Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު ބަންދު

ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

5 ނޮވެމްބަރު 2026 | ބުރާސްފަތި 14:10

މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން، ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވައިފި. މި ނިންމެވުމާއެކު، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޖުމްލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 14:10
ރައީސް އޮފީސް

ރައީސް އޮފީސް | ރައީސް އޮފީސް

މިހިނގާ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން، ކުރިއަށް އޮތް ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން  ވަނީ މިކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަސްމީ ބަންދު ދުވަހަކަށް ވެފައި، އެ ދުވަހާ ގުޅިގެން އަންނަ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި އޮތުމުންނެވެ.

އެހެންކަމުން، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައިދެއްވުމަކީ މި ނިންމެވުމުގެ މައިގަނޑު މަގުސަދު ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މި ނިންމެވުމާއެކު، ޖުމްހޫރީ ދުވަހުގެ ބަންދާއި، ހަފުތާ ބަންދުގެ ދުވަސްތައް ހިމެނޭހެން ސަރުކާރުގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ހަތަރު ދުވަހުގެ ބަންދެއް ލިބިގެންދާނެ އެވެ. އެއީ ނޮވެންބަރު 11 ވާ ބުދަ ދުވަހުން ފެށިގެން ނޮވެންބަރު 14 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުން އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ދެ ބަންދު ދުވަހެއްގެ ދެމެދަށް ވަންނަ ރަސްމީ މަސައްކަތު ދުވަސްތަކަކީ، އާންމު ރައްޔިތުންނާއި މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބަންދު ދުވަސްތަކެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަމަޖައްސަމުން ގޮސްފައިވެ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، ސަރުކާރުގެ އިދާރާތަކުން މިހާރު ދަނީ އެ ދުވަސްތަކުގައި ދޭންޖެހޭ ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. 

ޑރ. މުހައްމަދު މުއިއްޒުޖުމްހޫރީ ދުވަސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

4

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

5

އީރާން ހަނގުރާމަ: ހުޅަނގު އޭޝިއާ ފަހަނައަޅައި ހަމަލާތައް ފުޅާވާނެ ކަމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2026

މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު

05 ނޮވެމްބަރު 2026
މިއަދު އިންތިޚާބެއް ބޭއްވިޔަސް ރައީސް މުއިއްޒުއަށް 10 ޕަސެންޓު ވެސް ނުލިބޭނެ: މަލީހު
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް
05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި
04 ނޮވެމްބަރު 2026

ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން

04 ނޮވެމްބަރު 2026
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން
04 ނޮވެމްބަރު 2026

އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން

04 ނޮވެމްބަރު 2026
އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!

04 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!
04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!

03 ނޮވެމްބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް