އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި
6 ނޮވެމްބަރު 2026 | ހުކުރު 11:21ކޮލަމްބޯގެ ބްރިޓިޝް ސްކޫލުގައި ތައުލީމު ހާސިލުކުރި އައިޝަތު ޒާރާ އިކްރާމް، އައިޖީސީއެސްއީ އިމްތިހާނުގެ 8 މާއްދާއިން އޭ-ސްޓާ ހޯދައި މުޅި ސްރީލަންކާއިން އެއްވަނަ ހާސިލުކޮށްފި. ޒާރާގެ މި ކާމިޔާބީގައި އޭނާގެ މަންމަގެ އެހީތެރިކަން ބޮޑުކަން ފާހަގަކޮށްފައިވާއިރު، މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ، ގޮންޖެހުންތައް ބޮޑު އިމްތިހާނެއް


(އައިޖީސީއެސްއީ) އިމްތިހާނުން މުޅި ސްރީލަންކާ އިން އެއްވަނަ ހޯދި އައިޝަތު ޒާރާ އިކްރާމް | ރާއްޖެ އެމްވީ
ކޭމްބްރިޖް އިންޓަރނޭޝަނަލް ޖެނެރަލް ސެޓްފިކެޓް އޮފް ސެކަންޑަރީ އެޑިއުކޭޝަން (އައިޖީސީއެސްއީ) އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި އެވެ.
އައިޖީސީއެސްއީ އިމްތިހާނުން މުޅި ސްރީލަންކާއިން އެއްވަނަ ހޯދާފައި ވަނީ އައިޝަތު ޒާރާ އިކްރާމް އެވެ. އެގޮތުން އޭނާ ތައުލީމު ހާސިލްކޮށްފައި ވަނީ "ދަ ބްރިޓިޝް ސްކޫލް އިން ކޮލަމްބޯ" ގަ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޫން 2026 ގައި އައިޖީސީއެސްއީ އިމްތިހާނުން ޒާރާ ވަނީ 8 މާއްދާއިން އޭ ސްޓަރ ހޯދާފަ އެވެ.

(އައިޖީސީއެސްއީ) އިމްތިހާނުން ޒާރާ މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި | ރާއްޖެ އެމްވީ
ޒާރާގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި ކިޔެވުމުގައި އެެންމެ ބޮޑަށް ޒާރާއަށް އެހީތެރިވެފައި ވަނީ ޒާރާގެ މަންމަ އެވެ.
ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނަކީ އޭގެ ތައުލީމީ ފެންވަރާއި، ހަރުދަނާ އަދި ވަރުގަދަ އެސެސްމަންޓް މެތަޑްތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ އިމްތިހާނެކެވެ. މި އިމްތިހާނުގައި ދަރިވަރުންގެ ކަންކަން ދެނެގަތުމުގެ ގާބިލުކަމާއި، ފާޑުކިޔުމާއެކު ފުންކޮށް ވިސްނުމުގެ ހުނަރުގެ އިތުރުން، އެކި މާއްދާތަކުން އުނގެނޭ މައުލޫމާތު އަމަލީގޮތުން ބޭނުންކުރަން އެނގޭ މިންވަރު ވަޒަންކުރެ އެވެ.
މި ސެޓްފިކެޓަކީ ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިމެނޭ ސިލަބަސްތަކަކާއި ގޮންޖެހުންތައް ބޮޑު އިމްތިހާނުތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗަކަށް ވުމުން، މިއީ މަތީ ތައުލީމަށް ތައްޔާރުވާ ދަރިވަރުންނަށް ކުރިމަތިވާ ވަރަށް މުހިންމު އަދި އެހާމެ ގޮންޖެހުންތައް ބޮޑު މަރުހަލާއެކެވެ.










