Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޑީސީ

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

7 ނޮވެމްބަރު 2026 | ހޮނިހިރު 11:25

އާރުޑީސީގެ އިންޓާނަލް އޯޑިޓް ރިޕޯޓުން ހާމަވި ގޮތުގައި، ވަޒީފާއަށް މީހުން ނެގުމުގައި އެންމެ ބޮޑަށް ބޭނުންކޮށްފައިވަނީ ރަސްމީ ސިޔާސަތެއް ނެތް "ހެޑްހަންޓް" އުސޫލް. މި އުސޫލުން ހުރިހާ ފަންތިއެއްގެ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާއިރު، މުވައްޒަފުންގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައިވެސް ނުވޭ

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2026 | ހޮނިހިރު 11:25
ތ. މަޑިފުށި މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތުގައި އާރްޑީސީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ

ތ. މަޑިފުށި މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތުގައި އާރްޑީސީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ | އާރްޑީސީ

ސަރުކާރުގެ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން 449 މީހަކަށް ވަޒީފާ ދީފައިވަނީ އިއުލާނު ކުރުމެއްނެތި ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް ކަމަށް އިންޓާނަލް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް (އެޗް.އާރު.ޑީ) އިން އިންޓާނަލް އޮޑިޓަށް ފޯރުކޮށްދީފައިވާ މައުލޫމާތުގައިވާ ގޮތުން އޯޑިޓް ކުރެވުނު އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި ވަޒީފާއަށް އަލަށް ނެރުނު 817 މުވައްޒަފުންގެ ތެރެއިން 449 މުވައްޒަފުންނަކީ ހެޑްހަންޓް އުސޫލުން ވަޒީފާ ދީފައިވާ މީހުންނެވެ. މިއީ ވަޒީފާއަށް ނެގި މުވައްޒަފުންގެ ޖުމްލަ އަދަދުގެ 55 އިންސައްތަ އެވެ. ވަޒީފާއަށް މީހުން ނެގުމުގައި އެންމެ ބޮޑަށް ބޭނުންކޮށްފައިވަނީ ހެޑްހަންޓް އުސޫލު ކަމުގައި ވީނަމަވެސް، މިކަމަށް ކަނޑައެޅިފައިވާ ރަސްމީ ސިޔާސަތެއް ނުވަތަ ފުރިހަމަ އިޖުރާއަތްތަކެއް ނެތްކަން އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ހަމައެކަނި ފަންނީ މަގާމުތަކުގެ ބަދަލުގައި، ހުރިހާ ފަންތިއެއްގެ އަދި ހުރިހާ ދާއިރާއެއްގެ ވަޒީފާތަކަށް މީހުން ނެގުމުގައިވެސް މި އުސޫލު ބޭނުންކޮށްފައިވެ އެވެ. އަދި ހެޑްހަންޓް ކުރެވޭ މުވައްޒަފުންގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، ސާމްޕަލްގެ ގޮތުގައި ބެލި މުވައްޒަފުންގެ ތެރެއިން ހެޑްހަންޓް އުސޫލުން ވަޒީފާ ދީފައިވާ 11 މީހެއްގެ ނަން، އެޗް.އާރު.ޑީ އިން ފޯރުކޮށްދިން ހެޑްހަންޓް ލިސްޓުގައި ހިމެނިފައި ނުވާކަން ވަނީ ދެނެގަނެވިފަ އެވެ. އެގޮތަށް ފާހަގަކުރެވުނު މުވައްޒަފުންގެ ތަފްސީލުތައް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

މި ރިވިއު ކުރިއަށް ގެންގޮސްފައިވަނީ 1 އޮކްޓޫބަރު 2024 އިން 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، ހިއުމަން ރިސޯސްއާ ގުޅޭ މައުލޫމާތުގެ ސައްހަކަމާއި ފުރިހަމަކަން ކަށަވަރުކުރުމަށާއި، އެތެރޭގެ ސިޔާސަތުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ އިތުރުން ގާނޫނީ އަދި ގަވާއިދުން ލާޒިމްކުރާ ކަންކަމަށް އަމަލުކުރާ މިންވަރު ވަޒަންކުރުމަށްޓަކައި، ކުންފުނީގައި އަމަލުކުރަމުންދާ ހިއުމަން ރިސޯސް ސިޔާސަތުތަކާއި، އިޖުރާއަތްތަކާއި، އޮޕަރޭޝަނަލް ނިޒާމުތައް ވަނީ ދިރާސާކޮށް އިވެލުއޭޓް ކޮށްފަ އެވެ.

ސަރުކާރުގެ ހިންގުން ދޯދިޔާވެ، އުސޫލުތަކުގެ ބޭރުން ކުންފުނިތަކަށާއި އޮފީސްތަކަށް މުވައްޒަފުން ހޯދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި ހާމަވި މި ރިޕޯޓުގައި ހެޑްހަންޓް ކުރެވޭނެ ހާލަތްތަކާއި، ހުއްދަ ހޯދަންޖެހޭ ފަންތިތަކާއި، ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ސާފުކޮށް އެނގޭނެ ފަދަ ރަސްމީ ހެޑްހަންޓް ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ހެޑްހަންޓް އުސޫލުން މީހުން ނެގުން ހަމައެކަނި ހާއްސަ ފަންނީ މަގާމުތަކަށް ނުވަތަ މީހުން ހޯދަން ދަތި މަގާމުތަކަށް ހަނިކުރުމަށާއި، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ސީނިއާ މެނޭޖްމަންޓުގެ ހުއްދައާއި އެކަމުގެ ސަބަބު ބަޔާންކުރާ ލިޔުމެއް ހޯދުމަށް ވަނީ ލަފާދީފަ އެވެ. މީގެ އިތުރުން، މޮނިޓަރ ކުރުމުގެ ބޭނުމަށްޓަކައި، ހެޑްހަންޓް ކުރެވޭ މުވައްޒަފުން ހޮވި ސަބަބާއި، ހުއްދަ ދިން ފަރާތުގެ ރެފަރެންސް އަދި ވަޒީފާ ދިނުމުގެ ނަތީޖާ ހިމެނޭ ރަޖިސްޓްރީއެއް ބެލެހެއްޓުމަށްވެސް ވަނީ އިރުޝާދު ދީފަ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންމުއިއްޒު ސަރުކާރުކަރަޕްޝަން

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި

06 ނޮވެމްބަރު 2026
ކޮރަޕްޝަން ތަހުގީގުކުރުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް ފަށަން ނިންމައިފިި
02 ނޮވެމްބަރު 2026

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

02 ނޮވެމްބަރު 2026
ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ
29 އޮކްޓޯބަރު 2026

ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި

29 އޮކްޓޯބަރު 2026
ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް ޝިފާޒު ގޮވާލައްވައިފި
29 އޮކްޓޯބަރު 2026

މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު

29 އޮކްޓޯބަރު 2026
މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު
19 އޮކްޓޯބަރު 2026

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

19 އޮކްޓޯބަރު 2026
އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
17 އޮކްޓޯބަރު 2026

ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!

17 އޮކްޓޯބަރު 2026
ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!
17 އޮކްޓޯބަރު 2026

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

17 އޮކްޓޯބަރު 2026
އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟
15 އޮކްޓޯބަރު 2026

ނަޒީމް މަޤާމުން ވަކިކޮށް، އާރްޑީސީ ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށްފި

15 އޮކްޓޯބަރު 2026
ނަޒީމް މަޤާމުން ވަކިކޮށް، އާރްޑީސީ ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށްފި
14 އޮކްޓޯބަރު 2026

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

14 އޮކްޓޯބަރު 2026
މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް