Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

ސްރީ ލަންކާއިން މަތިންދާބޯޓު ގަތުމުގެ މުއާމަލާތެއްގައި 100 މިލިއަން ރުޕީސްގެ ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަމާލްގެ ތަހުގީގަށް އޮސްޓްރޭލިއާ، ސިންގަޕޫރު، ފްރާންސް އަދި އެމެރިކާގެ އެހީތެރިކަން ވަނީ ދީފައި

5 ސެޕްޓެމްބަރު 2026 | ހޮނިހިރު 15:19

އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތެއްގައި 100 މިލިއަން ރުޕީސްގެ ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ހިންގި ތަހުގީގަކަށް ފަހުގައި. މި މައްސަލައިގައި ކަފާލާތުގެ ދަށުން މިނިވަންވުމަށް އޭނާގެ ފަރާތުން ހުށަހެޅި ކަންކަމަކީ ގާނޫނީ ގޮތުން ހާއްސަ ހާލަތްތަކެއް ކަމަށް ނުބެލެވޭތީ، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2026 | ހޮނިހިރު 15:19
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ (މެދުގައި) ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުމަށްފަހު، 2026 ސެޕްޓެމްބަރު 4 ވީ ބުރާސްފަތި ދުވަހު ކޮލަމްބޯގެ ކޯޓަކަށް ހާޒިރުކުރުމަށްފަހު އެ ގައުމުގެ އެންޓި-ގްރާފްޓް އޮތޯރިޓީގެ އޮފިސަރުންގެ ބެލުމުގެ ދަށުން ގެންދަނީ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ (މެދުގައި) ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުމަށްފަހު، 2026 ސެޕްޓެމްބަރު 4 ވީ ބުރާސްފަތި ދުވަހު ކޮލަމްބޯގެ ކޯޓަކަށް ހާޒިރުކުރުމަށްފަހު އެ ގައުމުގެ އެންޓި-ގްރާފްޓް އޮތޯރިޓީގެ އޮފިސަރުންގެ ބެލުމުގެ ދަށުން ގެންދަނީ. | ގެޓީ އިމޭޖަސް

އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތަކާ ގުޅިގެން 100 މިލިއަން ރުޕީސްގެ ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ކޮރަޕްޝަން އެންޑް ބްރައިބަރީ ކޮމިޝަނުން ހައްޔަރުކުރި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް އަސަންގަ އެސް ބޮޑަރަގަމަ އިއްޔެ އަމުރުކޮށްފި އެވެ.

މި މައްސަލައިގެ ތަހުގީގަށް އޮސްޓްރޭލިއާ، ސިންގަޕޫރު، ފްރާންސް އަދި އެމެރިކާގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޝަން އެންޑް ބްރައިބަރީ ކޮމިޝަނުގެ އޮފިސަރުން، ނަމާލް ރާޖަޕަކްސަ ބުރާސްފަތި ދުވަހު ހަވީރު 4:00 އެހާއިރު ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރި އެވެ.

ކޮރަޕްޝަން އެންޑް ބްރައިބަރީ ކޮމިޝަނުގެ ފަރާތުން ކޯޓުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް ޖަނަކަ ބަންޑާރަ ވިދާޅުވީ، ނަމާލް ހައްޔަރުކުރީ އެއާބަސްގެ މުއާމަލާތާ ގުޅޭ ގޮތުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި (ސީއައިޑީ) ކޮރަޕްޝަން އެންޑް ބްރައިބަރީ ކޮމިޝަނުން ގުޅިގެން ހިންގި ތަހުގީގަކަށް ފަހު ކަމަށެވެ.

"އޮސްޓްރޭލިއާ، ސިންގަޕޫރު، ފްރާންސް އަދި އެމެރިކާގެ އެހީތެރިކަމާއެކު މި ތަހުގީގު މިހާރު އޮތީ ފަހު މަރުހަލާގަ އެވެ. މި މުއާމަލާތުގެ އެއްބަސްވުމުގައި އޮތީ ކޮންމެ މަތިންދާބޯޓަކަށް އެއް މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތެއް ހޯދުމަށެވެ،" ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް ވިދާޅުވި އެވެ.

އެއާބަސްގެ މި މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި ދިން 1.454 މިލިއަން ޔޫރޯ ޖަމާކޮށްފައިވަނީ ސިންގަޕޫރުގެ ސްޓޭންޑަޑް ޗާޓަރޑް ބޭންކުގައި ހުޅުވާފައިވާ "ބީއައިޒެޑް ސޮލިއުޝަންސް އިންކް" ނަމަކަށް ކިޔާ އެކައުންޓަކަށެވެ. މި އެކައުންޓަކީ ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލަ ޗަންދްރަސޭނާގެ އަންހެނުން ޕްރިޔަންގާ ނިޔޯމާލީ ވިޖޭނަޔަކަގެ ފުރިހަމަ މިލްކުވެރިކަން އޮންނަ އެކައުންޓެއް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެ އެކައުންޓުން 2014 ވަނަ އަހަރުގެ ނޮވެމްބަރު 19 އަދި ޑިސެމްބަރު 22 ގައި ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވަނީ ސިންގަޕޫރުގެ އޯސީބީސީ ބޭންކުގައި ހުޅުވާފައިވާ "ސޭބަރ ވިޝަން ހޯލްޑިންގް ލިމިޓެޑް" ގެ އެކައުންޓަށެވެ. މިއީ ނިމާލް ޕެރޭރާ ރިޔާސަތު ބަލަހައްޓާ ކުންފުންޏެކެވެ.

މި މައްސަލައިގެ ތަހުގީގު ޓީމުން ދާދިފަހުން ވަނީ އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ނިމާލް ޕެރޭރާ ހޯދައި، އޭނާގެ ބަޔާން ނަގާފަ އެވެ. އޭނާއަށް މަރުގެ އިންޒާރު ލިބެމުންދާތީ ސްރީލަންކާއަށް އައުމަށް އިންކާރުކުރުމާ ގުޅިގެން، އޭނާ ވަނީ ކޮރަޕްޝަން އެންޑް ބްރައިބަރީ ކޮމިޝަނުގެ އޮފިސަރުންނަށް ބަޔާނެއް ދީފަ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި "ބީއައިޒެޑް ސޮލިއުޝަންސް އިންކް" އެކައުންޓުން އޭނާގެ "ސޭބަރ ވިޝަން ހޯލްޑިންގް ލިމިޓެޑް" އެކައުންޓަށް ލިބުނު 800,000 އެމެރިކާ ޑޮލަރު، ލަކްޝްމަން ނަމާލް ރާޖަޕަކްސައާ ވަނީ ހަވާލުކޮށްފަ އެވެ. މިއީ ސްރީލަންކާގެ ފައިސާއިން ބަލާނަމަ 100 މިލިއަން ރުޕީސް އެވެ.

ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ އެއާބަސްގެ މައި ކުންފުނިން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައި ކަމަށެވެ. އެގޮތުން އެއާބަސްގެ އިސް އޮފިޝަލުން ތިން ފަހަރެއްގެ މަތިން ސްރީލަންކާއަށް ޒިޔާރަތްކޮށް، ހަތަރު ބަޔާނެއް ދީފައިވާ ކަމަށާއި، މި މުއާމަލާތާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް ތަހުގީގު ކުރާ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް ވިދާޅުވި އެވެ.

މި ލިޔެކިޔުންތަކުން އެއާބަސް ކުންފުންޏާއި ތުހުމަތުކުރެވޭ ނަމާލް ރާޖަޕަކްސައާ ދެމެދު އޮތް ގުޅުން ހާމަވެފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރީ މި ހުރިހާ ކަމަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށްވެސް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައިވެ އެވެ.

ނަމާލް ކަފާލާތުގެ ދަށުން ދޫނުކޮށް ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޝަނުން އެދުނެވެ.

ނަމާލް ރާޖަޕަކްސަގެ ދިފާއީ ވަކީލު،ސަމްޕަތު މެންޑިސް ކޯޓުގައި ބުނީ، ނަމާލް ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފައިވަނީ ހަމައެކަނި ނިމާލް ޕެރޭރާ ކިޔާ މީހަކު ދީފައިވާ ބަޔާނެއްގެ މައްޗަށް ބިނާކޮށެވެ. ފްރާންސްގެ އޮފިޝަލުންނެއް ނުވަތަ އެއާބަސްގެ އޮފިޝަލުންނެއްވެސް އޭނާއަށް ފައިސާ ދިން ކަމަކަށް ބުނެފައި ނުވާ ކަމަށް ވެސް ވަކީލު ބުންޏެވެ. އަދި އެ މީހާއަކީ އިތުބާރުކުރެވޭ ހެކިވެރިއެއް ނޫން ކަމަށް ވަކީލު ކޯޓުގައި ބުނެފައިވެ އެވެ. ނަމާލްގެ ވަކީލު އެދުނީ ހާއްސަ ހާލަތެއްގެ ގޮތުގައި ބަލައި، ނަމާލް ކަފާލާތުގެ ދަށުން ދޫކޮށްލުމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު މެޖިސްޓްރޭޓް ވިދާޅުވީ، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެންޓި-ކޮރަޕްޝަން ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުންނެވެ. އެހެންކަމުން، ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ހާއްސަ ހާލަތްތަކެއް ހުށަހެޅުމުންނެވެ.

ހާއްސަ ހާލަތެއްގެ ގޮތުގައި ދިފާއީ ވަކީލު ފާހަގަކުރީ ހެކިބަސް ދިން މީހާގެ ވާހަކައިގެ އިތުބާރު ހުރި މިންވަރެވެ. ނަމަވެސް، ހެކިބަހުގެ އިތުބާރު ހުރި މިންވަރަކީ ހަމައެކަނި ހެކީގެ ހުލާސާއަކަށް ބަލައިގެން ކޯޓަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި ހެކިބަހުގެ އިތުބާރު ހުރި މިންވަރާ މެދު ގޮތެއް ނިންމޭނީ ޝަރީއަތް ފެށުމުންން ކަމަށް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

އެ މަރުހަލާގައި، ތުހުމަތުކުރެވޭ ފަރާތުން ހެކިބަސް ދިނުމުންނާއި ހެކިންނާ ސުވާލުކޮށް ކްރޮސް-އެގްޒަމިން ކުރުމުން، އެ ހެކިބަހަކީ އިތުބާރު ހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނެ ކަމަށް މެޖިސްޓްރޭޓް ވިދާޅުވި އެވެ.

އެހެންކަމުން، ހެކިބަސް ދޭ މީހާގެ އިތުބާރު ހުރި މިންވަރަކީ ހާއްސަ ހާލަތެއް ކަމަށް ނުބެލެވޭނެ ކަމަށާއި، އަދި އެހެން އެއްވެސް ހާއްސަ ހާލަތެއް ހުށަހަޅާފައި ނުވާތީ، ކަފާލާތުގެ ދަށުން ދޫކޮށްލާނެ އެއްވެސް އަސާސެއް ނެތް ކަމަށް މެޖިސްޓްރޭޓް ވަނީ ކަނޑައަޅުއްވާފަ އެވެ.

ނަމަލް ރާޖަޕަކްސައެއަރބަސްސްރީލަންކާ

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

04 ސެޕްޓެމްބަރު 2026
ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި
31 އޯގަސްޓު 2026

ލަންކާގައި ޑްރަގް މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި

31 އޯގަސްޓު 2026
ލަންކާގައި ޑްރަގް މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި
29 އޯގަސްޓު 2026

ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ

29 އޯގަސްޓު 2026
ސްރީލަންކާގައި މަސްތުވާތަކެތީގެ ސަބަބުން ދުވާލަކު 80-100 މީހުން މަރުވޭ
20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
05 އޯގަސްޓު 2026

ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން

05 އޯގަސްޓު 2026
ސްރީލަންކާގައި މޫސުން ގޯސްވެ، އަށް މީހަކު މަރުވެ، 11،832 މީހުންނަށް ގެއްލުން
01 އޯގަސްޓު 2026

އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި

01 އޯގަސްޓު 2026
އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި
26 ޖުލައި 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް