Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ

5 ނޮވެމްބަރު 2026 | ބުރާސްފަތި 08:07

ހުރްމުޒް ކަނޑުއޮޅީގެ ހުއްދަނެތް މަގުތަކުން ދަތުރުކުރި ތެޔޮ ޓޭންކަރުތަކެއްގައި ރޯވެ، ދެ ޑްރޯނެއްގެ ކޮންޓުރޯލު އީރާނުން އަތުލައިފި. މި ހާދިސާތަކާ ގުޅިގެން އީރާނުން އެމެރިކާއަށް ސީދާ ތުހުމަތުތަކެއްކޮށް އިންޒާރު ދީފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ނުތަނަވަސް ކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި

ނިއުސް ޓީމް
ނިއުސް ޓީމް | 5 ނޮވެމްބަރު 2026 | ބުރާސްފަތި 08:07
ޢުމާން ކަނޑުން ޗައިނާގެ މުދާ އުފުލާ އާގުބޯޓެއް ދަތުރު ކުރަނީ

ޢުމާން ކަނޑުން ޗައިނާގެ މުދާ އުފުލާ އާގުބޯޓެއް ދަތުރު ކުރަނީ | އޭއެފްޕީ

ހުރްމުޒް ކަނޑުއޮޅިން އީރާނުގެ ހުއްދަނެތް މަގަކުން ދަތުރުކުރަން އުޅުމުގެ ތެރޭގައި ހިނގި ވަކިވަކި ހާދިސާތަކެއްގައި ތެޔޮ އުފުލާ ދެ ޓޭންކަރަކާއި ޓަގުބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ބުރާސްފަތި ދުވަހު ބުނެފި އެވެ. ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑުއޮޅީގައި މި ހާދިސާތައް ހިނގާފައި ވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ރޭ ހުރްމުޒް ކަނޑުއޮޅީގެ ދެކުނުން އޮންނަ "ހުއްދަނެތް މަގަކުން" ދަތުރުކުރަން އުޅުނު ބޮޑު ތެޔޮ ޓޭންކަރެއް ކަނޑުއަޑީގައި އަޅާފައިވާ މައިނެއްގައި ޖެހި ގޮވާފައިވާ ކަމަށެވެ. މި ހާދިސާގައި އެ ޓޭންކަރުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، އުޅަނދުގެ ދަތުރު މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

Advertisement - worldAdvertisement

މީގެ އިތުރުން ހިނގި ވަކި ހާދިސާއެއްގައި، ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުން އެ މަގު ދޫކޮށް ނުކުންނަން އުޅުނު އެހެން ސުޕަޓޭންކަރެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް އައިއާރްޖީސީން ބުންޏެވެ. އަދި، އަލިފާންގަނޑު ނިއްވާލުމަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދަތުރުކުރި ޓަގުބޯޓެއްގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ.

ހުއްދަނެތް މަގަކުން ދަތުރުކުރުމާއި އިލެކްޓްރޯނިކް ހަނގުރާމަ

ކަނޑުމަތީގެ މި ހާދިސާތަކުގެ އިތުރުން، އީރާނުގެ ސަރަހައްދަށް ހުއްދަނެތި ވަދެގެން އުޅުނު ކަމަށް ބުނާ 'ލޫކަސް' މަރުކާގެ ދެ ޑްރޯނެއްގެ ކޮންޓުރޯލު، އައިއާރްޖީސީގެ ކަނޑުގެ ސިފައިންގެ އިލެކްޓްރޯނިކް ވޯފެއާ ޔުނިޓުން އަތުލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިއާއެކު، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލާއި ބާރު އަދިވެސް ދަމަހައްޓަމުން ގެންދަނީ އެ ޤައުމުގެ ކަނޑުގެ އަސްކަރިއްޔާއިން ކަމަށް އީރާނުން ވަނީ ދައުވާކޮށްފަ އެވެ.

މި ހާދިސާތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއަށް ސީދާ ތުހުމަތުތަކެއް އަމާޒުކޮށްފަ އެވެ. މި ގޮތުން، ކަނޑުއޮޅިން ދަތުރުފަތުރުކުރުމަށް އަޅާފައިވާ ހުރަސްތަކާ ޚިލާފުވެ، މައިން އަޅާފައިވާ ނުރައްކާތެރި މަގުތަކުން ދަތުރުކުރުމަށް އުޅަނދުފަހަރަށް އެމެރިކާއިން "ހިތްވަރުދޭ" ކަމަށް އީރާނުގެ ބަޔާނުގައި ބުނެފައިވެ އެވެ. މި ކަމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ "އެމެރިކާގެ ޓެކުސް ދައްކާ ރައްޔިތުންނަށާއި އެ ސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް އިންޝުއަރެންސްގެ ގޮތުގައި ބޮޑެތި ޚަރަދުތަކެއް އުފުލަންޖެހޭނެ" ކަމެއް ކަމަށް ވެސް އައިއާރްޖީސީން ބުންޏެވެ.

ވޮޝިންގޓަނަށް އިންޒާރާއި ހަނގުރާމައިގެ ފަސްމަންޒަރު

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާން ކުރާ ކޮންމެ މަސައްކަތަކީ "ވޮޝިންގޓަނަށް އިތުރު މާލީ ގެއްލުންތަކާއި ސިޔާސީ ނާކާމިޔާބީތަކާ ކުރިމަތިލާންޖެހޭނެ" ކަމެއް ކަމަށް ބުނެ، އައިއާރްޖީސީން ވަނީ ހަރުކަށި އިބާރާތުން އިންޒާރު ދީފަ އެވެ.

އީރާނާއި ޢުމާނާ ދެމެދު އޮންނަ ހުރްމުޒް ކަނޑުއޮޅިއަކީ ގަލްފުގެ ޤައުމުތަކުން ބައިނަލްއަގުވާމީ ބާޒާރުތަކަށް ތެލާއި ގޭސް އެކްސްޕޯޓްކުރުމުގައި ބޭނުންކުރާ ދުނިޔޭގެ އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ކަނޑުގެ މަގެވެ. އެހެންކަމުން އެ ސަރަހައްދުގައި ހިނގާ މި ފަދަ ހާދިސާތަކަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ސީދާ އަސަރު ފޯރާނެ ކަންކަމެވެ.

މި ހަމަނުޖެހުންތައް އުފެދިފައި މި ވަނީ މި އަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމަ އިއުލާނުކޮށް ހަމަލާތައް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގަ އެވެ. އޭގެ ފަހުން އެޕްރީލު މަހު ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރެވުނު ޚާރިޖީ މަޝްވަރާތައް ހުއްޓުމަކަށް އައުމާ ގުޅިގެން، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު އަލުން ހަނގުރާމައިގެ ކުރިމަތިލުންތައް ފެށުނީ ޖުލައި މަހުގަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ހުރްމުޒް ކަނޑުއޮޅިއީރާންއައިއާރުޖީސީއޮމާންއީރާން-އެމެރިކާ

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

5

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2026

ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި

05 ނޮވެމްބަރު 2026
ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި
05 ނޮވެމްބަރު 2026

އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް

05 ނޮވެމްބަރު 2026
އީރާން ހަނގުރާމައިގައި ސިޔާސީ ގޮތުން ގެއްލުންވި ނަމަވެސް އެ ކަން ކުރަން "މަޖުބޫރު": ޓްރަމްޕް
04 ނޮވެމްބަރު 2026

އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!

04 ނޮވެމްބަރު 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!
03 ނޮވެމްބަރު 2026

އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން

03 ނޮވެމްބަރު 2026
އީރާނުގެ ހަނގުރާމައާއި ތަކެތީގެ އަގުބޮޑުވުމުގެ ހިޔަނި: ޓްރަމްޕްގެ ވެރިކަމާމެދު ރައްޔިތުން ގޮތް ނިންމާނީ ވޯޓު ފޮށިން
03 ނޮވެމްބަރު 2026

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

03 ނޮވެމްބަރު 2026
އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި
03 ނޮވެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ޚާރިޖީ މަސައްކަތްތައް އަލުން ވަރުގަދަކުރަނީ

03 ނޮވެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ޚާރިޖީ މަސައްކަތްތައް އަލުން ވަރުގަދަކުރަނީ
03 ނޮވެމްބަރު 2026

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

03 ނޮވެމްބަރު 2026
އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް
02 ނޮވެމްބަރު 2026

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

02 ނޮވެމްބަރު 2026
"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު
01 ނޮވެމްބަރު 2026

ނުތަނަވަސްކަމުގެ ތެރެއިން ވެސް އީރާނާއެކު ސުލްހައިގެ މަޝްވަރާތައް ހުއްޓައެއްނުލަން: ރޫބިއޯ

01 ނޮވެމްބަރު 2026
ނުތަނަވަސްކަމުގެ ތެރެއިން ވެސް އީރާނާއެކު ސުލްހައިގެ މަޝްވަރާތައް ހުއްޓައެއްނުލަން: ރޫބިއޯ
01 ނޮވެމްބަރު 2026

ހަނގުރާމައިގެ އިންޒާރުތަކާއެކު ވެސް ނިއުކްލިއަރ ސިޔާސަތު ބަދަލެއް ނުކުރާނަން: އީރާން

01 ނޮވެމްބަރު 2026
ހަނގުރާމައިގެ އިންޒާރުތަކާއެކު ވެސް ނިއުކްލިއަރ ސިޔާސަތު ބަދަލެއް ނުކުރާނަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް