Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ޓްރަމްޕް އަލުން އީރާނަށް ބޮންއަޅަން ރާވަނީ، ކަނޑުއޮޅީގެ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށް

6 ނޮވެމްބަރު 2026 | ހުކުރު 09:39

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަކީ އީރާނާއެކު ކުރާ ހަނގުރާމައިގެ ސަބަބުން ދިމާވި ކަމެއް ކަމަށް ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވުމާ ގުޅިގެން، އެ ޤައުމުގެ ޚާރިޖީ ސިޔާސަތާ މެދު ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައި. ގަލްފު ސަރަހައްދުގައި ބޯޓުތަކަށް ދޭ ހަމަލާތައް އިތުރުވަމުންދާއިރު، ޤަތަރު މެދުވެރިކޮށް ސުލްހައިގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ރައީސް ޓްރަމްޕް އަދިވެސް ހުންނެވީ އީރާނަށް އިތުރު ހަމަލާތަކެއް ދިނުމުގެ ވިސްނުމުގައި ކަމަށް ރިޕޯޓުތައް ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 6 ނޮވެމްބަރު 2026 | ހުކުރު 09:39
އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީ ކުރިމަތިވުމުން އީރާނުގެ ވެރިރަށް ތެހެރާނުގައި އެ ޤައުމުގެ ރައްޔިތުން އުފާފާޅުކުރަނީ

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީ ކުރިމަތިވުމުން އީރާނުގެ ވެރިރަށް ތެހެރާނުގައި އެ ޤައުމުގެ ރައްޔިތުން އުފާފާޅުކުރަނީ | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ އިތުރު ތިން ބޯޓަކަށް ބުރާސްފަތި ދުވަހު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ރިޕޯޓުކޮށްފި އެވެ. ގަލްފު ސަރަހައްދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައަށް ދާއިމީ ހައްލެއް ނުލިބޭހާ ހިނދަކު ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށް އޮތް ނުރައްކާ ދެމިއޮންނާނެ ކަން މި ހާދިސާތަކުން ހާމަވެގެންދާއިރު، މި ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ސަބަބުން އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވޯޓުލީ ރައްޔިތުން ވަނީ ޓްރަމްޕަށް އިންތިޚާބީ ބޮޑު އަދަބެއް ދީފަ އެވެ.

ވޮޝިންގޓަންގެ ކޯޅުމާއި ވެންސްގެ ފާޑުކިޔުން

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށް ގެއްލި، ކުރިމަތިވި އިންތިޚާބީ ބޮޑު ނާކާމިޔާބީއާ ގުޅިގެން ވޮޝިންގޓަންގައި ވަނީ މި ހަނގުރާމައިގެ ސިޔާސީ އަގު އަލުން ވަޒަންކުރަން ފަށާފަ އެވެ. މި މުރާޖާ އިސްނަންގަވައިގެން ކުރިއަށް ގެންދަވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އެވެ. ބުދަ ދުވަހު ސޯޝަލް މީޑިއާގައި ޝާއިޢުކުރެއްވި ދިގު ބަޔާނެއްގައި ވެންސް ވިދާޅުވީ، އޭނާގެ ޕާޓީ އިންތިޚާބުން ބަލިވުމުގެ މައިގަނޑު އަސްލަކީ މި ހަނގުރާމަ ކަމަށެވެ.

Advertisement - worldAdvertisement

ނަމަވެސް، މީގެ ކުރިން ބޭއްވުނު ސުލްހައިގެ މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރެއްވި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވަނީ ބުރާސްފަތި ދުވަހު މަލާމާތުގެ ރާގެއްގައި ވެންސްއަށް ރައްދު ދެއްވާފަ އެވެ. މި ގޮތުން، އެމެރިކާއިން އިތުރު ހަމަލާތަކެއް ދިނުމަށް ރާވަމުންދާއިރު، ވެންސް މަސައްކަތް ކުރައްވަނީ "ބަލިވަމުންދާ ޖުވާކުޅުންތެރިއެއް" ފަދައިން އިތުރަށް ގޮތްދޫނުކުރައްވައި ކުރިއަށް ވަޑައިގެންނެވުމަށް ޓްރަމްޕަށް ފުރުސަތު ދެއްވުމަށް ކަމަށް ޤާލީބާފް ތުހުމަތުކުރެއްވި އެވެ.

"ޓެޑް ޓޯކް ދޫކޮށްލައްވާ... ތިޔަ ވާހަކަ ތިބާގެ ވެރިޔާ ގާތުގައި ނުބުނަނީ ކީއްވެ؟" ހަނގުރާމައަކީ ހެދުނު ގޯހެއް ކަމަށް ވެންސް ގަބޫލުކުރައްވާ ނަމަ، އެ ކަން ހުއްޓައިލުމަށް ޓްރަމްޕަށް ވިސްނައިދެއްވަން ޖެހޭނެ ކަން ފާހަގަކުރައްވަމުން ޤާލީބާފް ވެންސްއަށް ސުވާލެއް ހުށަހެޅުއްވި އެވެ.

ތެލުގެ އަގުތަކަށް އައި ލޮޅުންތައް

ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފަ އެވެ. އެއީ، އެމެރިކާގެ ރައްޔިތުންގެ ފަރާތުން ލިބުނު އިންތިޚާބީ ހިތި ނަތީޖާއާއެކު، ފެބުރުވަރީ މަހު އިސްރާއީލާ ގުޅިގެން "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި ފެށި ހަނގުރާމަ ޓްރަމްޕް އަލުން ފެށްޓެވުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރުމާ ގުޅިގެންނެވެ. ބުރާސްފަތި ދުވަހު ތެލުގެ އަގު ކުޑަކޮށް އުފުލުނު ނަމަވެސް، ހުސްވި ހަފުތާގައި ހުރި އަގާ އަޅައިބަލާއިރު، މިހާރުގެ އަގު ހުރީ ފީފާއަކުން 20 އެމެރިކާ ޑޮލަރު ދަށުގަ އެވެ.

ހަމަލާތައް ހުއްޓުވުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު މަޝްވަރާކުރުމަށް ޓަކައި އީރާނުގެ އޮފިޝަލުން ފާއިތުވި ހަފުތާއިން ފެށިގެން ޤަތަރުގެ މެދުވެރިންނާ ބައްދަލުކުރަމުން އެބަގެންދެ އެވެ. ނަމަވެސް، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ހުރަސްއަޅާ މައިގަނޑު މައްސަލަތަކުގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިވާ ކަން އެއްވެސް ފަރާތަކުން އިޢުލާނެއް ނުކުރެ އެވެ.

ރެކޯޑު މިންވަރަކަށް ބޯޓުތަކަށް ހަމަލާދިނުން

މި މަޝްވަރާތައް ކުރިއަށްދާއިރު ވެސް، ގަލްފު ސަރަހައްދުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ދެވޭ ހަމަލާތައް އަދިވެސް ހުރީ ރެކޯޑު މިންވަރެއްގަ އެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އިދާރާއިން (ޔޫކޭއެމްޓީއޯ) ހާމަކުރި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިހާތަނަށް މަދުވެގެން ފަސް އުޅަނދަކަށް ވަނީ ހާދިސާތައް ކުރިމަތިވެފަ އެވެ. މިއީ، ހަނގުރާމައިގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހަމަލާތައް ރެކޯޑުކުރެވުނު އޮކްޓޫބަރު މަހު 35 އުޅަނދަކަށް ހަމަލާދިން ރޭޓާ ދާދި އެއްވަރުގެ ނިސްބަތެކެވެ.

ޔޫކޭއެމްޓީއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭގެ ދަންވަރު ދެ ހާދިސާއެއް ހިނގައި، ދެ އުޅަނދަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އާންމުކޮށް ވިޔަފާރި ބޯޓުތަކަށް ހަމަލާދޭ ކަމަށް އެއްބަސްނުވި ނަމަވެސް، ތެހެރާނުގެ ރުހުމެއް ނެތި މި ކަނޑުގެ މަގަކީ ރައްކާތެރި މަގެއް ނޫން ކަމަށް ބުނާ އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، ބުރާސްފަތި ދުވަހު ތެޔޮ އުފުލާ ދެ ޓޭންކަރެއް ކަނޑުއަޑީގެ މައިންތަކުގައި ޖެހިފައިވާ ކަމަށާއި އިތުރު ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

މިއާއެކު، ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން އީރާނުގެ އެންމެ އިސް ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އެމެރިކާއަށް "ބޯލެނބުމުގެ ކުޑަވެސް މިންވަރެއް" ހުރެގެން ނުވާނެ ކަމަށެވެ. ހަމަމިއާއެކު، އެމެރިކާގެ ވެރިކަމުގައި އޮތީ ކޮންމެ ޕާޓީއެއް ކަމުގައި ވިޔަސް، އެ ޤައުމުން އަބަދު ވެސް އޮންނާނީ އީރާނާ ދެކޮޅުވެރިކަން މަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

'ޓްރަމްޕް ރާވަނީ އަލުން ބޮންއަޅަން'

ހަނގުރާމައާ ގުޅޭގޮތުން ވެންސް ދެއްކެވި ވާހަކަފުޅާމެދު ބުދަ ދުވަހު ސުވާލުކުރުމުން، ޓްރަމްޕް ވަނީ ހަނގުރާމަ ފެށުމަށް ނިންމެވި ނިންމެވުން ދިފާޢުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ފަދައިން، މި ހަނގުރާމަ ފެށީ އީރާނަށް ނިއުކުލިއަރ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ހަނިކުރުމަށް ޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިޓް ހައުސްގެ މުޝީރަކު ރޮއިޓަރސް ނޫސް އޭޖެންސީއަށް މަޢުލޫމާތު ދެއްވި ގޮތުގައި، ވައިޓް ހައުސްގެ ބައެއް އޮފިޝަލުންނާއި މުވައްޒަފުން ދެކޭގޮތުގައި ވެންސްގެ ބަޔާނަކީ ޚާރިޖީ ސިޔާސަތުގައި ރައީސް ޓްރަމްޕާ ދެމެދު އުފެދުނު ބޮޑު ޚިޔާލުތަފާތުވުމެއްގެ އިތުރުން، ހަނގުރާމައިގެ އިގުތިސާދީ ގެއްލުންތަކަށް ފާޅުގައި އެއްބަސްވުމެކެވެ.

ނަމަވެސް، ޓްރަމްޕް އަދިވެސް ހަނގުރާމައިގެ ހަމަލާތައް އަލުން ފެށްޓެވުމަށް އަމުރުކުރައްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ރޮއިޓަރސްއަށް މަޢުލޫމާތު ދިން ދެ މަސްދަރަކުން ބުނެފައިވެ އެވެ.

"އޭނާ [ޓްރަމްޕް] ރާވަމުން ދަނީ އީރާނަށް ބޮން އެޅުމަށް. އޭނާ ދައްކާ ވާހަކަތަކެއް އަޑުނާހާ. އޭނާ މަޑުޖައްސައިލީ މިޑްޓަރމް އިންތިޚާބަށް. އިންތިޚާބު ނިމެންދެން މަޑުކުރުމަށް އެދުނީ އަޅުގަނޑުމެން." ނަން ހާމަކޮށްފައިނުވާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. ދެވަނަ މަސްދަރުން ފާހަގަކުރި ގޮތުގައި، މިޑްޓަރމް އިންތިޚާބު ނިމިފައިވުމާއެކު ދެން ސިޔާސީ ގޮތުން ގެއްލޭނެ އެއްވެސް އެއްޗެއް ޓްރަމްޕަކަށް ނެތެވެ.

ސުލްހަ ގާއިމުކުރުމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ތެހެރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ނިއުކުލިއަރ ޕުރޮގުރާމާ ގުޅޭގޮތުން އަލުން މަޝްވަރާތައް ފެށުމުގެ މައްޗަށެވެ. މި ހަފުތާގައި އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި އަދިވެސް ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ.

އަންގާރަ ދުވަހު ޤަތަރުން ބުނީ، މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ މަސައްކަތަށް އެމެރިކާއާއި އީރާނުން ވެސް އިސްކަންދެމުންދާ ކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް ކުޑަކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ. އަދި ދެ ފަރާތާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ވެސް ޤަތަރުން ބުންޏެވެ.

މަސްދަރު: ރޮއިޓަރސް

ހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސްމުހައްމަދު ބާގިރު ޣާލިބާފްގަތަރުއީރާން-އެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

2

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

3

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

4

އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް: ސެނެޓާއި ހައުސް ޑިމޮކްރެޓުންގެ ބާރުގެ ދަށަށް

5

ރައީސް މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނުގެ ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް: އާޔަތުﷲ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި

06 ނޮވެމްބަރު 2026
އެމެރިކާގެ މައްޗަށް ހަތް ޝަރުތެއް ކަނޑައަޅައި، ޤަތަރު މެދުވެރިކޮށް އީރާނުން އައު ހުށަހެޅުމެއް ފޮނުވައިފި
06 ނޮވެމްބަރު 2026

އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން

06 ނޮވެމްބަރު 2026
އައްޒައިދީ ޓްރަމްޕަށް: އަވައްޓެރި ޤައުމުތަކަށް ހަމަލާދޭން އިރާޤުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނަން
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
06 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

06 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި
05 ނޮވެމްބަރު 2026

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

05 ނޮވެމްބަރު 2026
ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ
05 ނޮވެމްބަރު 2026

ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ

05 ނޮވެމްބަރު 2026
ހެގްސެތު އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ
05 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ

05 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި ރޯވެއްޖެ
05 ނޮވެމްބަރު 2026

ހައުސްގެ ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ހަކީމް ޖެފްރީޒް ކުރިމަތިލައްވައިފި

05 ނޮވެމްބަރު 2026
ހައުސްގެ ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު ހަކީމް ޖެފްރީޒް ކުރިމަތިލައްވައިފި
05 ނޮވެމްބަރު 2026

ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި

05 ނޮވެމްބަރު 2026
ޕެންޓަގަނުން ހުޅަނގު އޭޝިއާ ސަރަހައްދަށް 25,000 އަށްވުރެ ގިނަ ޑްރޯން ސިސްޓަމް ފޮނުވައިފި
05 ނޮވެމްބަރު 2026

ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟

05 ނޮވެމްބަރު 2026
ތެހެރާންގެ މަޝްވަރާތަކަށްފަހު ތެލާއި ގޭހުގެ އަގުތައް ދަށަށް: ގަލްފުގެ ނުތަނަވަސްކަމަށް ހައްލެއް ފެނިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް