުގައި 4،480 ކިލޯ ހުންނަ މި ޖައްވީ އުޅަނދު ދަތުރުކުރާނީ މާސްގެ ދެ ހަނދުގެ ތެރެއިން ބޮޑު ހަނދު ކަމަށްވާ ފޯބޯސްއަށެވެ. އަދި، މި އުޅަނދު މާސްގެ އޯބިޓަށް ވަނުމަށް ހަމަޖެހިފައި ވަނީ 2027 އޮގަސްޓު މަހު އެވެ. ފޯބޯސްއަށް އެންމެ ފުރަތަމަ ޖައްސާނީ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ގުޅިގެން އުފައްދާފައިވާ ރޯވަރެއް ނުވަތަ އުޅަނދެކެވެ.

މިއާއެކު، ސާމްޕަލް އެއްކުރުމަށް ޓަކައި ޖަޕާނުގެ ޖައްވީ އުޅަނދު ދެ ފަހަރެއްގެ މަތިން އެ ހަނދަށް ޖެއްސުމަށް ވަނީ ރާވާފަ އެވެ. މާސްގެ ދެވަނަ ހަނދު ކަމަށްވާ ޑެއިމޯސް ބަލައި ދިރާސާކުރުމަށް ފަހު، މި އުޅަނދު 2030 ނޮވެންބަރު މަހު މާސްގެ އޯބިޓުން ނައްޓާލާނެ އެވެ. އަދި، މި އުޅަނދު ސާމްޕަލްތަކާއެކު އެނބުރި ދުނިޔެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ 2031 ޖުލައި މަހު އެވެ.

މި ތާރީޚީ މިޝަން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ، މި އުޅަނދު ޖައްވަށް ފޮނުވާލުމުގައި ހަރަކާތްތެރިވި ޓީމަށް ބޮޑުވަޒީރު ސަނައެ ތަކައިޗީ މަރުހަބާ ވިދާޅުވި އެވެ. މި އުޅަނދު ޖައްވަށް ފޮނުވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ 2024 ގަ އެވެ. ނަމަވެސް، 2023 ގައި އެޗް3 ރޮކެޓްގެ ފުރަތަމަ ދަތުރު ނާކާމިޔާބުވުމާ ގުޅިގެން މި ދަތުރު ވަނީ ފަސްކޮށްފަ އެވެ. ބައިނަލްއަގުވާމީ އެމްއެމްއެކްސް މިޝަންގެ އަމާޒަކީ މާސްގެ ހަނދުތައް އުފެދުނު ގޮތް ދެނެގަތުމާއި، ކުރިމަގުގައި އެހެން ޕްލެނެޓްތައް ހޯދައި ބެލުމަށް ބޭނުންވާ ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރުމެވެ.

ޖަޕާންސްޕޭސް ޕްރޮގްރާމްމާސް

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

ޖަޕާނުގެ އިރުމައްޗަށް ތިން ގަޑިއިރު ތެރޭގައި ދެ ބިންހެލުން، ސުނާމީއެއްގެ ނުރައްކަލެއް ނެތް!

08 އޮކްޓޯބަރު 2026
ޖަޕާނުގެ އިރުމައްޗަށް ތިން ގަޑިއިރު ތެރޭގައި ދެ ބިންހެލުން، ސުނާމީއެއްގެ ނުރައްކަލެއް ނެތް!
04 އޮކްޓޯބަރު 2026

އުތުރު ކޮރެޔާއިން އެންމެ ފަހުން ޓެސްޓުކުރީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެއް

04 އޮކްޓޯބަރު 2026
އުތުރު ކޮރެޔާއިން އެންމެ ފަހުން ޓެސްޓުކުރީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެއް
29 ސެޕްޓެމްބަރު 2026

ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!

29 ސެޕްޓެމްބަރު 2026
ޓޯކިޔޯއަށް ވިއްސާރަ އަލިނުވާތާ 34 ދުވަސް، މިއީ ރެކޯޑެއް!
22 ސެޕްޓެމްބަރު 2026

އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

22 ސެޕްޓެމްބަރު 2026
އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި
22 ސެޕްޓެމްބަރު 2026

ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް

22 ސެޕްޓެމްބަރު 2026
ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
20 ސެޕްޓެމްބަރު 2026

އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!

20 ސެޕްޓެމްބަރު 2026
އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!
16 ސެޕްޓެމްބަރު 2026

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައިފި

16 ސެޕްޓެމްބަރު 2026
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައިފި
15 ސެޕްޓެމްބަރު 2026

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ އާބާދީ ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް

15 ސެޕްޓެމްބަރު 2026
ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ އާބާދީ ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް
04 ސެޕްޓެމްބަރު 2026

ޖަޕާނުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ، އޭނާ ވަނީ އޭނާގެ ދިގު އުމުރުގެ ސިއްރުތައް ހިއްސާކޮށްފައި

04 ސެޕްޓެމްބަރު 2026
ޖަޕާނުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ، އޭނާ ވަނީ އޭނާގެ ދިގު އުމުރުގެ ސިއްރުތައް ހިއްސާކޮށްފައި
26 އޯގަސްޓު 2026

ރަސްމީ ގެކޮޅުގައި އުޅޭ ކުރަތްޕެއް ނައްތާލުމުން އެކަނިވެރިކަން އިހުސާސްވިކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

26 އޯގަސްޓު 2026
ރަސްމީ ގެކޮޅުގައި އުޅޭ ކުރަތްޕެއް ނައްތާލުމުން އެކަނިވެރިކަން އިހުސާސްވިކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް