Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިންގުމުގެ ޚަރަދު

ބޭރުގެ މިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު!

17 އޮކްޓޯބަރު 2026 | ހޮނިހިރު 05:17

ރާއްޖޭން ބޭރުގައި ހުންނަ 21 މިޝަނެއް ހިންގުމަށް މަހެއްގެ މައްޗަށް އެވްރެޖުކޮށް 24.4 މިލިއަން ރުފިޔާ ހޭދަވާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގަނީ މެލޭޝިއާގައި ހުންނަ ހައިކޮމިޝަނަށް. މީގެ އިތުރުން ޔޫއޭއީ އާއި ސްރީލަންކާގެ މިޝަންތަކަށް ބޮޑު ހޭދައެއް ކުރާއިރު، އެންމެ ކުޑަ ޚަރަދެއް ހިނގަނީ ޖިއްދާގައި ހުންނަ ކޮންސިއުލޭޓަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 17 އޮކްޓޯބަރު 2026 | ހޮނިހިރު 05:17
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ 29 އެޕްރީލް 2025 ގައި ކުރެއްވި ޒިޔާރަތުގެ ތެރެއިން - ހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ 29 އެޕްރީލް 2025 ގައި ކުރެއްވި ޒިޔާރަތުގެ ތެރެއިން - ހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް | ރައީސް އޮފީސް

ދިވެހިރާއްޖޭން ބޭރު ގައުމުތަކުގައި ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތަކުގެ ހިންގުމުގެ ޚަރަދަށް މަހެއްގެ މައްޗަށް އެވްރެޖުކޮށް 1.5 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާކަން ހާމަވެއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ރާއްޖޭގެ މިޝަންތަކުގެ ހިންގުމުގެ ޚަރަދުތަކާއި މުވައްޒަފުންގެ މުސާރަ އަދި އެހެނިހެން އިދާރީ ކަންކަމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮންމެ މަހަކުވެސް ކުރަންޖެހެ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އެކަނިވެސް ބޭރުގެ މިޝަންތައް ހިންގުމަށް 220 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ޚަރަދުވެފަ އެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ އެމްބަސީތަކާއި ހައިކޮމިޝަންތައް ހިންގުމަށް މަހެއްގެ މައްޗަށް ހިނގާ ޑޮލަރުގެ ޚަރަދު ހޯދުމަށް ރާއްޖެޓީވީން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ހުށަހެޅި އާރްޓީއައިގެ ޖަވާބުގައިވާ ގޮތުން،  ޚާރިޖީ ޚިދުމަތްތަކުގެ ބަޖެޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 30 ސެޕްޓެމްބަރު 2026 ވަނަ ދުވަހާ ހަމައަށް، ރާއްޖޭގެ 21 މިޝަނަކަށް ޖުމްލަ 220,333,378.89 (ދުއިސައްތަ ވިހި މިލިއަން ތިން ސަތޭކަ ތިރީސް ތިން ހާސް ތިންސަތޭކަ ހަތްދިހަ އަަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) ވަނީ ޚަރަދުވެފަ އެވެ. މިއީ އެމެރިކާ ޑޮލަރުން ބަލާނަމަ 14,288,805.38 (ސާދަ މިލިއަން ދުއިސައްތަ އައްޑިހަ އަށްހާސް އަށްސަތޭކަ ފަސް ޑޮލަރު ތިރީސް އަށް ސެންޓު) އެވެ. މި ހިސާބުތަކަށް ބަލާއިރު ބޭރުގެ މިޝަންތައް ހިންގުމަށް އެވްރެޖުކޮށް މަހެއްގެ މައްޗަށް 24.4 މިލިއަން ރުފިޔާ (1.5 މިލިއަން ޑޮލަރު) ހޭދަވެ އެވެ.

ހިސާބުތައް ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނަށެވެ. އެގޮތުން ކުއާލަލަމްޕޫރު މިޝަނަށް 22.9 މިލިއަން ރުފިޔާ (1.4 މިލިއަން ޑޮލަރު) ޚަރަދުވެފައިވާއިރު، އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީ މިޝަނަށެވެ. އެ މިޝަނަށް 17.9 މިލިއަން ރުފިޔާ (1.1 މިލިއަން ޑޮލަރު) ހޭދަވެފައިވެ އެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ޚަރަދެއް ރެކޯޑުކުރެވިފައިވަނީ އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ މިޝަނަށެވެ. އެއީ ޖުމްލަ 17.2 މިލިއަން ރުފިޔާ އެވެ.

ރާއްޖޭން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 އާ ހަމައަށް ކުރެވިފައިވާ ޚަރަދުގެ ތަފްސީލު

ރާއްޖޭން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 އާ ހަމައަށް ކުރެވިފައިވާ ޚަރަދުގެ ތަފްސީލު | ފޮރިން މިނިސްޓްރީ

މީގެއިތުރުން، ތައިލެންޑުގެ ބެންކޮކް މިޝަނަށް 15.5 މިލިއަން ރުފިޔާ، އެމެރިކާގެ ނިއުޔޯކް މިޝަނަށް 13.7 މިލިއަން ރުފިޔާ، ސިންގަޕޫރު މިޝަނަށް 13.2 މިލިއަން ރުފިޔާ، ޖެނީވާ މިޝަނަށް 12 މިލިއަން ރުފިޔާ، އަދި ޖަޕާނުގެ ޓޯކިޔޯ އަދި ސައޫދީ އަރަބިއްޔާގެ ރިޔާޟް މިޝަނަށް ކޮންމެ މިޝަނަކަށް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުވެފަ އެވެ.

މި ލިސްޓުގައި ހިމެނޭ މިޝަންތަކުގެ ތެރެއިން އެންމެ ކުޑަ ޚަރަދެއް ހިނގާފައިވަނީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓަށެވެ. އެ ތަނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޚަރަދުވެފައިވަނީ ޖުމްލަ 2.8 މިލިއަން ރުފިޔާ (184,492 ޑޮލަރު) އެވެ. އެއީ މަހަކަށް ގާތްގަނޑަކަށް ތިން ލައްކަ ސޯޅަ ހާސް ރުފިޔާ އެވެ. އަދި ޕާކިސްތާނުގެ އިސްލާމްއާބާދު މިޝަނަށް 4.6 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ބަންގްލަދޭޝްގެ ޑާކާ މިޝަނަށް 5.3 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ރާއްޖޭން ބޭރުގައި ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކަކީ، އެ ގައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ތަންތަނެވެ. އެހެންނަމަވެސް، އެ މިޝަންތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ބޮޑެތި ޚަރަދުތަކާ އެކަށޭނަ މިންވަރަށް ނަތީޖާ ހާސިލުނުކުރެވޭ ކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުންގެ މެދުގައި އެބައޮތެވެ. އަދި ހަމައެއާއެކު، އެދެވޭ ގޮތެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަރައިގެންދާ މަންޒަރު ފެންނަމުން ނުދާކަންވެސް ފާހަގަކުރެވެ އެވެ.

ޚާރިޖީ ވުޒާރާޑިޕްލޮމެޓިކް މިޝަންތައްމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

17 އޮކްޓޯބަރު 2026
އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟
14 އޮކްޓޯބަރު 2026

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

14 އޮކްޓޯބަރު 2026
މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި
07 އޮކްޓޯބަރު 2026

ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު

07 އޮކްޓޯބަރު 2026
ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު
01 އޮކްޓޯބަރު 2026

"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި

01 އޮކްޓޯބަރު 2026
"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި
01 އޮކްޓޯބަރު 2026

ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފި

01 އޮކްޓޯބަރު 2026
ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފި
26 ސެޕްޓެމްބަރު 2026

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

26 ސެޕްޓެމްބަރު 2026
ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން
24 ސެޕްޓެމްބަރު 2026

އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟

24 ސެޕްޓެމްބަރު 2026
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
14 ސެޕްޓެމްބަރު 2026

ކެބިނެޓުން އިސްތިއުފާ ދެއްވި މާރިޔާ އަށް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެއް

14 ސެޕްޓެމްބަރު 2026
ކެބިނެޓުން އިސްތިއުފާ ދެއްވި މާރިޔާ އަށް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެއް
11 ސެޕްޓެމްބަރު 2026

އިހުތިރާމު ލިބިގަތުމަށްޓަކައި ފުރަތަމަ ވެރިން އިހުތިރާމު ކުރަން ޖެހޭ: އަލީ ހުސެއިން

11 ސެޕްޓެމްބަރު 2026
އިހުތިރާމު ލިބިގަތުމަށްޓަކައި ފުރަތަމަ ވެރިން އިހުތިރާމު ކުރަން ޖެހޭ: އަލީ ހުސެއިން
04 ސެޕްޓެމްބަރު 2026

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

04 ސެޕްޓެމްބަރު 2026
މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް