Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4 ސެޕްޓެމްބަރު 2026 | ހުކުރު 10:15

އެއަރބަސް މުއާމަލާތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގަށް ފަސް ގަޑިއިރަށްވުރެ ގިނައިރު ސުވާލުކުރުމަށްފަހު، ނާމަލް ރާޖަޕަކްސަ ވަނީ ހައްޔަރުކޮށްފައި. މި ތަހުގީގާ ގުޅިގެން ނާމަލް ވިދާޅުވީ އޭނާ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، ނަމަވެސް ސަރުކާރުގެ ނުފޫޒުގެ ސަބަބުން ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް. އަދި ކޮންމެ ވަގުތެއްގައިވެސް މިނިވަން ތަހުގީގުތަކާ ކުރިމަތިލުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2026 | ހުކުރު 10:15

ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި | ލަންކާ ފައިލްސް

އެއަރބަސް ކުންފުންޏާއެކު ކޮށްފައިިވާ މުއާމަލާތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގަކަށް، ފަސް ގަޑިއިރަށްވުރެ ގިނަ އިރު ސުވާލުކުރުމަށްފަހު، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސް.އެލް.ޕީ.ޕީ) ގެ ނޭޝަނަލް އޯގަނައިޒަރ އަދި ޕާލަމެންޓް މެންބަރު ނާމަލް ރާޖަޕަކްސަ، އެ ގައުމުގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީ.އައި.އޭ.ބީ.އޯ.ސީ) އިން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ބަޔާން ދިނުމަށް ހުކުރު ދުވަހު ހެނދުނު 9:00 އަށް ކޮމިޝަނަށް ހާޒިރުވުމަށް އެންގުމާ ގުޅިގެން، ނާމަލް ރާޖަޕަކްސަ ސީ.އައި.އޭ.ބީ.އޯ.ސީ އަށް ހާޒިރުވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، ސީ.އައި.އޭ.ބީ.އޯ.ސީ ގެ އޮފިޝަލުން ފަސް ގަޑިއިރަށްވުރެ ގިނަ އިރުވަންދެން އޭނާއާ ސުވާލުކުރުމަށް ފަހުގަ އެވެ.

ނާމަލް ރާޖަޕަކްސަ ވިދާޅުވީ، ކޮންމެ ވަގުތެއްގައިވެސް މިނިވަން ތަހުގީގުތަކާ ކުރިމަތިލުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، ޕާލަމެންޓުގައި ކުރެވޭ ސިޔާސީ ބަހުސްތަކުގެ ސަބަބުން ފުލުހުންނާއި ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ނާމަލް ވިދާޅުވީ، ތަހުގީގީ އިދާރާތަކުން މަސައްކަތް ނިންމުމުގެ ކުރިން، ސަރުކާރުގެ ބައެއް ވަޒީރުން ތަހުގީގުތަކާއި، ހައްޔަރުކުރުންތަކާއި އަދި މައްސަލަތަކާ މެދު ވަކި ގޮތްތަކެއް ނިންމަވާފައިވާ ކަމަށް ފެންނަ ކަމަށެވެ.

"ބަދުނަސީބަކީ، މި ގައުމުގެ ފުލުހުންނާއި ޝަރުއީ ނިޒާމުގެ މިނިވަންކަމާމެދު މިހާރު އާންމު ރައްޔިތުން ސުވާލު އުފައްދަން ފަށާފައިވާކަން،" އޭނާ ވިދާޅުވި އެވެ.

އޭނާއާ ގުޅުންހުރި މައްސަލަތަކުގައި ހެކި އުފައްދާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ނާމަލް ވިދާޅުވީ، އެކަން ކުރި ބަޔަކު ކޮންމެވެސް ދުވަހަކުން އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އޭނާ އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ތަހުގީގުތަކުން ރެކިވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ނާމަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ކޮންމެ ވަގުތެއްގައިވެސް މިނިވަން ތަހުގީގުތަކާ ކުރިމަތިލާން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބިރުގަންނަނަމަ ހާޒިރެއް ނުވާނެ. ހާޒިރުވާން އެންގި އެންމެން ގާތުވެސް އަޅުގަނޑުމެން ބުނީ ދާނެ ވާހަކަ،" އޭނާއާ ހަވާލާދީ ލަންކާ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

ނަމަލް ރާޖަޕަކްސަސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަސްރީލަންކާ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

ލަންކާގައި ޑްރަގް މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި

31 އޯގަސްޓު 2026
ލަންކާގައި ޑްރަގް މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި
29 އޯގަސްޓު 2026

ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ

29 އޯގަސްޓު 2026
ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ
20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
05 އޯގަސްޓު 2026

ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން

05 އޯގަސްޓު 2026
ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
01 އޯގަސްޓު 2026

އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި

01 އޯގަސްޓު 2026
އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި
26 ޖުލައި 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް