Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026 | އާދީއްތަ 06:34

ރަސްމާލެ މަޝްރޫއަކީ މަޖިލީހުން ބަޖެޓު އުނިކޮށްފައި ވަނިކޮށް ޤާނޫނާ ޚިލާފަށް ހިންގާ ކޮރަޕްޝަންގެ އަމަލެއް ކަމަށް ކުރީގެ މެމްބަރު ޔައުޤޫބް ތުހުމަތު ކުރައްވައިފި. ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ މި މަޝްރޫއުގެ "ކަޓު" ނެންގެވުމަށް ކުރެއްވި ދަތުރެއް ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ ވެރިކަން ނިމުމުގެ ކުރިން ރާއްޖޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުން ކަމަށްވެސް އޭނާ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޮކްޓޯބަރު 2026 | އާދީއްތަ 06:34

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ | ރާއްޖެ ޓީވީ

ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގަމުންދާ މަޝްރޫއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހިންނަށް" ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ވަނީ މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފަ އެވެ.

Advertisement - newsAdvertisement

ޔައުޤޫބް ވިދާޅުވީ ރަސްމާލެ މަޝްރޫއު ފެށިގެން އައީވެސް ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން، އެ މަޝްރޫއަކީ އެ ވަގުތަށް ކުރަން މުހިއްމު ކަމެއް ނޫން ކަމަށް ނިންމައި، ބަޖެޓު ފާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ އެ ނިންމުމަށް ގޮންޖައްސަވައި، މުޅި ސަރުކާރުގެ އެންމެ އިސްކަންދޭ މަޝްރޫއުގެ ގޮތުގައި ރަސްމާލެ މަޝްރޫއު ހައްދަވާފައި ކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޔައުޤޫބް ވަނީ ރައީސް މުއިއްޒު ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ވާހަކަ ދައްކަވާފަ އެވެ. ޔައުޤޫބް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ ކޮމިޝަން ނުވަތަ "ކަޓު" ނަންގަވާށެވެ. އަދި އެ މަޝްރޫއުން ލިބެން އޮތް ކޮމިޝަން ނެންގެވުމަށް އެމަނިކުފާނު ސީދާ އަމިއްލަފުޅަށް އެ ގައުމަށް ވަޑައިގެންނެވި ކަމަށްވެސް ޔައުޤޫބް ވިދާޅުވި އެވެ.

މީގެ އިތުރުން ޔައުޤޫބް ވިދާޅުވީ ރައީސް މުއިއްޒަކީ އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ ނުވަތަ "އަންޕޮޕިއުލަރ" ބޭފުޅެއްކަން އެމަނިކުފާނު އަމިއްލަފުޅަށްވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދެވަނަ ދައުރަކަށް އިންތިޚާބު ނުވެވޭނެކަން ޔަގީންވާތީ، ރައީސްގެ މިހާރުގެ އަމާޒަކީ ވެރިކަމުން ފޭބުމުގެ ކުރިން ރާއްޖޭގައި ތިބި އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުން ކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

ޔައުޤޫބް ވަނީ ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގަމުންދާ މަޝްރޫއެއް ކަމަށް ވިދާޅުވެ، މަޝްރޫއާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރައްވާފަ އެވެ.

ރަސްމާލެ ޔައުގޫބު އަބްދުﷲރައީސް މުއިއްޒުކަރަޕްޝަން

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
17 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

17 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް
17 އޮކްޓޯބަރު 2026

ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން

17 އޮކްޓޯބަރު 2026
ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026
ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!
17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
14 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް