Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ

29 އޯގަސްޓު 2026 | ހޮނިހިރު 09:08

ސްރީލަންކާގައި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެފައިވަނީ ގާނޫނީގޮތުން ހުއްދަ ދީފައިވާ ބާވަތްތަކުގެ ސަބަބުން ކަމަށް އެ ގައުމުގެ މާހިރަކު ބުނެފި. ހެރޮއިން އާއި ކެނެބިސް ފަދަ ތަކެތި ބޭނުންކުރާ ގިނަ މީހުންނަކީ އޭގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރި މީހުންކަން ފާހަގަކުރަމުން، އެކި ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރުމުގެ މެދުގައި ވަރުގަދަ ގުޅުމެއް އޮންނަ ކަމަށްވެސް ވަނީ ފާހަގަކޮށްފައި

ރާއްޖެ އެމްވީ | 29 އޯގަސްޓު 2026 | ހޮނިހިރު 09:08
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަޅާފައިވާ ޕެކެޓެއް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަޅާފައިވާ ޕެކެޓެއް | އެލަމީ

ސްރީލަންކާގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ސަބަބުން ކޮންމެ ދުވަހަކު 80 އާއި 100 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވަމުންދާ ކަމަށް ރަޖަރަޓާ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޕްލައިޑް ސައިންސަސްގެ ޑީން ޑރ. މަނޯޖް ފެނާންޑޯ ވިދާޅުވެއްޖެ އެވެ.

ޑރ. މަނޯޖް ފެނާންޑޯ މިހެން ވިދާޅުވީ "ރަޓަ މާ އެކަޓަ" (ގައުމު އެކަތިގަނޑަކަށް) މި ނަމުގައި ކުރިއަށްގެންދާ ގައުމީ އޮޕަރޭޝަންގެ ދަށުން، މަސްތުވާތަކެތިން ރައްކާތެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި މީޑިއާ ބްރީފިންއެއްގަ އެވެ.

Advertisement - worldAdvertisement

ސްރީލަންކާގައި ކޮންމެ ދުވަހަކު މިހާ ގިނަ އަދަދެއްގެ މީހުން މަރުވާން މެދުވެރިވާ އެހެން އެއްވެސް ވަކި ސަބަބެއް ނެތް ކަމަށް ޑރ. ފެނާންޑޯ ފާހަގަކުރެއްވި އެވެ.

ހަމައެކަނި ބަނގުރަލުގެ ސަބަބުން ދުވާލަކު 10 އާއި 15 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވާ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން، މަނާކޮށްފައިވާ މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގެ އިންޒާރު ދެއްވަމުން، އޭނާ ވިދާޅުވީ ގަވާއިދާ ހިލާފު މަސްތުވާތަކެތި ބޭނުންކުރުމަށް ގިނަ ފަހަރަށް މަގުފަހިވަނީ ގާނޫނީގޮތުން ހުއްދަ ދީފައިވާ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ.

"ހެރޮއިން ބޭނުންކުރާ ގިނަ މީހުންނަކީ، އެ ބޭނުންކުރަން ފެށުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރި މީހުންކަން ހާމަވާ ފުދޭވަރަކަށް ހެކި އެބަހުރި،" ޑރ. ފެނާންޑޯ ވިދާޅުވި އެވެ.

ކެނެބިސް ބޭނުންކުރާ ގިނަ މީހުންނަކީ މީގެ ކުރިން ބަނގުރާ ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރި މީހުންކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރުމުގެ މެދުގައި ވަރުގަދަ ގުޅުމެއް އޮންނަ ކަމަށެވެ.

"ސްރީލަންކާގައި މިފަދަ ތަކެތި ބޭނުންކުރުމަށް ދޮރު ހުޅުވައިދޭ މައިގަނޑު ވަސީލަތަކީ ދުންފަތުގެ އިސްތިއުމާލުކުރުން. ހެރޮއިން ބޭނުންކުރާ ގިނަ މީހުންނަކީ ހެރޮއިންގެ ކުރިން ސިނގިރޭޓް ބޭނުންކުރި މީހުންކަން ހާމަވާން އެކަށީގެންވާ ހެކި އެބަހުރި. ހަމައެފަދައިން، ކެނެބިސް ބޭނުންކުރާ ގިނަ މީހުންނަކީ މީގެ ކުރިން ބަނގުރާ ނުވަތަ ސިނގިރޭޓް ބޭނުންކުރި މީހުން،" އޭނާ ވިދާޅުވި އެވެ.

ސްރީލަންކާމަސްތުވާތަކެތިހެރޮއިންކެނެބިސް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
17 އޯގަސްޓު 2026

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

17 އޯގަސްޓު 2026
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
05 އޯގަސްޓު 2026

ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން

05 އޯގަސްޓު 2026
ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
02 އޯގަސްޓު 2026

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!

02 އޯގަސްޓު 2026
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!
01 އޯގަސްޓު 2026

އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި

01 އޯގަސްޓު 2026
އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި
26 ޖުލައި 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް