Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނަޞްރުގެ ދުވަސް

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!

4 ނޮވެމްބަރު 2026 | ބުދަ 11:42

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތައް އިގްތިސާދީ ކަންކަމަށާއި ކުރީ ސަރުކާރަށް އަމާޒުކުރެއްވުމުން، ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައި. މި ޚިޠާބަކީ ގައުމީ ދުވަހެއްގެ ރޫޙާ ޚިލާފަށް ސިޔާސީ ކެމްޕޭނެއްގެ ސިފަ ޖެހިފައިވާ ވާހަކަތަކެއް ކަމަށް ބުނެ، ނޮވެންބަރު 3 ގެ ބަތަލުންނާއި އާންމުންގެ ގުރުބާނީގެ ވާހަކަ ކުޑަކޮށްލާފައިވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ނޮވެމްބަރު 2026 | ބުދަ 11:42
ނަސްރުގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން

ނަސްރުގެ ދުވަހު ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން | ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގައި ދިވެހި އަސްކަރިއްޔާއާއި އާންމު ރައްޔިތުންވި މަތިވެރި ގުރުބާނީގެ ޒިކުރާ އައުކުރުމަށް ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީ ސަރުކާރަށް އަމާޒުކުރައްވައި ބަހުގެ ވަރުގަދަ ހަމަލާތަކެއް ވަނީ ދެއްވާފަ އެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ވޭތުވެދިޔަ ސަރުކާރުން ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ގެންގޮސް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކޮށް، ދައުލަތް ބޮޑު ދަރަންޏަކަށް ވައްޓާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި އިގްތިސާދީ މިނިވަންކަމަކީ ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމެއްގެ އެންމެ އަސާސީ ބިންގާ ކަމުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ގައުމެއްގެ އަމިއްލަ ބަސް ބުނެ، ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ ސަލާންޖަހަން ނުޖެހޭ އިގްތިސާދަކަށް ފުރާނައެޅިގެން ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ބޮޑު އަނދަވަޅެއްގައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށް، ފައިސާ ޗާޕުކުރުން ހުއްޓުވައި، ދައުލަތުގެ ބޮޑެތި ދަރަނިތައް ދައްކައި ޚަލާސް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމުގެ ތަފްސީލުތައް އެމަނިކުފާނު ހިއްސާކުރެއްވި އެވެ. އަދި ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ މައިދާނުގައި ފެށިފައިވާ ކަމަށާއި، ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

ނޮވެންބަރު 3 ގެ އުދުވާނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ހަމަލާގެ އަމަލީ މަސައްކަތުގައި އެތެރޭގައި ހުރިހާ ނުބައެއް ހިންގީ ބޭރުން ވާގިވެރިވާ "އިސްތިއުމާރީ ދައުލަތެއް" އޮވެގެން ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެއީ ވެރިކަމަށް ދަހިވެތިވެ، ގައުމު ހަލަބޮލިކޮށް، ދޮގު މައުލޫމާތު ފަތުރައި، ރައްޔިތުންގެ ގޯތިގެދޮރާއި ދައުލަތުގެ ތަރިކަތައް ފަނާކުރަން އުޅުނު ދިވެހިންތަކެކެވެ. ނަމަވެސް އެ ވިދާޅުވި "އިސްތިއުމާރީ ދައުލަތަކީ" ކޮބައިކަން ސާފުނުވާ ކަމަށާއި، އެ ދުވަހު ހަމަލާދިނީ ސްރީލަންކާގެ ޓެމިލް ޓައިގަރުންގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާއިރު، ރަސްމީ ދައުލަތަކަށް އިޝާރާތްކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ އެކަމާމެދު ސުވާލު އުފައްދާފަ އެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި މި ވާހަކަފުޅުތަކާ ގުޅިގެން އާންމުންނާއި ސިޔާސީ މައިދާނުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މި ޚިތާބަކީ ނަޞްރުގެ ދުވަހުގެ ޖަލްސާއަކަށްވުރެ ބޮޑަށް ރިޔާސީ ބަޔާނެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ ކެމްޕޭނު ޖަލްސާއެއްގެ ސިފަޖެހިފައިވާ ޚިތާބެކެވެ.

މުޅި ވާހަކަފުޅު އިގްތިސާދީ މައްސަލަތަކަށާއި ކުރީ ސަރުކާރަށް ފާޑުކިޔުމަށް ބުރަވެގެން ދިޔައިރު، ނޮވެންބަރު 3 ގެ އުދުވާނުގައި ސިފައިންނާއި އާންމު ރައްޔިތުންވި މަތިވެރި ގުރުބާނީއާއި އެއްބައިވަންތަކަމުގެ ވާހަކަ ދެއްކެވުނީ ނިސްބަތުން ވަރަށް ކުޑަކޮށް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ. ޚާއްސަކޮށް، ބަޑީގެ އަޑުފައްގަނޑުގެ ތެރޭގައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަގުމައްޗަށް ނުކުމެ، ޒަޚަމްވި މީހުންނަށް އެހީތެރިވެ، ދިވެހި ސިފައިންނާއެކު ސާބިތުވެ ތިބި އާންމު ރައްޔިތުންގެ ގައުމީ ޖިހާދުގެ ވާހަކަތައް މިފަދަ ޖަލްސާއެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ނަޞްރުގެ ދުވަހަކީ ސިޔާސީ ވާދަވެރިކަމާއި ކުރީ ސަރުކާރުތަކުގެ ނާކާމިޔާބީތަކުގެ ވާހަކަ ދައްކައި، ބަހުގެ ހަމަލާތައް ބަދަލުކުރާ ޕޯޑިއަމަކަށް ހަދަންވީ ދުވަހެއް ހެއްޔެވެ؟ ގައުމީ މިފަދަ މަތިވެރި މުނާސަބަތުތަކުގެ ޚިތާބުތައް ވާންވާނީ ސިޔާސީ ކެމްޕޭނުތަކާއި ސަރުކާރުގެ ޕްރޮމޯޝަންތަކަށް ހެއްޔެވެ؟ ނުވަތަ މިއީ ޝަހީދުންގެ ޒިކުރާ އައުކޮށް، ސިފައިންނާއި އާންމު ރައްޔިތުން ގައުމަށްޓަކައި ވި މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް، ގައުމީ އެއްބައިވަންތަކަން އާލާކުރަންވީ ދުވަހެއް ނޫން ހެއްޔެވެ؟ މިފަދަ ގައުމީ ދުވަސްތަކުގެ އަސްލު ރޫހު ސިޔާސީ ވާހަކަތަކުގެ ތެރެއަށް ގެއްލިގެން ދިޔުމަކީ ގައުމީ ތާރީޚަށް ދެވޭ ކިހާވަރެއްގެ އިންސާފެއް ހެއްޔެވެ؟

ނަސްރުގެ ދުވަސްޑރ. މުހައްމަދު މުއިއްޒު3 ނޮވެންބަރު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް ނެރުއްވި ޚިތާބުގައި ގޮވާލެއްވީ ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދިނުމަށް!
03 ނޮވެމްބަރު 2026

މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް

03 ނޮވެމްބަރު 2026
މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި: ފައްޔާޒް
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ޚާއްސަ އިހުތިފާލުތައް ފަތިސް ނަމާދުގެ ބޮޑު ޖަމާއަތަކުން ފަށައިފި

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ޚާއްސަ އިހުތިފާލުތައް ފަތިސް ނަމާދުގެ ބޮޑު ޖަމާއަތަކުން ފަށައިފި
03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟
03 ނޮވެމްބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!

03 ނޮވެމްބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!
02 ނޮވެމްބަރު 2026

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

02 ނޮވެމްބަރު 2026
ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ
02 ނޮވެމްބަރު 2026

އިހުތިރާމް ލިބިފައިވާ ބޭފުޅުން ސިޔާސީ ކުޅިގަނޑުގެ ތެރެއަށް: ކަންބޮޑުވުން ބޮޑު ސިޔާސަތެއް

02 ނޮވެމްބަރު 2026
އިހުތިރާމް ލިބިފައިވާ ބޭފުޅުން ސިޔާސީ ކުޅިގަނޑުގެ ތެރެއަށް: ކަންބޮޑުވުން ބޮޑު ސިޔާސަތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް