Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި

5 ނޮވެމްބަރު 2026 | ބުރާސްފަތި 06:54

ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން ސައްހަ މައުލޫމާތު ހާމަނުކުރާ ކަމަށް ބުނެ ގާނޫނީ ވަކީލު ނިޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި މަޝްރޫއަކީ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށް ފާހަގަކުރައްވައި، ރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރުމަށް މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 06:54
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވާހަކަ ދައްކަވަނީ

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން ސައްހަ މައުލޫމާތު ހާމަނުކުރާ ކަމަށް ވިދާޅުވެ، ގާނޫނީ އިމުގެ ތެރެއަށް ވަޑައިގެން މި ކަމުން ދުރުވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ގޮވާލައްވައިފި އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިޝާން ވަނީ މި މައްސަލައާ ގުޅޭގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ނިޝާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދި، އެކި ގޮތްގޮތަށް މިވާހަކަތައް ދައްކަމުންދާއިރު ވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ރައީސް މުއިއްޒު ވެސް މިކަމުގެ ސައްހަ މައުލޫމާތު ހާމަކުރައްވާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތައް ބަޔާންކުރާ ގޮތުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ދިނުމަކީ ރައީސްގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީގަލް ހިލްސްއާ އެކީގައި ކުރުމަށްޓަކައި ސަރުކާރުން ރާވާ މަޝްރޫއުތަކާ އެ ކުރިއަށްގެންދަން އެ ކުރާ ކަންތައްތަކަކީ ރާއްޖޭގެ ދުސްތޫރީ ސީދާ ގާނޫނުތަކާ ޚިލާފަށް އަދި ޝަރުއީ ގޮތުން ކަނޑައަޅާފައި ހުރި ހަމަތަކާ ޚިލާފަށް، ރާއްޖެ ސޮއިކޮށްފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ޚިލާފަށް ހިންގާ ކަމެއް
މުހައްމަދު ނިޝާން އިބްރާހީމް 

އެއްބަސްވުންތަކުގެ ގާނޫނީ ހަމަތަކަށް އަލިއަޅުއްވާލައްވައި ނިޝާން ވިދާޅުވީ، ދިގުލައިގެންދާ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި، އެއްބަސްވުމެއްގައި ހިމެނޭ ހަސްމުންގެ މައްޗަށް ބާރުފޯރުވޭ ހިސާބުން ފެށިގެން އެ އެއްބަސްވުމެއް ބާތިލުކުރުމާއި އަދި ދޫކޮށްލުމުގެ އިޚްތިޔާރަކީ ގާނޫނުން ލިބިދޭ އިޚްތިޔާރެއް ކަމަށެވެ.

މީގެއިތުރުން، ސަރުކާރުން މި ބަސްތައް އަޑުނާހައި ކުރިއަށްދާން އުޅޭނަމަ އަދި ރައްޔިތުން މިކަމުގައި ބައިވެރިނުވެ ދޫކޮށްލައިފިނަމަ، ރާއްޖޭގެ ސަރަހައްދެއް ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު އެޅި ފިޔަވަޅަކާ މެދު އަންނަން އޮތް ޖީލުތަކުން ސުވާލު އުފައްދާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އަސްދަނޑި ސަލާމަތްކުރުމަށާއި ސަރުކާރުން އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓުވުމަށް، އިހުތިޖާޖު ކުރުމަށް ނިޝާން ގޮވާލެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުމުހައްމަދު ނިޝާން އިބްރާހީމްރަސްމާލެ

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

5

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން

04 ނޮވެމްބަރު 2026
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން
04 ނޮވެމްބަރު 2026

އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން

04 ނޮވެމްބަރު 2026
އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!
04 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!

04 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން

03 ނޮވެމްބަރު 2026
ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން
03 ނޮވެމްބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!

03 ނޮވެމްބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް