މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާގައި ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
2 ނޮވެމްބަރު 2026 | ހޯމަ 04:45މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީލަންކާގެ ސިޕެޓްކޯއިން ރޭ ދަންވަރުން ފެށިގެން ތެލުގެ އަގުތައް ބޮޑުކޮށްފި. މިގޮތުން ޕެޓްރޯލާއި ޑީސަލްގެ ބާވަތްތަކުން ލިޓަރަކަށް 5 ރުޕީސް އާއި 15 ރުޕީސްއާ ދެމެދުގެ އަދަދެއް ވަނީ ބޮޑުވެފައި


ޕެޓްރޯލް އަޅަން ކިޔުހަދައިގެން | އަލް ޖަޒީރާ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސްރީލަންކާގެ މާކެޓުގައި ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ. ލަންކާގެ ގައުމީ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސިޕެޓްކޯ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލަށް އާދީއްތަ ދުވަހުގެރޭ ދަންވަރު 12:00 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
މި ފަހަރު ގެނައި ބަދަލާއެކު އޮކްޓޭން 92 ޕެޓްރޯލް ލިޓަރަކުން 10 ރުޕީސް ބޮޑުވެ، އައު އަގަކީ 424 ރުޕީސް އެވެ. އަދި އޮކްޓޭން 95 ޕެޓްރޯލް ލިޓަރަކުން 15 ރުޕީސް ބޮޑުކުރުމުން އޭގެ އަގު ވަނީ 490 ރުޕީސްއަށް އުފުލިފަ އެވެ. މީގެއިތުރުން، އޮޓޯ ޑީސަލް ލިޓަރަކުން 5 ރުޕީސް ބޮޑުވެ އައު އަގު 397 ރުޕީސްއަށް އަރާފައިވާއިރު، ސުޕާ ޑީސަލް ލިޓަރަކުން 15 ރުޕީސް ބޮޑުވެ މިހާރު ވިއްކަމުންދަނީ 543 ރުޕީސްއަށެވެ.
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ސަބަބުން، ލަންކާއިން ދޭތެރެ ދޭތެރެއިން ތެލުގެ އަގަށް މިފަދަ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.










