Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޑީސީ

ނަޒީމް މަޤާމުން ވަކިކޮށް، އާރްޑީސީ ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށްފި

15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:16

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ނަޒީމް ވަކިކުރުމާ ގުޅިގެން، އެ ކުންފުނީގެ ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ޕީސީބީން ވަނީ ހަވާލުކޮށްފައި. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުއައްޔަދު އަފީފް ވެސް މަގާމުން ވަކިކޮށްފައިވާކަން އެ ބޯޑުން ވަނީ ހާމަކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2026 | ބުރާސްފަތި 06:16
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ | އެމްޓީސީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިންގުން ވަގުތީ ގޮތުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއާ ހަވާލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަގާމުން ވަކިކުރުމަށް ފަހުގަ އެވެ.

Advertisement - newsAdvertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. ނަޒީމް މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ.

އާރުޑީސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ސައުދީ އައްޔަނުކޮށްފައިވަނީ 14 އޮކްޓޯބަރު 2026 އިން ފެށިގެން ކަމަށް ޕީސީބީން މައުލޫމާތުދެ އެވެ. ސައުދީއަކީ މިހާރު ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އަފީފް ހުސެއިން ވެސް ބުދަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަޙުމަދު ސައުދީއިބްރާހިމް ނަޒީމްޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

13 އޮކްޓޯބަރު 2026
އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި
01 އޮކްޓޯބަރު 2026

އެމްއޭސީއެލްގެ ބޯޑުން ކުއްލިގޮތަކަށް ދެ މެންބަރަކު ވަކިކޮށްފި

01 އޮކްޓޯބަރު 2026
އެމްއޭސީއެލްގެ ބޯޑުން ކުއްލިގޮތަކަށް ދެ މެންބަރަކު ވަކިކޮށްފި
24 ސެޕްޓެމްބަރު 2026

ދައުލަތުގެ ކުންފުނިތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި، އެކަމާ ގުޅޭ އެންގުންތައް އެންގުމަށް އެނަލިސްޓެއް ހޯދަނީ

24 ސެޕްޓެމްބަރު 2026
ދައުލަތުގެ ކުންފުނިތަކުން ރަނގަޅު ކުރަންޖެހޭ ކަންކަން ބަލައި، އެކަމާ ގުޅޭ އެންގުންތައް އެންގުމަށް އެނަލިސްޓެއް ހޯދަނީ
15 ސެޕްޓެމްބަރު 2026

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

15 ސެޕްޓެމްބަރު 2026
ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!
07 ސެޕްޓެމްބަރު 2026

ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލައި، އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލައި، އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމައިފި
13 އޯގަސްޓު 2026

މުލަކުގައި އަޅާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެދެވޭ ސްޕީޑުގައި ކުރިއަށްނުދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

13 އޯގަސްޓު 2026
މުލަކުގައި އަޅާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެދެވޭ ސްޕީޑުގައި ކުރިއަށްނުދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
03 އޯގަސްޓު 2026

އަމީނީ މަގުގައި މިސަރުކާރުން ތާރު އެޅި ސަރަހައްދު ހަލާކުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެ

03 އޯގަސްޓު 2026
އަމީނީ މަގުގައި މިސަރުކާރުން ތާރު އެޅި ސަރަހައްދު ހަލާކުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ސަރުކާރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެ
02 އޯގަސްޓު 2026

އެގްރޯނެޓްގެ ބޯޑަށް ޝަޒުހަތު ލަތީފު އައްޔަންކޮށްފި

02 އޯގަސްޓު 2026
އެގްރޯނެޓްގެ ބޯޑަށް ޝަޒުހަތު ލަތީފު އައްޔަންކޮށްފި
02 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި

02 އޯގަސްޓު 2026
ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި
29 ޖުލައި 2026

ނުއަގުގައި ތުރުކީ ކުންފުންޏަކަށް ރަށެއް ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް، އެމްޓީޑީސީގެ އެމްޑީ ބަދަލުކޮށްފި

29 ޖުލައި 2026
ނުއަގުގައި ތުރުކީ ކުންފުންޏަކަށް ރަށެއް ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް، އެމްޓީޑީސީގެ އެމްޑީ ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް