Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މަހު މުސާރަ ލިބިގެން ކުލި ދައްކާފައި ބާކީ ފައިސާއެއް އޮވޭތޯ އަމްރު ސުވާލު އުފައްދަވައިފި

14 އޮކްޓޯބަރު 2026 | ބުދަ 19:25

ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ އާމްދަނީއާއި ޚަރަދުތައް ނުބައްދަލުވެފައިވާ ކަމަށް ބުނެ އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު ސަރުކާރަށް ވަނީ ފާޑު ވިދާޅުވެފައި. ސިޔާސީ މުވައްޒަފުން އިތުރުކޮށް ދައުލަތުގެ ޚަރަދުތައް ބޮޑުވަމުންދާކަން ފާހަގަކުރައްވައި، ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޮކްޓޯބަރު 2026 | ބުދަ 19:25
ބުދަ ދުވަހުގެރޭ އެމްޑީޕީން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވާހަކަ ދައްކަވަނީ

ބުދަ ދުވަހުގެރޭ އެމްޑީޕީން ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މަހު މުސާރަ ލިބުމުން ގޭގެ ކުލި ދައްކައި، ކަންމަތީ ފިހާރައިން ކާބޯތަކެތި ގަތުމަށްފަހު ފަހަށް ރައްކާކުރާނެ އެއްވެސް ފައިސާއެއް ރައްޔިތުންގެ އަތުގައި ބާކީ އޮވޭތޯ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ސުވާލު އުފައްދަވައިފި އެވެ.

ބުދަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގައުމު ހިންގަން ނޭނގޭ ކަމަށާއި، މި ސަރުކާރުގެ ސަބަބުން ރާއްޖޭގެ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

އަމްރު ވިދާޅުވީ މީގެ ދެ އަހަރު ކުރިން 23 ރުފިޔާއަށް ލިބުނު ޑަޗްލޭޑީ ކިރު ޕެކެޓެއް މިއަދު ލިބެނީ 45 ރުފިޔާއަށް ކަމަށެވެ. އަދި މީގެ އަހަރެއް ކުރިން 30 ރުފިޔާއަށް ލިބުނު ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 60 ރުފިޔާއަށް އަރާފައި ކަމަށާއި، ރައްޔިތުންގެ އާމްދަނީއާއި ޚަރަދުތައް ދިމާނުވެ، އަތްނުފޯރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. 

ސިއްހީ ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ، ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ދިޔުމުން ބޭސް ލިބެން ނުހުންނަ ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް މިހާރު ވެސް ފެންނަމުން މި ދަނީ، އިހުސާސްކުރެވެމުން މި ދަނީ، އަދި އަޑުއިވަމުން ވެސް މި ދަނީ ހަމަ އެ ވާހަކަ. މަހު މުސާރަ ލިބުނީމާ ގޭގެ ކުލި ދައްކާފައި ބާކީ ކިހާވަރެއްތޯ އޮންނަނީ؟ ކަންމަތީ ފިހާރައަކަށް ގޮސް ކާބޯތަކެތި ގަތީމާ ފަހަށް ފޮރުވާނެ ފައިސާއެއް އޮވޭތޯ؟ ދެ އަހަރު ކުރިން ޑަޗްލޭޑީ ކިރުޕެކެޓެއް އެބަ ލިބޭ 23 ރުފިޔާއަށް. މިއަދު ލިބެނީ 45 ރުފިޔާއަށް. މީގެ އަހަރެއް ކުރިން ކުކުޅު ކިލޯއެއް ލިބެނީ 30 ރުފިޔާ އަށް. މިއަދު ކުކުޅު ކިލޯ އެއް ލިބެނީ 65 ރުފިޔާއަށް. އަނގަޔާ އަތާ ދިމާ ނުވޭ
ހުސެއިން އަމްރު

މީގެ އިތުރުން އަމްރު ވިދާޅުވީ މިސަރުކާރާއެކު ޚުދުމުހުތާރު ވެރިކަމަކަށް ފުރޮޅުމުގެ ފުރުސަތު ބޮޑު ކަމަށާއި، ހެޔޮވެރިކަމެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.  އަދި ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ދައުލަތް ހިންގާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި، މިފަދަ ބަދަލުތަކެއް ގެނެވޭނީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވެފައިވާ ވައުދުތަކާއި އަމަލާ ދިމާނުވާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ބުނި ނަމަވެސް، މިއަދު ސަރުކާރުގައި ސިޔާސީ ޕާޓީއެއް އުފެއްދޭ މިންވަރަށް ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށެވެ.

ހުސެއިން އަމްރުއެމްޑީޕީމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2026

ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު

14 އޮކްޓޯބަރު 2026
ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު
14 އޮކްޓޯބަރު 2026

މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ: މޭޔަރު އާޒިމް

14 އޮކްޓޯބަރު 2026
މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް އެމްޑީޕީ ސަރުކާރެއްގައި ހައްލުވެ، ތަކެތީގެ އަގު ހެޔޮވެގެންދާނެ: މޭޔަރު އާޒިމް
14 އޮކްޓޯބަރު 2026

ޖަރުމަނު ކޮންސިއުލޭޓް ބަންދުކުރުން: އެމްޑީޕީއިން ބުނީ މިއީ ރާއްޖޭގެ ޒަމާންވީ ބައިވެރިންނާއެކު އޮންނަ ގުޅުންތަކަށް ސަރުކާރުން ދޭ ސަމާލުކަން ކުޑަކަމުގެ ހެއްކެއް ކަމަށް

އޭސީސީ އަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއް، ޚަރަދުކުޑަކުރަން ކުރަންވީ ކަމަކީ މުއައްސަސާ އުވާލައި އެ ބޭފުޅުން ގެއަށް ފޮނުވާލުން: އައިކް

14 އޮކްޓޯބަރު 2026
އޭސީސީ އަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއް، ޚަރަދުކުޑަކުރަން ކުރަންވީ ކަމަކީ މުއައްސަސާ އުވާލައި އެ ބޭފުޅުން ގެއަށް ފޮނުވާލުން: އައިކް
13 އޮކްޓޯބަރު 2026

ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް

13 އޮކްޓޯބަރު 2026
ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް
13 އޮކްޓޯބަރު 2026

އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް

13 އޮކްޓޯބަރު 2026
އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް
13 އޮކްޓޯބަރު 2026

ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދަނީ ސްކޫލްތަކުގެ އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ޖެހުމުން: އަނޫޝާ

13 އޮކްޓޯބަރު 2026
ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދަނީ ސްކޫލްތަކުގެ އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ޖެހުމުން: އަނޫޝާ
13 އޮކްޓޯބަރު 2026

ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 އޮކްޓޯބަރު 2026
ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
09 އޮކްޓޯބަރު 2026

އެމްޑީޕީގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް: ފައިސަލް

09 އޮކްޓޯބަރު 2026
އެމްޑީޕީގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް: ފައިސަލް
08 އޮކްޓޯބަރު 2026

ތަކެތީގެ އަގު ބޮޑުވަމުން ދިޔުމަށްފަހު މިހާރު ފެންނަ މަންޒަރަކީ ތަކެތި ހުސްވަމުންދާ މަންޒަރު: އަމްރު

08 އޮކްޓޯބަރު 2026
ތަކެތީގެ އަގު ބޮޑުވަމުން ދިޔުމަށްފަހު މިހާރު ފެންނަ މަންޒަރަކީ ތަކެތި ހުސްވަމުންދާ މަންޒަރު: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް