Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް މައްސަލަތައް

ލަންކާގައި ޑްރަގް މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި

31 އޯގަސްޓު 2026 | ހޯމަ 18:35

މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާގެ ދަށު ކޯޓުން ޔުގީތުގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލުކުރީ، ދައުލަތުން ހުށަހެޅި ހެކިތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމާއި ތަކެތީގެ ބަރުދަނާ މެދު ސުވާލު އުފެދޭތީ. މި މައްސަލައިގައި ކުށް ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހެކި ނެތްކަމަށް ކަނޑައަޅައި، އޭނާ މިނިވަންކުރުމަށް އިސްތިއުނާފު ކޯޓުން ވަނީ އަމުރުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޯގަސްޓު 2026 | ހޯމަ 18:35
ލަންކާގެ އިސްތިއުނާފު ކޯޓު

ލަންކާގެ އިސްތިއުނާފު ކޯޓު | ގޫގުލް

ސްރީލަންކާގެ ނިގަމްބޯ ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް އޭނާ މިނިވަންކުރުމަށް އަމުރުކޮށްފި އެވެ.

މި މައްސަލައިގައި އިސްތިއުނާފު ކޯޓުން ކުރި ހުކުމުގައި ވަނީ، ދަށު ކޯޓުން ޔުގީތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި، ދައުލަތުން ހުށަހެޅި ހެކިތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ޔުގީތު އަތުލައިގަތް ވަގުތު ފެނުނު 12 ޕާރުސަލްގެ ޖުމްލަ ބަރުދަނުގައި 2,039.34 ކިލޯގްރާމް ހުރި ކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް، ސަރުކާރުގެ އެނަލިސްޓް އެ ތަކެތި ތަހުލީލުކުރި އިރު، އޭގައި 17 ގްރާމްގެ ތަފާތެއް ހުއްޓެވެ.

ބަރުދަނަށް އައި މި ބޮޑު ބަދަލާ ގުޅޭގޮތުން ދައުލަތުގެ ހެކިންނަށް އެކަށީގެންވާ މާނަކުރުމެއް ދެވިފައެއް ނުވެއެވެ.

މީގެ އިތުރުން، ތަކެތި އަތުލައިގަތް ވަގުތުން ވަގުތަށް ލިޔެފައިވާ ރެކޯޑްތައް ނެތުމާއި، ވަޓްސްއަޕް މެސެޖުތަކުން މީހާ ދެނެގަތުމުގައި ހުރި މައްސަލަތަކުގެ ސަބަބުން، ހެކި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ސިލްސިލާއާމެދު ސީރިއަސް ޝައްކުތަކެއް އުފެދޭ ކަމަށް ކޯޓުން ފާހަގަކުރިއެވެ.

އިސްތިއުނާފު ކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ފުލުހުންގެ މައިގަނޑު ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން، ކޯޓަށް ހުށަހެޅި ހެރޮއިންއަކީ ތުހުމަތުކުރެވޭ މީހާއާ ގުޅުންހުރި އެއްޗެއްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. ކޯޓުން ނިންމުންތައް ނިންމަންވާނީ އަންދާޒާތަކުގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށާއި، ހަރުދަނާ ހެކީގެ މައްޗަށް ބިނާކޮށްގެން ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ.

އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އަސާސީ އުސޫލުތައް ތަންފީޒުކުރުމުގައި ދަށު ކޯޓުގެ ފަނޑިޔާރު އޮޅުންތަކެއް އަރުވާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި މައްސަލަ އަލުން ބެލުމަކީ އިންސާފު ގާއިމުކުރުމަށް ފުދޭނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އިސްތިއުނާފު ކޯޓުން ވަނީ ބުނެފައެވެ. އެއީ ތުހުމަތުކުރެވޭ މީހާއާއި އިސްތިއުނާފު ކުރި ފަރާތަކީ ކާކުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނެ ވަޓްސްއަޕް މެސެޖެއް ނެތުމާއި، އެކި ސަބަބުތަކާ ހުރެ ޔުގީތު 22 މެއި 2018 އިން ފެށިގެން، 8 އަހަރަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރި ކަމަށްވާތީއެވެ.

އެހެންކަމުން، މައްސަލަ އަލުން ބެލުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ކޯޓުން ނިންމިއެވެ.

ކޯޓުގެ ހުކުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ކުށް ސާބިތުވުމުގެ ކުރިން އެ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، މި މައްސަލައިގައި އެކަން ސާބިތުކޮށްދިނުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ.

މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށް، ނިގަމްބޯގެ ހައިކޯޓު ފަނޑިޔާރު 06 ސެޕްޓެމްބަރު 2025 ގައި ޔުގީތު އިބްރާހީމްގެ މައްޗަށް އިއްވާފައިވާ ކުށް ސާބިތުވުމުގެ ހުކުމާއި މަރުގެ އަދަބު ބާތިލުކޮށް، އޭނާ މި މައްސަލައިން ބަރީއަވެ މިނިވަންވެއްޖެ ކަމަށް އިސްތިއުނާފު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޔުގީތު އިބްރާހީމްސްރީލަންކާނިގަމްބޯ ހައިކޯޓުހެރޮއިންމަރުގެ ހުކުމް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2026

ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ

29 އޯގަސްޓު 2026
ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ
20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
05 އޯގަސްޓު 2026

ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން

05 އޯގަސްޓު 2026
ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
01 އޯގަސްޓު 2026

އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި

01 އޯގަސްޓު 2026
އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި
26 ޖުލައި 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް